ދިރިއުޅުމަކީ ކުރިން ހީކުރެވިފައި ނެތް ވަރަށް ގިނަ ކަންތައްތައް ދިމާވާ "ދަތުރެކެވެ." ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ލަފާކުރެވިފައި ވެސް ނެތް ކިތަންމެ ކަމެއް ތަޖުރިބާ ކުރަން ޖެހިދާނެއެވެ.
އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ މެތިއު ރައިޓް އަށް މީގެ އަހަރުތަކެއް ކުރިން ކުރިމަތިވީ ވަރަށް އާދަޔާއި ހިލާފު ހާދިސާއެކެވެ. ޒުވާން ފިރިހެނަކު ބަޑި ހިފައިގެން އައިސް މަރާލާނެ ކަމުގެ ބިރު ދެއްކުމަށް ފަހު އޭނާގެ އަތުން ފޭރި ގަނެގެން ދިޔައީ އެވެ.
އެދުވަހު ރައިޓް މަރުން ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ފޭރުނު މީހާ އަށް ފައިސާ ދޭން ދެކޮޅު ހެދިނަމަ އެދުވަހު ރައިޓް މަރުވީސް ކަން ޔަގީނެވެ.
ފުލުހުން ވަނީ ރައިޓްގެ އަތުން ފޭރުނު މީހާ އަތުލައިގެންފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރެވި ޖަލު ޙުކުމެއް ވެސް އައެވެ. އަހަރުތަކަށް ފަހު މިހާރު އޭނާ ވަނީ ޖަލުން ސަލާމަތްވެފައެވެ.
ޖަލުން ނިކުތުމަށް ފަހު އޭނާ ވަނީ ރައިޓަށް ފޯނު ކޮށްފައެވެ. އަދި އޭނާ ބޭނުން ވަނީ ރައިޓާއި ކައިވެނި ކުރަން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ދެމީހުން ފެނިދެނިވެ ރަހުމަތްތެރި ވުމަށްޓަކައި "ޑޭޓަކަށް" ދާން އޭނާ ވަނީ ރައިޓަށް ދައުވަތު ދީފައެވެ.
ކުރީ ދުވަހު މަރާލަން އުޅުނު މީހާ މިއަދު ކައިވެންޏަށް އެދުމުން ރައިޓް ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
ތިއުޅެނީ ބަދަލު ހިފަން.... ބުނެ އުޅެއެއްނު. ކީޕް ޔުއާ ފްރެންޑސް ކްލޯސް އެންޑް ޔުއާ އެނެމީސް ކްލޯސާ