ފޮއްޓެއްގެ ތެރޭގައި އޮތް ބަޑިއެއް ފެނިގެން އެއީ ކުޅޭ ކުޅޭ ބަޑިއެއްކަމަށް ހިތާ ކުޅެން އުޅެނިކޮށް އަމިއްލަ ގަޔަށް ބަޑިޖެހިގެން ކުއްޖަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ހަތް އަހަރުގެ ކުއްޖެކެވެ. އިގިރޭސިވިލާތުގެ ހިނގާދިޔަ މި ހާދިސާގައި އެ ކުއްޖާގެ އަމިއްލަ އަތުން ބަޑި ޖަހާފައި ވަނީ އޭނާގެ ބޮލަށެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި އެ ކުއްޖާ ފެނިފައި ވަނީ ލެއިން ތަތްތެޅިފައި ގޭ ތެރޭގައި އޮއްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ އާއި އިތުރު ކުދިންތަކެއްވެގެން ކުޅެން އުޅެނިކޮށް މި ހާދިސާ ހިނގިއިރު، އެއީ ކިހިނެއް ވީކަމެއްތޯ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ. ފުލުހުން ބުނިގޮތުގައި، އެ ކުއްޖާ ބޮލަށް އަމިއްލައަށް ބަޑިޖެހިއިރު، އޭނާއާއެކު ކުޅެން ދެން ތިބި ކުދިން ތިބީ ބޭރުގައި ކަމަށެވެ.

އެ ކުއްޖާގެ މަންމަ ބުނިގޮތުގައި، އެއީ ކިހިނެއް އެގެއަށް އައި ބަޑިއެއްކަން ނޭގެއެވެ. ފުލުހުން ދަނީ އެ ބަޑީގެ ވެރިފަރާތަކީ ކާކުތޯވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު