ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް މަނާ ކުރަން އެ ގައުމުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ޓެލެ ކޮމިއުނިކޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ގައުމުން މިގޮތަށް ނިންމާފައި ވަނީ ޓިކްޓޮކް ރަނގަޅު ނޫން ކޮންޓެންޓްތަކެއް ދައްކަމުންދާތީ ކަަމަށް ބުނެ އެވެ.

"އެ އެޕްލިކޭޝަންގައި ދައްކަމުންދާ ގޯސް މަންޒަރުތަކުގެ ވާހަކަތަކުގެ ޝަކުވާއާއެކު އަހަރުމެން ނިންމާފައި ވަނީ އެ އެޕް ބްލޮކް ކުރުމަށް".

މިކަމާއި ގުޅޭގޮތުން އަދި ޓިކްޓޮކް އިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުން އިންޑިއާގައިވެސް ވަނީ ޓިކްޓޮކް މަނާ ކޮށްފައެވެ. އިންޑިއާގައި ޓިކްޓޮކް މަނާކޮށްފައި ވަނީ، އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ހިނގާދިޔަ ކުރިމަތިލުންތަކާއި ގުޅިގެންނެވެ. އެ ކުރިމަތިލުންތަކާއި ގުޅިގެން އިންޑިއާއިން ވަނީ ޗައިނާގެ 59 އެޕެއް އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.

ޓިކްޓޮކްއަކީ މިހާރު ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެޕެކެވެ. އެ އެޕްގައި އެތައް ވީޑިއޯއެއް ހިއްސާކޮށް އާއްމުންގެ މަގްބޫލުކަމެއް ހޯދަމުންދާއިރު، އެ އެޕް މެދުވެރިކޮށް ވިޔަފާރިތައް އިޝްތިހާރުވެސް ކުރަމުން ދެއެވެ.