ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނާގެ ހަށިގަނޑައް އެތައް ބަދަލެއް ގެނެސް ދާއިމީ ފަރުވާ ބޭނުންވާ ބައްޔެއްވެސްމެއެވެ. މި ބަލީގެ ސަބަބުން ވަރަށް ގިނަ ކަންތައް ދިމާވެއެވެ.

ނިދަން އުނދަގޫވެ ގުގުރި ދެމުމަކީ މި ބަލީގައި ވަރަށް އާންމުކަމެކެވެ. ނަމަވެސް ހަކުރު ބަލި ޖެހިފައިވާ މީހެއްނަމަ ގުގުރި ދަމާ ގޮތް އަވަސްވެ ބާރުވާނެއެވެ.

ބޮސްޓަންގައި ހުންނަ ޖޮސްލިން ޑައެބެޓީސް ސެންޓާގެ ޑޮކްޓަރެއް ކަމައްވާ ޑރ. އޮސަމް ހަމްޑީ ވިދާޅުވިގޮތުގައި، ދެވައްތަރެއްގެ ހަކުރު ބަލި ހުންނަ އިރު، އޭގެތެރެއން އެއްވައްތަރު ޖެހިފައިވާ މީހުންގެތެރެއިން ދެބައިކުޅަ އެއްބައި މީހުނަކީ ނިދަން އުނދަގޫވެ ނިދީގައި ގުގުރި ދަމާ މީހުންނެވެ. ވުމާއެކު ނިދީގައި ގުގުރި ދަމާނަމަ ހަކުރު ލެވެލް ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ލޮލުގެ ފެނުމައް ކުއްލި ބަދަލު އައުން ވެސް ހިމެނެއެވެ. ވެންޑާބިލްޓް ޔުނިވާސިޓީގެ ޑޮކްޓަރެއް ކަމައްވާ ޑރ. ހޮވާޑް ބައުމް ވިދާޅުވި ގޮތުގައި ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުން އިތުރައް ގޯސް ނުވަތަ ރަގަޅުވެސް ވެދާނެއެވެ. އަދި ބައެއް ޕޭށެންޓުން ވެސް ބުނި ގޮތުގައި ހަކުރު ލެވެލް އިތުރުވުމުން އެމީހުންގެ ލޮލުގެ ފެނުން ރަނގަޅު ވި ކަމަށާއި ފަރުވާ ކުރުމުން ކުރިއެކޭ އެއްގޮތައް ބަދަލުވިއެވެ.

ހަކުރު ބައްޔަކީ މިކަންކަމުގެ އިތުރުންވެސް ވަރަށް ގިނަ ގޮތްގޮތައް ހަށިގަނޑައް ގެއްލުންހުރި ބައްޔެކެވެ. ވުމާއެކު ހަކުރު ބަލީގެ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހައް ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.