ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ކާޑީބީގެ 28 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް އޭނާގެ އެކުވެރި އަދި މަޝްހޫރު މޭކަޕް ކުންފުނި، ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ ކައިލީ ޖެނާ ޕައުޑާ ނޫކުލައިގެ ބާކްލިން ދަބަހެއް ދީފިއެވެ.

https://www.instagram.com/p/CGMgImmHWRf/?igshid=1sto9vmuwevqk

ކާޑީބީއަށް އުފަން ދުވަހުގައި ލިބުނު މި ދަބަހާ އެއް ވައްތަރުގެ ދަބަހެއް އޭނާގެ ދެ އަހަރުގެ ދަރިފުޅަށްވެސް ވަނީ އެ ދަރިފުޅުގެ ބައްޕަ ދީފައެވެ. މިއަހަރުގެ ޖުލައި މަހު ކާޑީ ބީގެ ދަރިފުޅު ކަލްޗާ އަށް އޭނާގެ ބައްޕަ ދީފައި ވަނީ ފިޔާތޮށި ކުލައިގެ ދަބަހެކެވެ.

ކާޑީ ބީ އޭނާގެ ފިރިމީހާ މަޝްހޫރު ރެޕާ އޮފްސެޓްގެ ކައިރިން ވަރިވާން އެދިފައިވާއިރު އެމީހުންގެ ލަވަތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ލަވަތަކެކެވެ. ކާޑީ އާއި އޮފްސެޓްގެ ކައިވެންޏަށް ތިން އަހަރު ނުވަނީސް އޮފްސެޓްގެ ކައިރިން ކާޑީ ބީ ވަރިވާން އެދުނީ އޮފްސެޓް އިތުރު ލޯބިވެރިން ގެންގުޅޭކަން ފަޅާ އެރުމުންނެވެ. މި މީހުންގެ ކައިވެންޏަށް އަދި ވީ އެންމެ ތިން އަހަރެވެ.

ކާޑީ ބީގެ ދަރިފުޅުގެ ބައްޕަ އާއި ކައިލީ ޖެނާގެ ދަރިފުޅު ސްޓޯމީގެ ބައްޕަ ޓްރޭވިސް ސްކޮރް އަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށް ކާޑީ ބީ ބުންޏެވެ. އޭނާ ބުނީ ކައިލީގެ މަންމަ ކްރިސް ޖެނާ އޭނައަށް އެކި ކަންކަމުގައި އިރުޝާދުވެސް ދޭކަމަށެވެ.

https://www.instagram.com/p/CFVktlpBIGO/?utm_source=ig_web_copy_link

ކާޑީ ބީއަށް އުފަންދުވަހު ލިބުނު ދަބަހުގެ އަގު 40،000 ޑޮލަރަށްވުރެ އަގުބޮޑުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ކޮންމެވެސް އެކަކު ކާޑީބީ ގާތު ބުނެބަލަ ނިޔަފަތި ކަނޑާށޭ...

    24
    3
  2. ނަދާ

    ބާކިން ދެލޯކޮޅާ

    11
  3. ޗޮ ހޮނޑާ

    މާލޭ ގޮނޑު ހޮވާ މީހުން ވެސް
    މިވައްތަރު ގެ ދަބަސް ގެންގުޅޭ

    7
    1