ބޭނުންވާނެ ތަކެތި

1 ޕާން

5 ކެޕްސިކަމް ( ކަރުނަގާ ކުދިކޮށް ކޮށާފައި)

1 ދަޅު މަސް

3/1 ސަމުސާ މުގުރި އަސޭމިރުސް

ޗީޒް

ޓޯމާޓޯ ސޯސް ކޮޅެއް

ބަޓަރުކޮޅެއް

ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވާލަށް ކުޑަ ތެޔޮކޮޅެއް އަޅާފައި އުނދުން މައްޗަށް އުދާނީއެވެ. ދެން ހޫނުވީމާ ފިޔާ އަދި ކެޕްސިކަމް އަޅާފައި ފިޔާކޮޅު މޯޅިވުމުން މަސް. ލޮނު ، އަސޭމިރުސް އަދި ކުލަހިފާވަރަށް ސޯސް އަޅާފައި ރޯފިލުވާލުމަށް އުނދުން މަތީގައި ބަހައްޓާނީއެވެ. ދެން ޕާން ފޮތިތަކުގައި ބަޓަރު ހާކާފައި މަސްގަނޑު ފަތުރާލާނީއެވެ. އެއަށްފަހު ޓްރޭގައި ބަޓަރު ހާކާފައި ފާން ފޮތިތަށް އަތުރާލުމަށް ފަހު ފާން ފޮތިތަކުގެ މައްޗަށް ޗީޒް ކޮޅެއް އެޅުމަށް ފަހު ޗީޒް ކުޑަކޮށް ދިޔާ ވަންދެން އަވަނުގައި ޕާން ފޮތިތަށް ފިހެލާނީއެވެ.