ޑިއޯ މޭކަޕްގެ ކްރިއޭޓިވް އަދި އިމޭޖް ޑިރެކްޓަރ ޕީޓާ ފިލިޕްސްއަކީ އައިލައިނާ ނޫނީ އަނދުން އެޅުމުގައި ދިމާވާ މައްސަލަަތައް ހައްލުކޮށްދިނުމުގައި މާހިރެކެވެ.

ހަޑިކޮށް ކެޓްއައި އެއް އެޅިއްޖެ ނަމަ އޭގެ މަތިން އައިލައިނާ އަޅާށެވެ. ތުނި ކޮށް ތިރީގެ އެސްފިޔަތައް ފެންނަ ނަމަ ކުލަ ގަދަކޮށް އަނދުން އަޅާށެވެ. އަދި ލޯ ކައިރި ފަނޑުކޮށް ފެންނަ ނަމަ ލޯ ކައރީގައި ކަޅުވެފައި ހުރި ތަންތަނަކީ ކޮބާކަން ދެނެގަންނާށެވެ.

މިއީ ފިލިޕް ދީފައި ހުރި ނަސޭހަތްތަކެވެ.

ޑިއޯގެ ސްޕްރިންގެ -2021 ފެޝަން ޝޯގައި އޭނާ ބުނީ ލޮލުގައި އަނދުން އަޅާ އިރު ރީތި ބްލެކް އައި މޭކަޕެއް ހުރި ނަމަ އަލި އަންނަނީ ލޮލުގެ ތެރެއިން އަލި އަންނަ ކަމުގެ އިހުސާސް ކުރެވެނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ މުޅި ލޮލުގެ ވަށައިގެން ފޭދިދާނެހެން އައިލައިނާ ނޫނީ އަނދުން އަޅާ ނަމަ މީހާގެ ތާޒާކަން ގެއްލި، އިންސާނެއްގެ ކަށިގަނޑުގެ ސިފަ އަންނަ ކަމަށެވެ. އޭގެ ބަދަލުގައި އަނދުން އަޅާއިރު ލޮލުގެ ކަޅީރަވައާއި ގާތުން ނޭފަތާއި ވީ ދިމާލުން ބޭރަށް ވާ ގޮތަށް ފަލަވާގޮތަށް އަނދުން އަޅަން އޭނާ އިރުޝާދުދެއެވެ. އަދި ތިރީގައި އަނދުން އަޅާ އިރު މާ ހިމަކޮށް ނޫނީ މާ ފަލަކޮށް ނޭޅުމަށާއި. މޫނުގެ ބައްޓަމާއި ގުޅޭގޮތަށް އަނދުންް އެޅުމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ ވަނީ އިރުޝާދުދީފައިވެއެވެ.

ލޮލުގެ ވޯޓަރލައިންގައި މާ ގިނައިން އަނދުން އެޅުމަކީ ލޯ ރަތްވެ މީހާގެ މޫނުމަތީގެ ތާޒާ ކަން ގެއްލޭ ކަމެއް ކަމަށް ފިލިޕް ބުނެއެވެ.

އޭނާ ވަނީ ކޮލިޓީ ޕްރޮޑަކްޓް ބޭނުންކުރުމުގެ މުހިއްމުކަމަށް ވެސް އަލިއަޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަން ޤަބޫލުކުރެވޭނީ އަދުން ހުސޭނު ބުނީމަ!