ކާޑޭޝިއަން އާއިލާގައި އަކީ އެއް އާއިލާއެއްގެ އެންމެ ގިނަ މީހުން އާއްމުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރު އާއިލާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެއާއިލާ އިން ސާދަ އަހަރުވަންދެން ކުރިއަށް ގެންދާ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް" އަކީ ކްރިސް ޖެނަ ނަމަކަށް ކިޔާ އަންހެނަކާއި އޭނާގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށް ގެނެސްދޭ ހަގީގީ ޝޯއެކެވެ.

މި އާއިލާގެ ކްލޯއި އަކީ ޝޯ ފެށުނީއްސުރެ ވެސް ބެލުންތެރިންގެ ސަލާމުކަން ހޯދި ރިއަލިޓީ ޓީވީ ތަރިއެކެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމުގައި ހިނގާ ކަންކަމަށް އާއްމުން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާކަންކަން ބެލުމަށް ވެސް ފޭނުން ތިބެނީ ކެތްމަދުވެފައެވެ.

ކްލޯއި ވަނީ އޭނާ އެއްވެސް އެހީއަކާއި ނުލާ ދަރިފުޅު ބަލަން ފެށީ މި ފުރަބަންދުގައި ކަމަށް ވެސް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން އޭނާ ކަސްރަތު ކުރާ ވަގުތުވެސް ދަރިފުޅު ގޮވައިގެން އުޅެން ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ. އޭނާގެ ދަރިފުޅު ޓްރޫ ތޮމްޕްސޮންގެ ހުރިހާ ކަމެއް އަމިއްލަ އަށް ކުރަން ފެށުމުން ހުރިހާ ކަމެއް ޖެހުނީ ދަސްކުރަން ކަމަށް އޭނާ ބުނެއެވެ.

މެއި މަހުން ފެށިގެން ކްލޯއި ދަނީ ދަރިފުޅާއި އެކު ވަގުތު ހޭދަ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އާއްމުންނަށް ދައްކާލަމުންނެވެ. ދަރިފުޅަށް ކާންދިނުމާއި ފެންވެރުމާއި އެ ނޫންވެސް ކަންކަން މީގެ ކުރިން ކުރަމުން އައީ އޭނާގެ އެހީތެރިންނެވެ.

20 ސީޒަނަށް ފަހު ކީޕިން އަޕް ވިތު ކާޑޭޝިއަން ނިންމާލަން ހަމަޖެއްސިކަން ކިމް ކަޑޭޝިއަން ވަނީ މީސްމީޑިއާގައި އިއުލާންކޮށްފައެެވެ. އެއާ އެކު ފޭނުން ދަނީ އާއިލާގެ އިތުރު ޝޯއެއް އޮންނާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަމުންނެވެ. މިހާތަނަށް އައި އިރު އެ ސުވާލުތަކަށް ޕްރޮޑަކްޝަން ޓީމުންވެސް އަދި އެއާއިލާއިން ވެސް ޖަވާބުދީފައެއް ނުވެއެވެ.