ކުޑަކުދިންތެކެއް ރޭޕް ކުރި މައްސަލައެއްގައި އޯހިއޯގެ ޖަލަކަށް ލާފައިވާ އުމުރުން 64 އަހަރުގެ ވިލިއަމް މާރކް ވަސްމުސް ޕޭރޯލްގެ ދަށުން ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައުފުއެވެ.

1994 އަހަރު އޭނާ ޖަލަށް ލައިފައިވަނީ އެތައް ކުޑަކުދިންނެއް ރޭޕް ކުރުމުގެ މައްސަލައިގައެވެ. އޭނާ ޖަލަށް ލައިފައިވަނީ 220 އަހަރަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ޓޭޕްތަކުން ފުރިފައިވާ ވިލިއަމްގެ ބުރިފް ކޭހެއް 1990ގެ އަހަރުތަކުގައި ވިލިއަމްގެ އަންެހުންނަށް ފެނުނެވެ. އަދި ފަސް އަހަރު ވަންދެން ކުޑަކުދިންނަށް އެކި ގޮތްގޮތުން ގޯނާ ކުރިކަމަށް ވެސް ވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް 26 އަހަރުން ފަހުން ބޭއްވުމަށް، މިއަދަށް ވަނީ ތާވަލު ކުރެވިފައެވެ. ޕްރޮސެކިއުޓަރ ރޮން ބުނެފައިވަނީ އެކަން ހިނގިތާ އެތައް އަހަރެއްވެފައިވާ ކަމަށާއި އެހެންކަމުން މިހާރު އޭނާ ހުންނާނީ އިސްލާހުވެފައި ކަމަށެވެ. ނަމަވެސް ކަމުގެ މާހިރުން ބުނަނީ މިފަދަ އަމަލުތައް ހިންގާ މީހުންނަށް އެއްވެސް ފަރުވާއެއް ނޯންނަ ކަމަށާއި ކުރެވޭނެ ހަމައެކަނި ކަމަކީ އެފަދަ މީހުން ކުޑަކުދިންނާައި ދުރުގައި ގެންގުޅުމެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނުއިރު ވެސް ތިން ކުޑަކުދިންނާއި ކައިވެނި ކޮށްގެން އުޅުނު ވިލިއަމްއަކީ ޕަބްލިކް އެކްސަސް ޓެލެވިޜަންގެ މިނިސްޓަރެކެވެ.

ކުރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރާަ ވިލިއަމްއަކީ ރަސޫލެއް ކަމަށް ދައުވާ ކުރި މީހެއް ކަމަށް ވެސް ކުރީގެ ޗާޗެއްގެ މެމްބަރެއް ކަމަށްވާ ޑޭވް ވެކްސްލާ ބުނެފައިވެއެވެ. އެހެންވެގެން ވެކްސްލާގެ އަންހެނުން އޭނާ ގާަތުން ވަރިވެގެން ވިލިއަމްއާއި ކައިވެނި ކުރިއެވެ.

ވިލިއަމް ހައްޔަރުކޮށްފައިވަނީ ވެކްސްލާގެ ކުރީގެ އަންހެނުންނަށް ފެނުނު ބުރީފް ކޭހުގެ މައްސަލައިގައި ވެކްސްލާގެ އެހީއަކަށް އެދުމުން ކަމަށް ވެސް އޭނާަ ބުނެފައިވެއެވެ.

ނަމަވެސް މިއަދު އެންމެ ފޯރިއާައިއެެކު ވިލިއަމް މިނިވަން ކުރުމަށް ގޮވާލާ އެކަކީ ވެކްސްލާއެެވެ.