ދައުލަތުގެ މީޑިޔާ ޓީވީއެމް އިން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ސިޒަން 3ގެ އައްޑޫ އޮޑިޝަން ރޭ ދައްކައިފިއެވެ. ހުނަވެރި ބައިވެރިންތަކެއް ފެނިގެން ދިޔައެވެ.

އައްޑޫ އޮޑިޝަންގެ ބައިވެރިވި މީހުން ވެގެން ގޮސްފައި ވަނީ މީގެ ކުރިންވެސް އައިޑޮލްގައި ބައިވެރިވެ ކަޓައިގެން ދިޔަ ބައިވެރިންތަކެކެވެ. އޭގެ ތެރޭގައި އަޒަލްވެސް ހިމެނެއެވެ.

އަޒަލްއަށް ބަލާއިރު، އައިޑޮލްގެ ފުރަތަމަ ބުރުގައި އޭނާ އޮޑިޝަން އިން ކަޓައިގެން ދިޔައީއެވެ. އެފަހަރު އަޒަލް ބައިވެރިވީ މާލެ އޮޑިޝަންގައެވެ. ފުރަތަމަ ފަހަރު އޮޑިޝަން އިން ކަޓައިގެން ދިޔުމުން ހިތްވަރު އެލުވަލެއް ނުލިއެވެ. އައިޑޮލްގެ ދެވަނަ ބުރުގައިވެސް ބައިވެރިވިއެވެ. އެފަހަރުވެސް މާލެ އޮޑިޝަންގައެވެ.

އެހެން ނަމަވެސް އެފަހަރު އަޒަލް އޮޑިޝަން ކާމިޔާބުކޮށް ދެ ވަނަ ބުރަށް ދިޔައެވެ. އެހެން ނަމަވެސް އެ ބުރު ކާމިޔާބުކޮށް އަނެއް ބުރަށް ދިޔުމުގެ ފުރުސަތު އަޒަލްއަށް ނުލިބުނެވެ. އެންމެ ފަހުން އަޒަލް އެ ޝޯވއިން ވަކިވީއެވެ. ނަމަވެސް އައިޑޮލް ސިޒަން 3 ގައި ބައިވެރިވެ ހުރިހާ ޖަޖުންގެ ފަރާތުންވެސް ރަނގަޅު ކޮމެންޓްތަކެއް ލިބުނެވެ.

މީގެ އިތުރުންވެސް އައިޑޮލްގެ ކުރީގެ ޝޯވއިން ފެނުނު އަލްޔާ ވެސް އައްޑޫ އޮޑިޝަންްގައި ބައިވެރިވިއެވެ. ނަމަވެސް އިތުރު ބުރަކަށް ދިޔުމުގެ ފުރުސަތު ނުލިބުނެވެ. އަދި މިދިޔަ އަހަރު އައިޑޮލް ޝޯވގައި ބައިވެރިވި މީސަމް މިފަހަރުވެސް ބައިވެރިވިއިރު، އޭނާއަށް އިތުރު ފުރުސަތެއް ދިނީ ޖަޖުން ފާހަގަކުރި ކަންކަން ރަނގަޅު ކުރާ މަތިންނެވެ. އޭނާގެ ލަވަކިޔުން ރީތިކަމަށް ޖަޖުން ފާހަގަކުރިއެވެ.

އަދި އޭނާގެ އިތުރުން އައިޑޮލްގެ ފުރަތަމަ ބުރުން ފެނިގެން ދިޔަ ޝަހުދާން ވެސް މިފަހަރު ފެނިގެން ދިޔައެވެ. އޭނާއަށް މިފަހަރު ޖަޖުން ހައިރާންކޮށްލާވަރުގެ ނަތީޖާއެއް ނެރެވުނެވެ.

އޭގެ އިތުރުންވެސް ރޭ އައިޑޮލް ޝޯވގެ ތެރެއިން ތަފާތު ހުނަރުވެރިންގެ ތަފާތު ކަންތައްތައް ފެނިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަޑަ ބައެއް జ్ఞ‌ా జ్ఞ‌ా జ్ఞ‌ా జ్ఞ‌ా

  2. ޢަޒަލު

    ތި އަޒަލަކައް ލަވަ އެއްނުކިޔޭ