މަޝްހޫރު ގިނަ ފަންނާނުންތަކެއް އެކީގައި ފެނިގެންދާގޮތަށް ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ ހުވާކޮށްފާ ބުނަން ޑްރާމާ ސީރީސްގެ އޮފިޝަލް ޓްރެއިލާ ނެރެފި އެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރާ ސީރީސް އެކެވެ. މި ސީރީސްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތާއި ކެމެރާ ކުރުމުގެ މަސައްކަތް ކުރަނީ އަލީ ރަޝީދެވެ. އޭނާ އަކީ ޒަމާންތަކެއް ވަންދެން ފިލްމީ ދާއިރާގެ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

މި ސީރީސްއާއި ގުޅޭގޮތުން ރާއްޖޭގެ ޓީވީޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރަޝީދު ބުނީ މި ސީރީސް އަކީ 26 އެޕިސޯޑް ހިމެނޭ ސީރީސްއެއް ކަމަށެވެ. އޭނާ ބުނީ ގިނަ އެޕިސޯޑްތަކެއް ޝޫޓިން ވަނީ ނިމިފައެވެ. ކޮވިޑާއި ގުޅިގެން ޝޫޓިން ކުރިއަށް ގެންދިއުމުގައި ދަދިތަކެއް ކުރިމަތި ވިކަމަށްވެސް އޭނާ ބުންޞެވެ.

މި ސިލްސިލާގައި މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ ދޮން އައްޔަ، ފުބޫ، ޝިއާ، ޝިފާ، ސައީދު، ނާއްކޮ، ނަތާ އެވެ. މި ސިލްސިލާގެ ޓީޒާވެސް ރިލީސްކޮށްފައިވާއިރު މި ސީރީސްގެ މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި އެވެ. ގިނަ ފަންނާނުންތަކެއް ފެނިގެންދާ މި ސިލްސިލާއަކީ މިއަދުގެ މުޖްތަމައަށް ފައިދާކުރާ އަސަރުގަދަ ރޮއްވާލާވަރުގެ ލޯބީގެ ވާހަކައަކަށް ބިނާކޮށް ކުޅެފައިވާ ސިލްސިލާ ޑްރާމާއެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ސިލްސިލާގައި ކާސްޓުންގެ ކޮސްޓިއުން އެ ކާސްޓުން ބޭނުންވާގޮތަށް އެޅުމަށް ދޫކޮށްލާފައިވާކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ޑްރާމާގެ ސްކްރީންޕްލެއިގެ މަސައްކަތަކީވެސް ޔޫއްޕެގެ އަމިއްލަ މަސައްކަތެވެ. މިއީ ޔޫއްޕެގެ ފުރަތަމަ ޑްރާމާ ސީރީސްއަށްވާއިރު ރަޝީދު ބުނީ ޔޫއްޕެ އާއި އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ.

މި ސިލްސިލާގެ ޕްރޮޑަކްޝަން ޓީމުން ބުނީ އާއިލާއާއި އެކު މި ސިލްސިލާ ބެލޭނެ ކަމަށާއި މީގައި ބޭއަދަބީ އެއްވެސް ބަހެއްވެސް ބޭނުންކޮށްފައި ނުހުންނާނޭ ކަމަށެވެ. މި ފިލްމުގެ ތީމް ލަވައިގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންނެވެ. އެގޮތުން ރިލިކްސް ހަދާފައި ވަނީ ލަވަކިއުންތެރިޔާ ތޭރަވާ އެވެ. އަދި ކުޑައިއްބެ ވަނީ މި ލަވައިގެ މިއުޒިމް ކޮމްޕޯސް ހަދައިފަ އެވެ. ލަވަ ކިޔާފައި ވަނީ ތޭރަވާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޭއދަބީ ބަހެއް ބޭނުންކޮށްފަ އެއް ނުހުންނާނެ އޯ. ހަހަހަހަހަހަ. ޓްރެއިލާގަ ވެސް ބޭއަދަބީ ޑަބަލް މީނިންގް ޑައިލޮގުތައް. ލޮލް. މިނޫން ގޮތަކަށް އެއއްޗެއް ކުޅެން ނޭގެނީތަ މިހާރު.