އީ ސިނގިރޭޓެއް ގޮވައި 38 އަހަރުގެ އެމެރިކާ މީހަކު މަރުވެއްޖެއެވެ.

މިއީ އީ ސިނގިރޭޓެއް ގޮވައިގެން މީހަކު މަރުވި ފުރަތަމަ ފަހަރުކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި އެ މީހާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ. އަދި އެ ގޭގައި ކޮންމެވެސް ވަރަކަށް ރޯވިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ގޭގެ ކޮޓަަރި ތެރެއިންނެވެ. އެ ކޮޓަރިވެސް ވަރަށް ބޮޑަށް އަނދާފައިވާކަމަށް ވެއެވެ.

އޭނާގެ އޮޓޮޕްސީ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވީ ވޭޕް ގޮވައި ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުންެނެވެ. އަދި އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް އަނދާފައިވާއިރު، އެ ވޭޕް ވަރަށް ބޮޑަށް ފުނޑުފުނޑުވިއެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓްތައް ބުނާގޮތުގައި، 2009 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދުގައި އީ ސިގިރޭޓް ގޮވައިގެން 195 އިންސިޑެންޓެއް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 133 މީހަކަށް އެކި ވަރުގެ ގެއްލުންވިކަމަށް ރިޕޯޓްތައް ބުނާއިރު، އެފަދަ ހާދިސާއެއްގައި އެ ދުވަސްކޮޅު އެއްވެސް މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއްކޮށްފައިނުވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމް

    أستغفرﷲ..