މިއީ ފުވައްމުލަކަށް އުފަން މަރިޔަމް ޝިއުމާ ޝާހިދުއެވެ. ކިޔެވުމަށް މޮޅު ޒުވާނެކެވެ. ޓުއަރިޒަމް މާއްދާއިން މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދިއެވެ. މިހާރު އޭނާއަކީ މޭކަޕްގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާނެކެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާތާ މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް އޭނާގެ މޭކަޕްތައް ކަމުގޮސް އެތައް ބަޔަކު އޭނާ ކައިރިން އެ ހިދުމަތް ހޯދަން ދެއެވެ.

ކުޑައިރުއްސުރެ ވެސް ވަރަށް މޭކަޕްވާނެ

"އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް މޭކަޕްވާނެ. ދެން މަންމަ މޭކަޕްކޮށް އުޅޭތަން ފެނިފައި އެގޮތަށް މޭކަޕްއަށް އިންޓްރެސްޓް އުފެދުނީ. ދެން ހަމަ ބޮޑުވަމުންދިޔައިރުވެސް ހަމައަމިއްލަ މޭކަޕްގަނެ އަމިއްލައަށް މޭކަޕްކޮށް އުޅެނީ. އަމިއްލައަށް ބޭނުންވެގެން މި ދާއިރާގައި މި އުޅެނީވެސް"

މީހުންގެ މޭކަޕްކޮށްދީގެން އުޅޭތާ ވާނީ ފަސް ވަރަކަށް މަސް

"ޢަދި ފަހެއް ނޫނީ ހަ ވަރަކަށް މަސް ވާނީ މީހުންގެ މޭކަޕްކޮށްދީގެން އުޅޭތާ. މިހާރުވެސް ވަރަށް ބައިވަރު މީހުންގެ މޭކަޕް ކުރެވިއްޖެ. ގާތްގަނޑަކަށް 40 ވަރަކަށް މީހުންގެ ކުރެވިފައި ހުންނާނީ"

މީހުންގެ ކޮމެންޓްތައް ވަރަށް ރަނގަޅު

"މީހުންގެ ކޮމެންޓްތައް ވަރަށް ރަނގަޅު ވަރަށް ހިތްހަމަޖެހޭ އެންމެންވެސް. އާއްމުކޮށް އެންމެންވެސް ބުނަނީ ވަރަށް ރީއްޗޭ މޭކަޕްތައް. އަދި އަލުން އެ ކްލައިންޓެއް އެޕޮއިންޓްމެންޓްސް ހެދީމަ ވަރަށް އުފާވޭ"

އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާ މީހުންނާއި ރައްޓެހިންގެ ފަރާތުން

"މިކަމުގައި އެެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާ މީހުންނާއި ރައްޓެހިންގެ ފަރާތުން. އެއީ ދާއިރާއިން ކުރިއަށްދިޔުމުގައި އެންމެ ބޮޑު ހިތްވަރެއްކަމުގައިވެސް ދެކޭ މީހުންނަކީވެސް"

ޔޫޓިއުބް މޭކަޕް ޓިއުޓޯރިއަލްސްތައް ވަރަށް ބަލަން

"ޔޫޓިއުބް މޭކަޕް ޓިއުޓޯރިއަލްސް ބަލަން. އޭގެ ތެރޭގައި އެންމެ ބޮޑަށް ބަލަނީ ނިކީ ޓިއުޓޯރިއަލްސް"

މޭކަޕް ޕްރޮޑަކްޓްސްތައް ލިބުން ދަތި

"ރަށުގައި މޭކަޕްކޮށްދޭއިރު އެންމެ ބޮޑު ގޮންޖެހުންތަކަކަށް އޮންނާނީ މޭކަޕް ޕްރޮޑަކްޓްސްތައް ޑައިރެކްޓްކޮށް ނުލިބޭތީ. މާލޭގައި ނަމަ އޮންލައިން ޕޭޖްތަކުން ލިބޭ. އެކަމު ރަށުގައި އޮރިޖިނަލް ޕްރޮޑަކްޓްތައް ހޯދަން އުނދަގޫ. އަދި ރަށަށް ގެންނަ ނަމަ ވަރަށް ދުވަސްވެސް ނަގާ"

އާއްމުކޮށް ކުރަނީ ބްރައިޑަލް މޭކަޕް

"އާއްމުކޮށް ކުރަނީ ބްރައިޑަލް މޭކަޕް. ދެން ނޯމަލް މޭކަޕްސްތައް ކުރަނީ".

