އުމުރުން 20 އަހަރު ލޯފަން އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހަށް ހުށަހަޅައިގެން ބަލަމުންދަނިކޮށް، އެ މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާކަމަށް އާއިލާއިން ބުނެފިއެވެ.

އެ އާއިލާއިން އެކަން ބަލަން ބޭނުންނުވީ އެ އާއިލާގެ ތެރޭގައި އެއަށް ވުރެ ބޮޑު ކަންތައްގަނޑެއް މެދުވެރިވެގެންނެވެ.

އިންޑިއާގެ ދިއްލީގައި މި ހާދިސާ ހިނގިއިރު, އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ދެ މީހަކު ނުވަތަ ތިން މީހަކު ވެެގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި, ލޯފަން އެ އަންހެން މީހާ ރޭޕް ކުރި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވީ، އެ މީހުންގެ އާއިލާ މީހަކު ކަރުދަން ޖެހިގެން މަރުވުމުންނެވެ.

އެ އަންހެން މީހާގެ ބޮޑުބޭބެ މަރުވީ އޭނާ ރޭޕްކުރި މައްސަލަ ފެންމަތިވެ އެކަމާއި ހިތާމަކޮށްކޮށްކަމަށް ވެއެވެ. އެ މީހުންގެ ބޮޑު ބޭބެއަކީ އެ މައްސަލަ ފުލުހަށް ވައްދާ އެ އަންހެން މީހާއަށް އިންސާފް ހޯދަން މަސައްކަތް ކުރަމުންދިޔަ އެކަކު ކަމަށް ވެއެވެ. އަެ އާއިލާއިން ބުނީ، އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން އެ އާއިލާއިން ބޭނުން ނުވީ އެ އަންހެން މީހާއަށް އެކަމުގައި އެހީވާނެ އިތުރު މީހަކު ދެން ނުހުންނާނެ ތީއެވެ.

އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ، މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި އެ ކުއްޖާ މަންމަ ފެން ބަލާ ބޭރަށް ގޮސް އުޅެނިކޮށެެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އޭނާއަށް އޭނާ ރޭޕްކުރި އެކަކު އިނގެއެވެ. އެއީ އޭނާގެ އަޑުންނެވެ. އޭނާ ބުނިގޮތުގައި، އޭނާ ރޭޕްކޮށްފައި ވަނީ ތިން މީހަކުވަރުވެގެންނެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އެކަކު ހައްޔަރުކުއިރު، އަނެއް ދެ މީހުން ވަނީ ފިލާފައެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އެކަކު ކަމަށާއި، ދެން ތިބި މީހުންތިބީ ބޭރުގައި ގާޑު ކުރަން ކަމަށެވެ.

އެ އަންހެން މީހާ ލޮލުގެ ފެނުން ގެއްލިފައި ވަނީ މީގެ 10 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައެވެ. އެއީ އެ އާއިލާގެ އެންމެންގެ ކޮއްކޮކަމަށް ވެއެވެ.