އޮސްޓްރޭލިއާއަށް ނިސްބަތްވާ ސައިންސްވެރިއަކު، އުފަން ދުވަހު މަރުގެ ރަހަ ދެކެން ބޭނުންވާ ކަމަށް ބުނެ އަމިއްލައަށް މަރުވެއްޖެއެވެ.

ޑޭވިޑް ގޫޑަލް ނަމަކަށް ކިޔާ އެ މީހާ އަމިއްލައަށް މަރުވީ އޭނާގެ އުމުރުން 104 އަހަރު ވެފައި ވަނިކޮށް ސްވިޒަލޭންޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ޑޭވިޑް އަމިއްލައަށް މަރުވީ، ނުކުޅެދުންތެރިކަމާއި ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާން ޖެހުމާއި ގުޅިގެން އަމިއްލައަށް މަރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވާ ފައުންޑޭޝަނެއްގެ އެހީތެރިކަމާއިއެކުގައި ކަމަށްވެއެވެ. ނަމަވެސް އޭނާ މަރުވީ ކިހިނެއް ކަމެއް އެނގިފައެއް ނުވެއެވެ.

"އެގްޒިޓް އިންޓަނޭޝަނަލް" ނަމަކަށްކިޔާ ފައުންޑޭޝަނަކުން ޑޭވިޑްއަށް އަމިއްލައަށް މަރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނީ، އޭނާގެ އުމުރުން ދުވަސްވެ ގައިގެ ބާރުނެތި ދުނިޔޭގައި އިތުރަށް އުޅެން ބޭނުންނުވާކަމަށް ބުނެ އެކަމަށް އެދެމުންދާތާ ދުވަސްތަކެއް ވީފަހުންނެވެ. އޭނާ ސްވިޒަލޭންޑަށް ގޮސްފައިވަނީވެސް، އުފަން ޤައުމު ކަމުގައިވާ އޮސްޓްރޭލިއާއިން އެ ފުރުސަތު ނުލިބުމުންނެވެ.

ޑޭވިޑްއަށް މި މަހުގެ ދެވަނަ ދުވަހު 104 ފުރުނު ދުވަހާއި ގުޅިގެން ނޫހަކަށް ދިން އިންޓަވިއުއެއްގައި، އުފަން ދުވަހުގައި އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލުކުމުން ޖަވާބުގައި މަރުވާން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ފުރުސަތު ނުލިބޭ ކަމަށާއި، އެ އުމުރުގައި އެފަދަ ކަންކަން ކުރުމުގެ އިޚްތިޔާރު ލިބެން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެން އެއްވެސް އުފަލެއް ނުވޭ. އަހަންނަށް ޤަބޫލުކުރެވޭ ގޮތުގައި، އަހަންނަށް މި މުސްކުޅި އުމުރުގައި ބޭނުން ކަންކަން ކުރުމުގެ އިޚްތިޔާރު ލިބެން ޖެހޭ. ޚާއްސަކޮށް ބައެއްގެ އެހީތެރިކަމާއި އެކު އަހަރެން މަރުވާން އެދެނަމަ، އެކަން އަހަންނަށް ކޮށް ނުދޭންވީ ސަބަބެއް ނެތް،" ޑޭވިޑް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    މިހާރުދެން ރަހަފެނިފަ އޮންނާނީ. ދެން ކެތްކުރެވޭތޯބަލާ. އެކަމު ކެތެއް ވެސް ނުކުރެވޭނެ.

    • މީ

      މާތްﷲ މޮޅަށް ދެނެވޮޑިގެންވަނީ ދެންވާނޭގޮތް..

      • މަންޖެ

        ވަﷲ އަޢުލަމު

        • އައި

          ވަﷲ އަޢުލަމު