ތަފާތު މޭކަޕްތައްވެސް ކުރަން

"ދެން ތަފާތު މޭކަޕްސްތައްވެސް ކޮށްއުޅެން. ރަށުގައި އުޅޭ ފޮޓޯގްރާފަރުންނާއި ކޮލެބްކޮށްގެން ތަންކޮޅެއް އެކްސްޓްރީމް މޭކަޕްތައް ޖައްސާ ތަފާތު ލުކްސްތައް ޖައްސާ ހަދަން. އެ ވަރަށް އިންޓްރެސްޓް ހުންނަނަކަމަށް".

އެންމެ ބޮޑަށް ބޭނުންވަނީ އެކި ރަށްރަށުން އެޕޮއިންޓްމެންޓްސްތައް ލިބުން

"އެކި ރަށްރަށުން ބްރައިޑަލް މޭކަޕްތައް ކުރަން ލިބުމަކީ މިހާރު ކުރެވޭ އުއްމީދެއް"

އެންމެ ދެރަވި އެންމެ އުފާވި ދުވަސް

"އެންމެ އުފާވި ދުވަހަކީ އައްޑޫއިން މޭކަޕް އެޕޮއިންޓްމެންޓެއް ލިބުމުން. ދެން ލިބިފައި އެގްޒާމް ހުރިގޮތުން ނުދެވުނީމަ އެ އެޕޮއިންޓްމެންޓް ކެންސަލް ކުރަން ޖެހުނީ. އެއީ އެންމެ ދެރަވި ދުވަސް"

ޝިއުމާ މޭކަޕްކޮށް އުޅެނީ ރަށުގައެވެ. ރަށުގެ ކައިވެނީގެ ހަފްލާތަކަށް މިއަދު ބްރައިޑް ތައްޔާރުކޮށްލުމަކީ އޭނާއަށް އުދަގޫކަމެއް ނޫނެވެ. އެތައް ބަޔަކު އޭނާގެ މަސައްކަތަށް ތައުރީވެސް ކުރެއެވެ. އަދި އެތައް ބަޔަކު ތިބީ އޭނާކޮށްދިން މޭކަޕާއި މެދު ހިތްހަމަޖެހި އުފާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ްިއިޒް އިޓް ޖަސްޓް މީ

    ްިއިޒް އިޓް ޖަސްޓް މީ އޯރ ހަމަ އެންމެ ފުރަތަމަ އިން ފޮޓޯ ގައި އެއް ލޮލުގައާ އެއް ބުމައިގަ މޭކަޕް ނުކޮށް ތަ ހުރީ؟
    އެކަމް ހާފް މޭކަޕެއްވިއްޔާ ލިޕްސް ގެ ވެސް ހާފް ގައި ކޮށްފަ ބެހެއްޓިނަމަ ?

    • ބޮންދު

      ކަލޯ ގަޔާ މި ރަމްޝާން ރޯދަ މަހެއްގަ. ކަމުނުދަންޏާ ހުރެބަ ހައްޕު ކިޔައިން.

  2. ރަށްދު

    މޭކަޕް ސަޅި އެކަމަކު ފުޓޯ ވަރަށް ހަޑި ނަގާފަހުންނަގޮތުން ލޯހުންނަނީ މެރިފަ ހިނިތުންވުމެއްވެސް ފުޓޯއަކުން ނުފެނެ

  3. ސަންޖޭ ލީލާ ބަންސާލީ

    ވ.ވ.ވ ސަޅި މޭކަޕްސްތައް??

  4. ޥެލް ވިޝާ

    ޔުއާ މޭކަޕް އިޒް ސްޓަނިންގ! މި ދާއިރާއިން ވަރަށް ކުރިއަށް ދާނެ! ❤️

  5. ޒިލާން

    ކޮން ހިނިތުންވުމެއް. މިކަހަލަ މަގުފުރެދޭ ހަބަރު މިވެރިން ލިޔާނީ. މޭކަޕް ކޮށް ޒީނަތްތެރިކަން އާްނމުކޮށްގން އުޅުމަކީ ވަރަށްވެސް ބޮޑަށް ހިނިތުންވުން ގެނެސްދޭނެ ކަމެއް.