މިރޭ އެޕަލް އިން ނެރުނު ހަތަރު އައިފޯން-12ގެ އަގުތައް ހާމަކޮށްފިއެވެ.

އެޕަލް އިން މިރޭ ނެރުނު ހަތަރު ފޯނަކީ އައިފޯން-12 އާއި އައިފޯން-12 މިނީ އަދި އައިފޯން-12 ޕްރޯ އާއި އައިފޯން-12 ޕްރޯ މެކްސް އެވެ.

އެންމެ ބާރުގަދަ ދެފޯން ކަމަށްވާ އައިފޯން-12 އާއި އައިފޯން-12 ޕްރޯ މެކްސްގެ އަގު ބޮޑެވެ. އައިފޯން-12 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އައިފޯން 12 ޕްރޯ މެކްސްގެ އަގަކީ 1099 އެމެރިކާ ޑޮލަރެވެ. އައިފޯން-12ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އައިފޯން-12 މިނީގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ.

އައިފޯން 12 އާއި 12 ޕްރޯ އަށް ޕްރީއޯޑަރު ކުރެވޭނީ މިމަހުގެ 16 އިން ފެށިގެންނެވެ. ފޯނު ލިބޭނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

އައިފޯން 12 މިނީ އާއި ޕްރޯ މެކްސް އަށް ޕްރީ އޯޑަރު ކުރެވޭނީ ނޮވެމްބަރ 06 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިދެފޯން ގަންނަން ލިބޭނީ ނޮވެމްބަރ 13 އިން ފެށިގެންނެވެ.

އައިފޯން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މިރޭ ތައާރަފް ކުރި އައިފޯނާއި އެކު އަނެއްކާވެސް އައިފޯންގެ އާޖީލެއް ފެށުނީ ކަމަށެވެ. މިޖީލުގައި ވެސް އައިފޯން ވެގެން ދާނީ މީހުންގެ ފަރުދީ މިނިވަންކަމަށް ވަރަށް ބޮޑަށް އިހްތިރާމް ކޮށްގެން ފޯނު ބޭނުންކުރާ މީހުން އެދޭފަދަ ސިފަތައް ހިމަނައިގެން ނެރޭ ފޯނުތަކަކަށް ކަމަށް ޓިމް ކުކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    މާލެއިން ފޯނުވިއްކާމީހުންތައްކޮބައިތަ؟ޕްރީއޯޑަރު ކުރުންއޮތީ ކިހިނެއްބާ؟

    9
    4
    • ސަންފައްތަ

      ކާޑަކުން އެންމެ ފޯނެއްވެސް ނުގަނެވޭ. ދެން ކިހިނެއް ހަދާނީ.

  2. ޕްރޯމެކްސް

    ތިއީ އަދި އެޕަލްއިން ފޯން ވިއްކާ އަގުތައް. މާލޭ ބާޒާރުން ތިއަގުގެ 2ގުނަ އާ ކައިރިކުރާ އަގަކަށް ލިބޭނީ

    12
    1
    • އެޕަލް

      ތީ ވަރަށް ބޮޑު ތެދެއް!!

  3. ފައްޔާޒު

    ތިޔަ ފޯނު މިލިޔަނަކައް ވިއްކިޔަސް ރާއްޖޭގަ ތިޔަ ފޯނު ގަނެގެން ބޭނުން ކުރާނެ މީހުން ގިނަވާނެ، އަދި ހާއްސަކޮއް މޑޕ ބޭފުޅުންއަތުގަ ތިޔަގެ ފޯނެއް އޮންނާނެ.

    6
    6
  4. ސަނާ

    މަރްޔަމް ސާނީ އައް ސާބަސް، ބެސްޓް އެޑިޓާރ
    ލޮލް