މި ފޮޓޯ އަކީ ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ ސްކޫލް ދައުރުގައި ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އަނުޝްކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ހޮނިހިރުދުވަހުގެ ރޭ ލާފައިވާއިރު މި ފޮޓޯ އަކީ އޭނާގެ ސްކޫލުގެ ނަށާ ޓީމާއި އެކު ނަގާފައިވާ ފޮޓޯއެއް ކަމަަށް އޭނާ ބުނެފައި ވެއެވެ.

މި ފޮޓޯގައި ތިބި އެންމެން ކަހަލަ ގޮތަކަށް ފެނިގެންދަނީ އިންޑިޔާގެ ސަގާފަތާއި ގުޅޭ ހެދުމެއް ލައިގެން ހުއްޓައެވެ.

މި ފޮޓޯއިން އަނުޝްކާ ފެނިއްޖެ ހެއްޔެވެ؟

ނުފެންނަ ނަމަ ކިޔާދީފާނަމަވެ. އަނުޝްކާ އިނީ ކުރީގައި އިށީންދެގެން ތިބި ކުދިންގެ ތެރެއިން ކަނާތް ފަރާތުގައި އެވެ.

މި ފޮޓޯގެ އަސްލު ފޮޓޯ ހިއްސާކޮށްފައި ވަނީ އޭނާގެ ރައްޓެއްސެކެވެ.

އަނުޝްކާ އޭނާގެ ފުރަތަމަ ކުއްޖާއަށް ބަލިވެ އިންކަން ހާމަ ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓުމަހުއެވެ.

https://www.instagram.com/p/CEYZINOpd53/?igshid=1gf6j311rfbmt

އަނުޝްކާ ކައިވެނި ކޮށްގެން އުޅެނީ އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާތް ކޮލީ އާއި އެވެ. އެތައް އަހަރުތަކެއް ވަންދެން ރައްޓެހިވެގެން ތިބުމަށްފަހު މިދެމީހުން ކައިވެނި ކުރީ 2017 ވަނަ އަހަރުގައި އެވެ. ދެމީހުން ވަނީ މުމްބައި ގަޔާއި ދިއްލީގައި ބޮޑު ދެ ޕާޓީވެސް ބާއްވާފަ އެވެ.

އަނުޝްކާ ޝަރްމާ އަކީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރާވެސް ފަރާތެކެވެ. އޭނާގެ އެންމެ ފަހުގެ ޕްރޮޑަކްޝަނަކީ ނެޓްފްލިކްސް ފިލްމު 'ބުލްބުލް' އެވެ. އަނުކްޝާ ހިމެނެނީ އިންޑިޔާގައި ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ތަރީގެ ގޮތުގަ އެވެ. އަނުޝްކާ ވިހާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެވެ.