މިއަދު އަރައިގެން އައި އިރާއިއެކު އެންމެ ގަދައަށް ދެކެވެންފެށި އެއް ވާހަކައަކީ، "ނަސް"ގެ ފޭސްބުކް ޕޯސްޓެއްގެ ވާހަކައެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކޮށް އެކި ހިސާބުތަކުގެ ޘަޤާފަތާއި ކަންކަން ފޭސްބުކް ވީޑިއޯ މެދުވެރިކޮށް ދައްކުވައިދޭ ނުސައިރު ޔާސީންގެ ފޭސްބުކް ޕޭޖް، "ނަސް ޑެއިލީ"ން ޢާންމު ކުރި ވީޑިއޯއެއްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ.

މި މައްސަލަ ހޫނުވުމާއި ގުޅިގެން ފަހުން، އެ ޕޭޖަށް ނުވަދެވޭ ގޮތަށް ޕޭޖް "ބޭންކޮށްފައި" ވާއިރު، ނަސް މިވަނީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

ޢާންމު ފަރާތަކުން، ޕޭޖު "ބޭން" ކުރި ކުރުމާއި ގުޅިގެން، ނަސް އާއި ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ، ޕޭޖަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ، އަމިއްލައަށް ކަމަށެވެ. އަދި އެކަން ކުރީ، ރާއްޖެ އާއި ގުޅޭގޮތުން ދިވެހި އަންހެނަކު ލައްވައި ހަދާފައިވާ ވީޑިއޯގައި ފެންނަ މީހާ، ނުވަތަ "އެކްސް"ގެ ސަލާމަތަށްޓަކައި ކަމަށެވެ. އަދި އޭނާއަށް ފާޑުކިއުމުގެ ބަދަލުގައި ހިއްވަރުދިނުުމަށް ނަސް ވަނީ ގޮވާލާފައެވެ.

އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުންދާއިރު، ނަސް ރާއްޖޭގައި އެންމެފަހުން ހެދި ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެނަކު ބުރުގާ ނަގަން ބޭނުންވެ، އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ. އަދި އެކަމާއި ހިތާމަކުރާ ކަމާއި ބުރުގާ ނަގަން ޖެހިލުންވާ މިންވަރު ވީޑިއޯގައި އެ އަންހެން މީހާ ވަނީ ކިޔައިދީފައެވެ.

އަސްލު ނަން ސިއްރުކޮށްގެން، ނަސް ޑެއިލީގެ ވީޑިއޯގައި ވާހަކަ ދައްކާ ދިވެހި އަންހެން މީހާ ބުނީ އޭނާ ބުރުގާ ބާލަން ބޭނުންވާކަމަށާއި އެހެންނަމަވެސް، އޭނާއަށް އެކަން ކުރަން ނުކެރޭނެކަމަށެވެ. ސަބަބަކީ، މުޖުތަމަޢިން އެކަން ބަލައިނުގަންނާނެ ކަން އޭނާއަށް އެނގޭތީއެވެ. ވީޑިއޯތަކުގައި މި މީހާ ހުންނަނީ މޫނު ނިވާކޮށްގެންނެވެ. އެހެންކަމުން އެއީ ސީދާ ކާކުކަމެއް އެނގިފައެއް ނުވެއެވެ.

"އެކްސް" ގެ ނަމުގައި މި މީހާ ވާހަކަ ދައްކާ މަންޒަރު ވީޑިއޯއިން ފެންނައިރު، އޭނާ ބުނެފައިވަނީ ބުރުގާ އަޅަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެހެން މީހުންގެ ޕުރެޝަރާއި ހެދި ބުރުގާ ނަގަން ނުކެރޭ ކަމަށެވެ. އަދި ބުނެފައިވަނީ މި ވީޑިއޯގައިވެސް އެކްސް އޭނާގެ އިސްތަށިގަނޑު ދައްކާލަން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް ބުރުގާ އަޅާ އިސްތަށިގަނޑު ފޮރުވަން މަޖުބޫރު ކުރުވީ މުޖުތަމައު ތެރޭގައި އުޅޭ މީހުން ކަމަށް "އެކްސް" ބުނެއެވެ.

ނަސްގެ ވީޑިއޯ އިން ފެންނަ އަންހެން މީހާ
ނަސްގެ ވީޑިއޯ އިން ފެންނަ އަންހެން މީހާ

އޭނާ އިތުރަށް ބުނެފައިވަނީ އުމުރުން 13 އަހަރުގައި ސްކޫލުގައި އުޅުނުއިރު، ކުލާހުގައި ތިބޭ ހުރިހާ އަންހެން ކުދިން ތިބެނީ ބުރުގާ އަޅާފައިކަމަށްވެސް އެކްސް ބުނެފައިވެއެވެ. އެހެންކަމުގައިވިޔަސް، އޭނާގެ މައިންބަފައިން، އޭނާއަށް އެކަން ކުރަން މަޖުބޫރު ނުކުރާކަމަށްވެސް ބުނެފައިވެއެވެ.

ނަސްގެ އަޑު އަޅައިގެން މި ވީޑިއޯ ހަދައި ޢާންމުކޮށްފައިވާއިރު، އޭނާ ވަނީ ހޫނު ޤައުމެއްގައި ބުރުގާ އަޅައިގެން އުޅުމަކީ ދަތިކަމެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އަދި، ލޯބިވެރިން ހޯދުމާއި ވަރިކުރުމަކީ އެންމެ ރަނގަޅު ކަންކަން ކަމަށާއި އެހެންނަމަވެސް، ބުރުގާ ބޭލުމަކީ ރާއްޖޭގައި މައްސަލައެއްކަމަށް ބުނެފައިވެއެވެ. އަދި، މިކަމުގެ ސަބަބުން ލާދީނީ މީހެކޭ ނުބުނެވޭނެކަމަށްވެސް ނަސް ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު އެއް މިނެޓްގެ ވީޑިއޯއެއް ތައްޔާރު ކުރަމުން އަންނަ ނަސްއަށް މިވީޑިއޯގެ ސަބަބުން ގިނަ ފާޑު ކިޔުންތަކެއް އޭނާ އަށާއި، އެކަމުގައި ބައިވެރިވި އަންހެން މީހާއަށް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނަމުން ދަނީ ވާހަކައިގެ އެއްބައި ފެންނަ ގޮތަށް ވީޑިއޯ ނުހެދުމަށް ގޮވާާލާފައެވެ. އަދި އެތައް ބަޔަކު ބުރުގާ އަޅައިގެން އުޅެނީ އަމިއްލަޔަށް ބޭނުންވެގެން ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކުވެސްވަނީ މިވީޑިއޯއަށް ފާޑު ކިޔާ، މިވީޑިއޯގައި އެކްސްގެ ނަމުން އެމީހާއަށް ނިސްބަތް ކުރެވުނަސް، އެކުއްޖާ އުޅޭ މުޖުތަމައުގެ މީހުންނަށް އެއީ ކާކުކަން އެނގޭނެކަމަށް ބުނެފައެވެ.

އިސްލާމް ދީނުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އަންހެނާގެ އައުރަވަނީ ބަޔާންކޮށްފައެވެ. އެއީ، ނަމާދުގައި ނޫންނަމަ މޫނާއި ދެއަތްތިލަ ފިޔަވައި ކޮންމެ ތަނެކެވެ. އެހެންކަމުން، ފާޅުގައި އައުރު ފާޅުކުރުމަށް ގޮވާލުމަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުންކަމުގައި ނޫނީ ނުވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސް އަކީ އިސްރާއިލަށް އުފަން ފަލަސްތީނުގެ މީހެކެވެ. އޭނާ ރާއްޖެއާ ބެހޭގޮތުން އާއްމުކޮށްފައިވާ ވީޑިޔޯއެއްގައި ބުނެފައިވަނީ އެދުވަހު މާލޭގެ އެންމެންވެސް ތިބީ ރޯދައަށްކަމަށާއި ކާބޯތަކެތި ވިއްކާ އެއްވެސް ތަނެއް ނުހުޅުވާ ކަމަށެވެ. އަދި، އޭނާވަނީ ފާޅުގައި، އޭނާއަކީ ދީނީ މީހެއް ނޫންކަމަށް ބުނެ ރޯދަ ނުހިފާކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    މިއަންހެން މީހާ ހޯދާ އޭނާއަށް ނަސޭހަތްދީ އިސްލަހު ކުރަންޖެހޭ.

    3
    3
  2. މުސްލިމުން..

    أَسْـتَغْفِرُ الله؟ ތިޔަ ދެމީހުނައް الله ތެދުމަގު ދެއްވަވާ ... ފާފަ ފުއްސަވާށިއެ... އާމީން??

    4
    1
  3. ހުސޭނުބޭ

    ބުރުގާވެސް ބާލަ! މީހުން ބަލައިގަތަސް ނުގަތަސް. ދެން ހުރި އެއްޗެހިވެސް ބާލަ! މިވަންވެގަތުމަށް! ދެން ގޮސް ވަންނަންވީ ތާކަށް ވަނަންވީމާ އެދުވަހުން ބުނާނޫދޯ ތިމަންނާ ފުރެއްދީ ނަސް އޭ! ލޮލް.

    3
    2
  4. އުކުޅަހު މީހާ

    އއ އުކުޅަހު އަންހެއްމީހެއް އެއީ

    2
    1
  5. ޝާމް

    ކޮންނަވަރަކަށް ފަސްނެގޭނެ.

    2
    1
  6. ޙޮތިނޮ

    އެކުސް ވިޔަސް މިކުސްވިޔަސް ދީނީ ކަންތަކައް ފުރައްސާރަ ނުކުރަތި އެއީ ބޮޑު ހަރަންކަމެއް

    4
    2
  7. ަސދަސދ

    ރާއްޖޭގެ ކިތައް ފަންނާނުން ބުރުގާ އަޅާފައި ދުވަސްކޮޅޭއް ކޮށްލާފައި ނެގީ.
    ކާކު އެމީހުން މަރަން ދިޔައީ.
    ނިޝާވެސް ބުރުގާ އެޅި، އެއުޅޭ އަންހެން 13 ވެސް ބުރުގާ އެޅި. އެމީހުންވެސް އެއުޅެނީ.
    މީނަ މިއީ ފިރިހެނުންތަކެއްގެ ސަމާލުކަން ނުލިބި ހުރި މީހެއްވީމާ ކޮށްގެން އުޅޭ ކަމެއް.

    4
    1
    • ާބެސްޓީ

      ރަނގަޅު ވާހަކައެއް