ބޭނުންވާ ތަކެތި

ސްޕެގެޓީ (ކައްކާފައިހުރި )
500ގ ބީފް (މުގުރާފަ. ބޭނުން ނަމަ ކޯން ބީފްދަޅު ވެސް އެޅިދާނެ)
1 ބޮޑު ފިޔާ (ކިޔުބްކޮށް ކޮށާފައި)
2 ލޮނުމެދު (ޗިސްކޮށްފައި ހުރި)
2 ކެރެޓް (ކިޔުބްކޮށް ކޮށާފައި)
300ގ މަޝްރޫމް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އޮރިގާނޯ
4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
425ގ ޓޮމާޓޯ ޕިއުރީ
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
3 ޖޯޑު ފެން ލޮނު
އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު، ތަވާ ދޮންވީމާ އޮލިވް އޮއިލް އަޅާލާފައި ތެޔޮ ފުދު ހޫނުވީމާ ފިޔާ އަދި ލޮނުމެދު އަޅާފައި ފިޔާ މީރު ކޮއްލާށެވެ. ދެން އެއަށްފަހު މުގުރާފަ ހުރި ބީފް ކޮޅު ނުވަތަ ކޯން ބީފް ކޮޅު ރަނގަޅަށް ރަތްވަންދެން ދޭފަތުން ހަލަމުން ދާށެވެ. އެއަށްފަހު ކެރެޓް، މަޝްރޫމް، އޮރިގާނޯ، ޓޮމާޓޯ ޕޭސްޓް، އަދި ޓޮމާޓޯ ޕިއުރީ އަޅާ އެއްކޮށްލުމަށް ފަހު 45 މިނެޓް ވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ރަހަ ހެޔޮވަރުވާވަރަށް ލޮނު އަދި އަސޭމިރުސް އަޅާށެވެ. ސޯސް ތައްޔާރުވުމުން ކައްކާފަހުރި ސްޕެގެޓީއާ އެއްކޮށްލާށެވެ.