އެޕަލްގެ އާމޮޑެލްއެއްގެ އައިފޯން ގަންނަން ބޭނުންވެފައި ތިބި މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

އައިފޯން 12 އެޕަލް އިން ތައާރަފް ކޮށްފިއެވެ. އައިފޯން-12 ގެ ހަތަރު މޮޑެލްއެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އައިފޯން-12 އާއި އައިފޯން-12 މިނީ އަދި އައިފޯން-12 ޕްރޯއާއި އައިފޯން-12 ޕްރޯ މެކްސް އެވެ.

އަލަށް ތައާރަފްކުރި އައިފޯންގެ އެންމެ ހާއްސަ އެއްސިފައަކީ މިއައިފޯންގައި 5ޖީ ހިމެނުމެވެ. މީގެ އިތުރުން ދެން ހިމެނޭ އެންމެ ހާއްސަ އަނެއް ސިފައަކީ އައިފޯން-12 ވަޔަލެސްކޮށް ޗާޖް ކުރެވޭނެއެވެ.

މިރޭ ތައާރަފްކުރި ފޯނުތަކުގެ ތެރެއިން އެންމެ ވަރުގަދައީ އައިފޯން-12 ޕްރޯ އާއި ޕްރޯ މެކްސް އެވެ. ސްޓެއިންލެސް ސްޓީލްގެ ދެފޯނުގެ ހަތަރު ކުލައެއް ލިބޭނެއެވެ. އެއީ ސިލްވާ، ގްރެފިކް، ގޯލްޑް އަދި ޕެސިފިކް ބްލޫއެވެ. ޕްރޯގައި 6.1 އިންޗިގެ ޑިސްޕްލޭއެއް ހިމެނޭ އިރު ޕްރޯ މެކްސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް އިންނާނެއެވެ. ޕްރޯ އަދި ޕްރޯ މެކްސްގެ ކެމެރާ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އެޕަލް އިން ބުނާ ގޮތުގައި އައިފޯން-12 ވާނީ ސްކްރީން ފަސޭހައިން ތަޅައިގެން ނުދާނެގޮތައް އުފައްދާފައިވާ "އެންމެ ވަރުގަދަ ސްމާޓް ފޯނަށެވެ."

އެންމެ ބާރުގަދަ ދެފޯން ކަމަށްވާ އައިފޯން-12 އާއި އައިފޯން-12 ޕްރޯ މެކްސްގެ އަގު ބޮޑެވެ. އައިފޯން-12 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އައިފޯން 12 ޕްރޯ މެކްސްގެ އަގަކީ 1099 އެމެރިކާ ޑޮލަރެވެ. އައިފޯން-12ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އައިފޯން-12 މިނީގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ.

އައިފޯން 12 އާއި 12 ޕްރޯ އަށް ޕްރީއޯޑަރު ކުރެވޭނީ މިމަހުގެ 16 އިން ފެށިގެންނެވެ. ފޯނު ލިބޭނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

އައިފޯން 12 މިނީ އާއި ޕްރޯ މެކްސް އަށް ޕްރީ އޯޑަރު ކުރެވޭނީ ނޮވެމްބަރ 06 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިދެފޯން ގަންނަން ލިބޭނީ ނޮވެމްބަރ 13 އިން ފެށިގެންނެވެ.

އައިފޯން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މިރޭ ތައާރަފް ކުރި އައިފޯނާއި އެކު އަނެއްކާވެސް އައިފޯންގެ އާޖީލެއް ފެށުނީ ކަމަށެވެ. މިޖީލުގައި ވެސް އައިފޯން ވެގެން ދާނީ މީހުންގެ ފަރުދީ މިނިވަންކަމަށް ވަރަށް ބޮޑަށް އިހްތިރާމް ކޮށްގެން ފޯނު ބޭނުންކުރާ މީހުން އެދޭފަދަ ސިފަތައް ހިމަނައިގެން ނެރޭ ފޯނުތަކަކަށް ކަމަށް ޓިކް ކުކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހެހެ

    ދައްކަބެ ފޮޓޯއެއް 🥺

    16
    36
  2. ޓުއްޓު

    އެސް20ގަ އިންނަ އަލްޓްރާ ޒޫމް ފީޗަރ އެޕަލް އިން ކޮޕީ ނުކުރޭ ހާދަ ދެރައޭ ހަމައެކަނި 5ޖީ އައީވެސް 😥

    8
    2
  3. ބbs

    ތިޔަ ކުއްލި ހަބަރަކައް ވަަންވި ސަބަބަބެއް ނުވިސްނޭ🤔🤔

    9
    2
  4. ިބޯކިބާ

    އެމެރިކާމީހުނަށް 5ޖީ ފޯނެއް އުފެއްދުނުއިރު ޗައިނާގަ 5 ލައްކަ 5ޖީ ޓަވަރު ޖަހައިގެން އެންމެން ގެންގުޅެނީ 5ޖީ ފޯނު. 100 ޑޮލަރަށް 5ޖީ ފޯނު އެބަ ވިއްކާ.

    23
  5. ކައުންސެލަރު

    ކަކަކަ...
    އާފަލަށް އަދިކިރިޔާ 5ޖ އާ ހިސާބަށް ފޯރީ؟! ވަޔަލެސް ޗާޖުވެސް... އަޅެ!!!!
    ސެމްސަންގުން ތިކަންކޮށް މިހާރު ބާވެއްޖެ. ކަލޭމެން ވިއްޔެއްނު މަހަަށްފަރަށް ދާން ފަށަން

    16
    5
  6. ނަސްރާ

    ބޭކާރު ހަރަދެއް . އައިފޯނު ފަހުގެ ވަތަރުތައް ގަތުމަށްވުރެ ރަނގަޅުވާނެ އުމްރާ ދަތުރެއްވެސް

    29
  7. އަޙްމަދު

    އައިފޯން ގެންގުޅޭ ފަރާތްތަކަށް މީ އުފާވެރި ކަބަރެއް ބަލަ އެންޑރޮއިޑް ގެ އަހުލުވެރީން ނަކަށް ނޫނޭ މި ފޯނު ޚާއްޞަވަނީ މީ އައިފޯން ގެންގުޅެ މި ދުވަހަށް އިންތިޒާރު ކުރާ މީހުނަށް ޚާއްޞަ ދުވަހެއް

    11
    5
  8. މާންޓެ

    ސަމްސަންގް ކަސްޓަމަރުން ބޭނުން ކޮއްފަހުރި މުސްކުޅި ފީޗާރސް ތައް އާއެއްޗެއް ގޮތުގަ އެޕަލް އަށް އަންނާނީ..5ޖީ ވަޔަރލެސް ޗާރޖިންގ..ހަހަހަހަހާ

    7
    3
  9. ފައުޒާނު

    އެންޑްރޮއިޑްގެ ކެމެރާއަށް ވުރެ ސަޅިވާނެ.

    3
    10
  10. ޝާފިޢު

    ކެމެރާ ހުންނަގޮތޭ ރީތީ. ފޮޓޯ ކަމަކުނުދޭ.....