ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު، ބައިވެރިޔާ އިންނަން އަހާ ވަގުތަކީ ވަރަށް ހާއްސަ ވަގުތުކޮޅެކެވެ. އެ ހާއްސަ ވަގުތުކޮޅުގެ ފޮޓޯތަކާއި ވީޑިޔޯތައްވެސް ނަގައެވެ.

އެގޮތުން އެމެރިކާއަށް ނިސްބަތްވާ ކެވިންވެސް ބޭނުންވީ އޭނާގެ ލޯބިވެރިޔާ ގާތުން އިންނަން އަހާށެވެ. އެތަން ވީޑިޔޯ ކުރަންވެސް އޭނާ ބޭނުންވިއެވެ.

ކެވިންގެ ލޯބިވެރިޔާ އަލީސާ ގާތުން އިންނަން އެހިއިރު އެމީހުންގެ ދަރިފުޅުވެސް ހުރީ ކައިރީގައެވެ. ނަމަވެސް ދަރިފުޅު އެމީހުންގެ އެ ހާއްސަ ވަގުތުކޮޅު ފެންނަ ވީޑީޔޯ ހަރާބުކޮށްލައިފިއެވެ.

ކެވިން އޭނާގެ ލޯބިވެރިޔާ އަލީސާ ގާތުން އިންނަން އެހި ވަގުތު އަލީސާގެ ދަރިފުޅު ހުރީ ކުޑަކަމުދާށެވެ. އެކަން އެ މީހުންނަށްވެސް ކުރިން ނޭގެއެވެ.

ނަމަވެސް ފަހުން އެކަން އެނގުނުއިރު، އޮތީ ވަގުތު ފާއިތުވެފައެވެ.

އަލީސާގެ ދަރިފުޅު އޭނާ ކުޑަކަމުދާން ބޭނުންވާކަން އެ މީހުން ކައިރީވެސް ބުންޏެވެ. ނަމަވެސް އެއަށް އެވަރުގެ ބޮޑު ސަމާލުކަމެއް ނުދެއެވެ.

އެންމެ ފަހުން މަންމަ އެންމެ ހާއްސަ ވަގުތުކޮޅު ފެންނަ އެ ވީޑިޔޯ ހަރާބްކޮށްލީ ދަރިފުޅު ކުޑަކަމުދާ މަންޒަރާއިއެކުގައެވެ.

އެ ވީޑިޔޯ އެ މީހުން މީސް މީޑިޔާއަށްވެސް ލިއެވެ. އެތައް ބަޔަކު އެ ވީޑިޔޯ ވަނީ ބަލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު