ދުނިޔޭގެ އެންމެ އަގުބޮޑު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޑްވެން ޖޯންސަން ނުވަތަ ދަ ރޮކްގެ އިންސްޓަގްރަމް ފްލޯވަރުންގެ އަދަދު 200 މިލިއަނަށް އަރައިފިއެވެ. މިހާތަނަށް އައިއިރު، އެމެރިކާގެ ފިރިހެނަކަށް މިހާ ބޮޑު ކާމިޔާބީއަކާ ހަމައަށް ނުދެއެވެ.

އުމުރުން 48 އަހަރުގެ ރޮކް ޓުވިޓާގައި ވަނީ އޭނާ އަށް ސަޕޯޓު ކުރާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ރޮކް ކުރި ޓުވީޓުގައި ސަޕޯޓަރުންނަށް ދީފައި ވަނީ ނަސޭހަތެކެވެ. އޭނާ ބުނި ގޮތުގައި އަބަދުވެސް ވާހަކަ ދައްކަން ޖެހޭނީ ތެދު ހަގީގަތަށެވެ.

އިންސްޓަގްރާމްގައި 200 މިލިއަން ފޮލޯވާސް ހަމަވުމުން ރޮކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޖުމްލަ 300 މިލިއަން ފޮލޯވާސް މިހާރު އެބަތިބިއެވެ.

އިންސްޓަގްރަމް ބޭނުން ކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފްލޯ ކުރާ އެކަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާގެ އިންސްޓަގްރަމް ފްލޯވަރުންގެ އަދަދު 239 މިލިއަނަށް އަރައެވެ. ދެ ވަނައިގައި އޮތީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އޭރިއާނާ ގްރާންޑޭއެވެ. އޭނާގެ އިންސްޓަގްރާމް ފްލޯވަރުންގެ އަދަދު 203 މިލިއަނަށް އަރާ އިރު، ތިން ވަނަ އަށް އެންމެ ގިނަ ފްލޯވަރުން ތިބީ ރޮކްގެއެވެ.

ރޮކް ބުނީ އިންސްޓަގްރާމްގައި 200 މިލިއަން މިލިއަން ފޮލޯވާސް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.