އެޕަލް އިން އެންމެ ފަހުން ނެރެފައިވާ އައިފޯން 12 އާއި އެކީ ޗާޖަރު ނުލިބޭތީ ސެމްސަންގއިން މަލާމަތްކޮށްފިއެވެ.
އެޕަލް އިން މީގެ ދެ ދުވަސް ކުރިން ނެރެފައިވާ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ކަމުގައިވާ އެޕަލް އައިފޯން 12 އަށް ކުރީގެ ފޯނުތަކުގެ އެޑަޕްޓަރު ބޭނުން ނުކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފަހުން ނެރެފައިވާ އައިފޯނާއި އެކީ ހަމަ އެކަނި ލިބެނީ ޔޫއެސްބީ ވާގަނޑު އެކަންޏެވެ. އެއީވެސް "ޔޫއެސްބީ-ސީ" ޓު "ލައިޓްނިން" ކޮޅެކެވެ. އެހެން ކަމުން ކުރިން އައިފޯން 11 އިން ދަށުގެ ފޯނު ގެންގުޅޭ ފަރާތްތަކުން އެޑަޕްޓަރު އެ ފޯނުތަކަށް ބޭނުމެއް ނުކުރެވެއެވެ.
މިކަމާއި ގުޅިގެން އެޕަލްގެ އެންމެ ބޮޑު އެއް ވާދަވެރިކަމެއް އޮންނަ ސެމްސަންއިން ވަނީ އެކަމުގެ ފައިދާ ނަގައި އެ ކުންފުންނަށް މަލާމާތް ކޮށްފައެވެ. އެގޮތުން ފޭސްބުކްގައި ސެމްސަންގް އިން އާންމު ކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ ސެމްސަންގް އިން އެބަޔަކު (އައިފޯން ގެންގުޅޭ ފަރާތްތަކުން) ހޯދަމުން އަންނަ އެޑަޕްޓަރު ލިބޭނެ ކަމަށެވެ. އެއީ އައިފޯނު 12 އަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޑަޕްޓަރެވެ.
މި ޕޯސްޓު އާންމު ވުމާއި އެކީ ގިނަ ބަޔަކު ވަނީ އެޕަލް ކުންފުންޏަށް މަލާމާތް ކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ "އެންމެ ކުޑަމިނުން ހެޑްސެޓެއް" ވެސް ނުދޭ ކަމަށެވެ. އަދި ހަމަ އެކަނި ޔޫއެސްބީ އަށް ދިނަސް އޭތި ޗާޖު ނުކުރެވޭނެ ކަމަށެވެ.
އަދި ބައެއް ފަރާތްތަކުން އެޕަލް ކުންފުންޏާއި އެއްކޮޅަށް އަރައި ބުނެފައިވަނީ އައިފޯނުތަކުގައި ހެޑްސެޓް ޖަހާ ތަންކޮޅު ނުލައި ފޯނު ނެރެން ފެށުމުން ސެމްސަންގް އިން އެކަން ކޮޕީ ކޮށްފައިވާ ކަމަށެވެ.
އެންމެ ފަހުން ނެރެފައިވާ އައިފޯނުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައިސްފައިވާއިރު، އެ ފޯނުތަކާއި އެކީ ޗާޖަރު ނުލިބޭތީ އެކަމާއި ގިނަ އައިފޯނު ގެންގުޅޭ ފަރާތްތަކުން ވަނީ ހިތް ހަމަ ނުޖެހޭކަން ފާޅުކޮށްފައެވެ.
އައިފޯން ދެކެ ފޫހި ވެއްޖެ.. ސެމްސަންގ ފޯނަކަށް ބަދަލު ކޮށްލަންވީ.. ތަންކޮޅެއް ބޮޑުވަރު ދޯ ލާރިޔާ ހެދި ބޫތު ކެޔަސް..
އައިފޯނުގެ ބެޓްރިއާ ސްކްރީންއާ ވަކިން ވިއްކިއަސް އައިފޯނު ދުލެއް ނުކުރާނަން. ސެމްސަންގ ޖެހޭނީ ފ...
