މިއަހަރު ބޮލީވުޑަށް ނިކުތް ކާމިޔާބު ފިލްމު "ޕަދުމާވާތު" އަށްފަހުވެސް ކުޅަދާނަ އެކްޓްރެސް ދިޕިކާ ޕަދުކޯނަށް މިހާތަނަށް އެތައް ފިލްމަކުން ވަނީ ފުރުސަތު ލިބިފައެވެ. ނަމަވެސް މިހާތަނަށްވެސް ދިޕިކާ އެއިން އެއްވެސް ފިލްމަކަށް ސޮއިކޮށްފައިވާ ނުވާއިރު، ދީޕިކާ މި ދާއިރާއާއި މި ދުވަސްކޮޅު ދުރީ ކީއްވެތޯ މިއީ ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

މިކަމާއި ގުޅިގެން އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދާއިރު، އެއްބަޔަކު ބުނަމުންދަނީ މިވަގުތު ދިޕިކާ ފިލްމީ ދާއިރާއާއި އެހާ ދުރީ ސަންޖޭ ލީލާގެ ފިލްމެއްގެ ލަވައެއްގެ ޝޫޓިންގެ ތެރެއިން އޭނާގެ ކަރަށް އެރި ތަދެއްގެ ސަބަބުން ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ބުނަމުންދަނީ ދިޕިކާ މި ދާއިރާއާއި އެހާ ދުރީ އޭނާއާއި އެކްޓަރު ރަންވީރް ސިންގްގެ ކުރިއަށް އޮތް ކައިވެނީގެ ކަންތައްތަކުގައި އޭނާ މާ އަވަދިނެތި އުޅެމުންދާތީ ފިލްމުތަކުގެ ޝޫޓިންއަށް ދޭންވާ އަހަންމިއްޔަތުކަން ނުދެވޭނެތީ ކަމުގައެވެ.

"ދިޕިކާގެ ކަރަށް ނާރަށް އަރައިގެން އެކަމަށް ފަރުވާ ކުރުމުން ޑޮކްޓަރު ބުނެފައިވަނީ މާ ގިނަ ދުވަސްތަކެއް ނުވެ ރަނގަޅު ވާނެ ކަމަށް. ދެން ފިލްމަތަކާއި ދުރުވުމާއި ދިޕިކާގެ ކައިވެންޏާއި އެއްވެސް ގުޅުމެއް ނެތް. އޭނާގެ ޕާސަނަލް ލައިފްއާއި ކެރިއާއި އެއީ މުޅިން ދޭއްޗެއް. އަސްލު ވާ ގޮތަކީ ދިޕިކާއަށް ލިބޭ ހުށަހެޅުންތަކުގައި މާ ވަރުގަދަ ޝަހްސިއްޔަތެއްގެ ރޯލެއް ނުހިމެނޭތީ އޭނާ އެފަދަ ފިލްމުތައް ކުޅެން ބޭނުން ނުވަނީ. ފިރިހެނުންނަށް ކުޅެވޭ ފަދަ ރޯލުތައް ހުންނަ ފިލްމު އޭނާ ބޮޑަށް ކުޅޭ ހިތްވަނީ ވެސް" މީޑިއާއަށް މައުލޫމާތު ދިން ދިޕިކާގެ ގާތް މީހަކު ބުނެފައިވެއެވެ.

މިހާރު އުމުރުން 32 އަހަރުގެ ދިޕިކާ މިހާތަނަށް އެއްވެސް ފިލްމަކަށް ސޮއި ކޮށްފައި ނުވާތީ އޭނާގެ ފޭނުން ތިބީ ދެރަވެ ހާސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    އަހަރެމެން ދެރައެއްވެސް ނުވޭ... ހާހެއް ވެސް ނުވޭ...

  2. ހުސޭނުބޭ

    އެކޮއި އެބައިން މާރުކޭޓުގައި ކަރާވިއްކަން. މި ދުވަސްވަރު ޖަރާ ވިއްކައިގެން މާގިނަ ލާރިލިބެނިއްޔޯ!

  3. މީ.އައި.ޔޫ

    އޭނަ ބޭނުން ނުވާތީ އެއް ނުން ދެން ދައްކާ ވާހަކަ ދޯ.. ހިހިހިހިހިހިހި?