ދާދި އިހަކަށް ދުވަހު ދުބާއި އިން އެމްސްޓަޑަމްއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގައި އިން ފަސެންޖަރަކު މާގިނައިން ފޮޑި ޖަހާތީ އެހެން އެއާޕޯޓަަކަށް ފްލައިޓް ޖައްސައި ފްލައިޓުން އެ ފަސެންޖަރު ބޭރުކޮށްފިއެެވެ.
ނަން ހާމަކޮށްފައިވާ ނުވާ އެ ފަސެންޖަރު ދަތުރު ކުރަމުންދިޔައީ ޓްރާންސަވިއާ އެއާލައިނުންނެވެ. އޭނާ އެ ފްލައިޓުން ބާލާފައި ވަނީ އޮސްޓްރިއާގެ ވިއެންނާއަށް ފްލައިޓް ޖެއްސުމަށްފަހުއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އާއި ޖެހިގެން އިން ދެ މީހުން ވަނީ އެގޮތަށް ކަންތައް ނުކުުރުމަށް އެދިފައެވެ. އެހެން ނަަމަވެސް އިރުއިރުކޮޅާ އޭނާ ފޮޑިޖަހަމުން ދިޔައީއެވެ. އޭނާއަށް އެގޮތަށް ކުރިމަތިވަމުން ދިޔައީ ސިއްހީ މައްސަލައެއްގައިކަަމެއް ޔަގީނެއް ނޫނެވެ. އޭނާގެ ސަބަބުން މުޅި ފްލައިޓް ތެރޭގައި ނުބައިވަސް ފެތުރުނުކަމަށް ވެއެވެ.
އެކަން ކޮންޓްރޯލް ނުވާ ހިސާބަށް ދިޔުމުން އެ އެއާލައިންގެ ސްޓާފުން ވަނީ އޭނާ އާއި ވާހަަކަވެސް ދައްކާފައެވެ. އެވަރުންވެސް އެކަން ކޮންޓްރޯލް ނުވުމުން ޕައިލެޓް ފްލައިޓް ވިއެނާއަށް ޖައްސާ ފަސެންޖަރު ވަނި ފުލުހުންނައި ހަވާލުކޮށްފައެވެ.
އޮސްޓްރިއާ ފުލުުހުން އޭނާ ފްލައިޓުން ނެރުމަށް އައިސްފައި ވަނީ ކުއްތާއެއްވެސް ހިފައިގެންނެވެ.
އޭނާގެ އިތުރުން އެ ބޯޓު ތެރޭގައި ހަޑިހުތުރު ބަހުން ވާހަކަދެއްކި ދެ އަންހެނަކު ވަނީ އެ ފްލައިޓުން ބޭރުކޮށްފައެވެ.
މިއީ ރާއްޖޭގައި ހިނގި ކަމެއް ނަމަ ގޯސްވާނީ އެއަރލައިން
??
ނޫން ސަރުކާރު ގޯސްވާނީ....