އިންޑިޔާގެ ފިލްމް އިންޑަސްޓްރީގެ ގިނަ ފަންނާނުންތަކެއް ވަނީ މި އަހަރު ވެސް ކައިވެނި ކޮށްފައެވެ. އަދި މި އަހަރު ކައިވެނި ކުރުމަށް އެތައް ފަންނާނުންނެއް ދަނީ ތައްޔާރު ވަމުންނެވެ. މި ލިސްޓަށް ދަނީ އިތުރު ތަރިން ގިނަވަމުންނެވެ.

ސައުތު އިންޑިއަން ފިލުމުތަކާއި ބޮލީވުޑުގެ ފިލުމުތަކުން ފެނިގެން ދިޔަ އެކްޓްރެސް ކާޖޮލް އަގަރުވާލު މި މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ގޯތަމް ކިޗްލޫއާއި ކައިވެނި ކުރަން އުޅޭކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.

ކާޖޮލް މިކަން ކަށަވަރު ކޮށްދީފައިވަނީ މީސް މީޑިޔާއަށް ހިއްސާކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ގޯތަން ކިޗްލޫއާއި ކައިވެނި ކުރާ ވާހަކަ ހިއްސާ ކުރަނީ ވަރަށް އުފަލުން ކަމަށާއި ކައިވެނީގެ ހަފްލާ އޮންނާނީ ދެ އާއިލާގެ މެދުގައި ވަރަށް ކުޑަކޮށް ކަމަށާޢި މި ފުރަބަންދުގެ ސަބަބުން ވަރަށް އެންމެންނަށް ވެސް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. މި ދަތިތަކާއިއެކު ވެސް އޭނާ އުފާވެރި ދިރިއުޅުމެއް އުޅެން ފަށަން ނިންމި ކަމަށް ޕޯޓްގައި ބުނެފައި ވެއެވެ. ކައިވެނި ކުރި ނަމަވެސް އޭނާގެ ފިލްމީ ކެރިއަރ ކުރިއަށް ގެންދާނެ ކަމަށް ވެސް ކާޖޮލް ފާހަގަ ކޮށްފައިވެއެވެ.

ކާޖޮލް ކައިވެނި ކުރާ ގޯތަމް އަކީ އިންޑިޔާގައި އިންޓީރިއަރ ޑިޒައިން އަދި ހޯމް ޑެކަރގެ ވިޔަފާރިވެރިއެކެވެ.

ކާޖޮލްގެ ފާހަގަ ކޮށްލެވޭ ބައެއް ފިލުމުތަކަކީ ''ސިންގަމް'' އަދި ''ސްޕެޝިއަލް 26'' ފަދަ ފިލުމުތަކެވެ. ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ''އިންޑިއަން 2'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ކާޖޮލްއާ ކައިވެނި ކުރަން ވަރަށް ބޭނުން.

    3
    2
  2. ހަހުރަ

    ކައިވެނި ކުރަން ތި ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން!!! ބާއްޖަވެރި އަދި އުފާވެރި ޒަވާޖަކަށް އެދޭ ވާހަކަ ބުނެލަން!!!