ބްރެޑްޕިޓް އާއި އެންޖެލީނާ ޖޯލީއަކީ އެއް އިރެއްގައި ހޮލިވުޑްގެ އެންމެ މަގްބޫލް އެއް ޖޯޑެވެ. ބްރޭންޖެލީނާގެ ނަމުން މަޝްހުރު މި ޖޯޑު ކައިވެނި ކުރިތާ އަހަރުތަެއްގެ ތެރޭގައި ވަރިވާން ކޯޓަށް ހުށަހެޅި އިރު، ވަރި އާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

މި ދެ ތަރިން އެކުގައި އުޅުނު އިރު އުޅުނީ ކިތަންމެ ލޯބިން ކަމުގައި ވީނަމަވެސް ވަކިވުމަށް ފަހު އެ ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ގިނައެވެ. އެގޮތުން ވަރިވުމަށް ފަހު ކުދިން ތިބޭނީ ކައިރީގައިކަން ނިންމުމުގައި އެއްބަސްވުމަކަށް ނާދެވި، ކޯޓުގައި ހުތުރު ކޯޅުމަކަށް މިކަން މިވަނީ ބަދަލުވެފައެވެ.

މީޑިއާގައި މިހަރު ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުން ބްރެޑް ބޭނުންވަނި ކުދިންގެ ކަންކަމުގައި 50-50 ދެ މީހުންވެސް ހިއްސާ ވަނެ ގޮތަކަށް ކުދިން ބެލުމުގެ ކަންކަން ކުރިއަށް ގެންދާށެވެ.

އުމުރުން 56 އަހަރުގެ ބްރެޑް ވަނީ އޭނާ އާއި އެކު ކުދިން ބޭތިއްބުމަށް ބާރުއެޅުމަށް 21 ހެކިވެރިންގެ ނަން ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބްރެޑް އާއި އެންޖެލީނާގެ ގާތް މީހުންނާއި، އާއިލާ މީހުން، އެކުގައި މަސައްކަތް ކުރި މީހުންގެ އިތުރުން އާއިލާ ޑޮކްޓަރުންވެސް ހިމެނެއެވެ.

45 އަހަރުގެ އެންޖެލާ ޖޯލީވެސް ދަނީ އޭނާ ކައިރި ދަރިން ބޭތިއްބުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އަދި ދެ މީހުން ދެމިހުންނަށް އިނގިލި ދިއްކޮށް އެކި ކަހަލަ ތުހުމަތުތައް ކުރަމުންދާއިރު އެ ދެ މީހުންވެސް މަސައްކަތް ކުރަނީ ކުދިންގެ ކަސްޓަޑީ ހޯދުމަށެވެ.

މި މަރުހަލާގައި ދެ މީހުން އެކަކު އަނެކެއްގެ އަހުލާގާއި، ސިއްހަތާއި ގުޅުން ހުރި ނުރަނގަޅު ކަންތައް ވެސް ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ.

ބްރެޑް އާއި އެންޖެލީނާގެ 6 ކުދިން ތިބެއެވެ.

ބްރެޑް އާއި އެންޖެލީނަ 2012 ވަނަ އަހަރު އެންގޭޖުވީ އެކުގައި އުޅޭތާ އަހަރުވުމަށް ފަހުގައެވެ. އެ ދެ މީހުން ކައިވެނި ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް 23ގައެވެ. ވަރިވާން އެދި ކޯޓަށްް ހުށަހެޅީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.