މަ އައިފޯނެއް ގަންނާނީ ބެކް ބަޓަން އައި ދުވަހަކުން އައިފޯންގަ ފަހަތަށް ދާން އުނދަގޫ ކަމުން 3 ދުވަހު ވެސް މަށަކަށް އައިފޯނެއް ނުގެންގުޅެވުނެވެ. ސެމްސަން ވަރެއް ހަމަނެއް (ހީވެސް ނުވޭ)
އެޕަލް ފޭންސް : ލަދު ގަނޭ ބުނެ ލޯ މަރާލާ މޫނު ފޮރުވާލީ
ޝަރީފު ކަލޭ ހަޖަމު ކޮށްލާ ދެން.. ނެތް އެއްޗެއް އޮތް ކަމަކަށް ނުވާނެ..
ވަގުތުން މިގެންދިނީ ޚަބަރެކެވެ.ގެނެސްދެއްވީ ނޫސްވެރިޔާ ޝަރީފުއެވެ. އެކަމަކު ބެލުންތެރިއަކު ކޮމަންޓްކުރައްވާފައިވަނީ " ޝަރީފު ކަލޭ ހަޖަމު ކޮށްލާ ދެން.. ނެތް އެއްޗެއް އޮތް ކަމަކަށް ނުވާނެ" މިގޮތަށެވެ. ޒިއްމާދާރު ނޫސްވެރިން ޚަބަރު ގެނެސްދޭނީ ކަންހިގިގޮތަށް ނުވަތަ ކަންހިގާފައިވާގޮތަށެވެ. މީގެ އިތުރުން ދިރާސާ ނޫސްވެރިން އެބޭފުޅުން ހޯއްދަވާ މައުލޫމާތުގެ މައްޗަށް ބުރަވެ ކަންހިގާފާނެކަމަށް އެބޭފުޅަކަށް ލަފާކުރެވޭގޮތަކަށް ލިއުއްވައެވެ. މީގައި ހަޖަމުގެ މައްސަލައެއް އޮތްނަން ޖެހޭކަމަކަށް ނުދެކެމެވެ. މީގެ ބަދަލުގައި މިހާރުގެ ނޫސްވެރިންނަކީ އަބަދުސް ޖީބަށް ބުރަކޮށްދޭ ފަރާތަށް ހުށާމަތުކޮށް ލިޔުއްވާ ބޭފުޅުންނެވެ. އިބްރާހިމްސާލިހު އަށްހުޝާމަތު ކުރައްވާ ސަނާކިޔުއްވުން ނޫންކަމެއް ނުކުރައްވައެވެ. މިނޫހުން ބަޔާންކުރާ އެއްވެސް ސިފައެއް އެބޭފުޅާގެ ކިބަޔަކު ނެތް ކަމަށް ދިވެހިންގެ ގިނަބަޔަކު ގަބޫލުކުރެއެވެ. ބަސްފުޅު ވިދާޅުނުވެ ހަނުހުންނެވުމަކީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފައެއްކަމަށް މިހާރުގެ ނޫހުން ގަބޫލުކުރިއަސް ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރައެވެ. އެބޭފުޅާވެސް ގައުމު ހިންގެވުމުގައި ބައްލަވަނީ މިދެންނެވި ނޫހަށެވެ، ބަދަލުގައި ފެންވަރު ރަގަޅު ދިރިއުޅުއްވުން ސަރުކާރުގެ ހަރަދުގައި ލިބިލައްވަނީ ކަމަށްވެސް ވެދާނެއެވެ.
ޗާޖަރު އަދި ހެޑްސެޓްއަށް ކަނޑާފައި ވިއްކަނީ .... އަތްފޯރާފަށަށް ގެނައުމަށް
ދެން މާ މޮޅު އެއްޗެއްތަ އެއީ ސެމްސަންގ. އައިފޯން 11 ގެ ކޮލެޓީ ކަން ބަލާފަ ސެމްސަންގ ދެކެ ފޫހިވެގެން ސެމްސަންގ ފޯނެއް ފެންނަ އިރަށް އަންނަނީ ރުޅި. ސެމްސަންގ ފޯނެއް ވެއްޓޭއިރައް ތަޅައިގެން.😂😂😂😂😂😂😂😂😂