ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް މިއަދު ކައިވެނި ކުރައްވައިފި އެވެ.

ހައިތަމް "ވަގުތަށް" ވިދާޅުވީ އޭނާ ކައިވެނި ކުރެއްވީ މިއަދު މެންދުރު ކަމަށެވެ. ހައިތަމް ކައިވެނި ކުރެއްވީ ޝަޖާން މުއާޒް ނަމަކަށް ކިޔާ ކަނބަލަކާއެވެ.

އެ ދެ މީހުން ރަން ކިޔާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.

މީގެ ކުރިން ވެސް ހައިތަމް ކައިވެންޏެއް ކުރައްވާފައި ވާއިރު ޝަޖާން ވެސް މީގެ ކުރިން ކައިވެންޏެއް ކުރައްވާފައި ވެއެވެ.

ހައިތަމް އަށް މެމްބަރުންނާއި ގާތް މީހުން ދަނީ ކައިވެނީގެ ތަހުނިޔާ އަރިސްކުރަމުންނެވެ.

ހައިތަމް މިއަދު ކައިވެނި ކުރައްވާފައި ވާއިރު ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)ވެސް ވަނީ ދާދި ފަހުން ކައިވެނި ކުރައްވާފައެވެ.

މެންބަރު ސައްލެ އާއި އޭނާގެ އަނބިކަނބަލުންމީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކައިވެނި ކުރައްވާފައެވެ.

ގާސިމް އާއި އޭނާގެ ހަނގު އަނބިކަނބަލުން

މި އަހަރު ވެގެން ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ކައިވެނި ކުރި އަހަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސަނާހް

    ދެން އަހަރުން ނަށަން ވީ ؟؟

    63
    5
    • ހަސަން

      ކަލޭ މަޑުންހުރެބަލަ

      17
      10
      • ހުދަނަ

        ނިތިބެވޭނެ މަޑަކުން.

        7
        1
  2. ލައިޓް

    އިއްޒަތްތެރި މެންބަރުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭނީ ރަނގަޅަށް ކާން، ބޯން ލިބިގެން. 3 ޖޯޑަށް ވެސް މަރުހަބާ!

    52
    4
  3. ފާތުމަ.

    ކަލޯ ކިތައްމީހުންނާ މިހާރު އިނދެވިއްޖެ؟ ނިކަން މީހަކު ހަރުލައްވަބަލަ.ގޮތެއްހަދައިގެންވިޔަސް.

    53
    2
  4. ނަޖޫ

    ހޫން! މަށަށް ދޯކާ ދީފަ ބަލާބަލަ 😫

    49
  5. ތަޚާނުގެ ޢަލިދީދީ

    މަޖުލީހުގާ ހުރިދުވަހުދޯ ތިކަހަލަކަންކަންވެސް ފަސޭހައިން ވާނީ.

    43
  6. ބަލާޔާހަމަ

    މަޖިލީހުގެ ރައީސް ކައިވެނިބައްލަވައި ގަންނަވަނީ ކޮންއިރަކުންބާ؟ ކައިވެންޏެއް ބައްލަވައިގަތީމަ ތަންކޮޅެއް ބޯހަމަޖެހޭ ކަންތައްތައް ކުރައްވާފާނެކަންނޭގެ.

    85
    5
    • ކުރުނބާ

      ހެހެ މަޖިލީހުގެ ރައީސްގެ ތިކަހަލަ ހިޔާލު ނުހުންނާތީ ކަންނޭގެ އެފާޑަަށް އުޅެނީ

      34
      2
  7. ޠ

    🙄

    22
    2
  8. ނަޖޫ

    ތީ ހައިތަމްގެ ސްޓޭޓަސް ލިޔަން އިން ކުއްޖެއް ދޯ؟ ޓްވިޓަރ ބެލީމަ އިނގޭ

    19
    1
  9. ވަގުތު ކާ ކާވެނި މެހެފިލް

    ރޭގަ އިގިރޭސި ވިލާތުގެ މުއްސަންޖެއްގެ އަންހެން ދަރިއަކު މީހަކާ އިނދެފިއެވެ...ވަރަށް ސަލާމް.

    22
    1
  10. ޓ

    ނަޖޫގެ މުއްސަނދި ކަމުން އުޅެފާ ކިހިނެއް ތިޔަހެދީ

    30
    1
  11. ނ

    ކުރީ އަހަރު ރޯދަ މަހު ޓީވީ އަށް އަރާ ނަޖޫދެކެ ވަރަށް ލޯބިވެޭ ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ކިހިނެއް ތިޔަވީ

    37
  12. ޙިބަރު

    މި ދެން ކޮން ކަމެއް...

    13
    3
  13. Anonymous

    ކައިވެނި މޫސުމް

    21
  14. ކިނބޫ

    މައިންގެ ކޮޓަރި ބޮޑުކުރަންވެސް ޖެހިދާނެ

    26
  15. ރެންކު

    މިހާރުއުޅޭ އަންހެނުން ލާރިއަށް ހެއްލޭނެ

    13
    1
  16. މަރިޔަމް

    ސާބަހޭ މަޖިލިސް މެންބަރުންނައް

    10
  17. ޚި

    ހަފާކާ

  18. މަ

    އެހެންވީމާ އަދިވެސް އެންމެ ކާމިޔާބީ ހަމަ ގާސިމް. ދެން ނެތް ތިތާކު މީހަކަށް ވާކަހަލަ މީހެއް.

    12
  19. ބުއްޅަބޭ

    ގާސިމްގެ ޗޮއިސްތައް ވަރަށް ކަމުދޭ

    16
    • މާދަމާދެކޭމީހާ

      ލާރިއޮންނަ މީހުންނައް ގިނަ ޗޮއިސް ލިބޭނީ އެހެންނޫނަސް 85ހާސްލިބޭއިރު މާބޮޑައްވެސް ކަންތައް ތައް ކުރެވޭނެ

  20. މޫސަ

    މަޖިލިސް މެންބަރުން މަޖިލީހަށް ހޮވޭ ހިސާބުން އެތިބެނީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި. އެހެންވީމާ އެހެން ކަންކަމަށް ވަގުތު ދެންޏާ ރައްޔިތުންގެ ހުއްދަ ނުވަތަ ފެންނަ ނުފެންނަ ހޯދަންވާނެ. މަޖިލީހަށް ހޮވުމަށް ފަހު ކައިވެނި ކުރާ މެމްބަރުން ދައުލަތަށް ޗަންދާއެއް ދައްކަންފެނޭ.

  21. ﷲގެ އަޅާ

    ގާސި މް ވައިފް ވަރަށް ނަލަ ❤

    4
    1
  22. އުހޫން

    ވެހޭތާފެންނަގަނީ،ރައްޔިތުންގެލާރިގަނޑުއަތުޖެހުނުވަގުތު

  23. 👍

    މާޝާﷲ. މާތްﷲ ބަރަކާތް ލައްވަވާށި އާމީން

  24. Anonymous

    إنّماَ ލައިގަތީ.😂😂😂

  25. އަހުމަދު

    މަވެސް