އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން މުހައްމަދު ޔުނާން ދެއްކި ހުނަރުން ރާއްޖޭގެ ކުޅަދާނާ ވާހަކަ ލިޔުންތެރިޔާ އަދި ފިލްމް އުފެއްދުންތެރިޔާ ފާތުމަތު ނަހުލާ އަށް ކަމުދާ ފަންނާނަކަށް ޔުނާންވިއެވެ. އެއާ އެކު، 2017 ވަނަ އަހަރު ނެރުނު އަދި ދިވެހި އެތައް ބަޔަކު ރޮއްވާލި "ބޮސް" ގެ ލީޑް ރޯލުން ޔުނާން ދެއްކި އާދަޔާ ހިލާފު ހުނަރުގެ ސަބަބުން އާންމުންގެ ހިތްތަކުން ޔުނާން ޖާގަ ހޯދިއެވެ.
ނަހުލާ ނެރުނު އެ ފިލްމުގައި ޔުނާން ދެއްކި ހުނަރަށް ތައުރީފް ނުކުރާ މީހަކު ނެތެވެ. އަލަށް ބޮޑު ފީޗާ ފިލްމަކުން އޭނާ ފެނިގެން ދިޔައިރު، މަޝްހޫރު ތަރިންގެ ތައުރީފް އޭނާއަށް އޮހުނެވެ. ޔުނާންގެ ކުޅަދާނަކަމުން އެތައް ބަޔަކު ތިބީ ހައިރާންވެފައެވެ.
ހާއްސަކޮށް ނަހުލާ އޭނާއަށް ކުރި ބޮޑު އިތުބާރާއެކު، އެންމެ ބޭނުންވި ގޮތަށް ފިލްމް ގެނެސްދީފިއެވެ.
ޔުނާންގެ ގަދަރު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށް، އޭނާގެ މައްޗަށް މި ފަހުން ވަނީ ބޮޑު ތުހުމަތެއް ކުރެވިފައެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ވަނީ ޔުނާންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައެވެ. ޔުނާންއާ އެކު އަންހެނުން ފާތިމަތު ރިހުލާ ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ޔުނާން އެފަަދަ ދަށު ދަރަޖައިގެ އަމަލެއް ކުރާނެ ކަމަށް ހީ ނުކުރާ ބަޔަކު އެބަ ތިއްބެވެ. މިއީ ފްރޭމްއަކަށް ވެދާނެތޯ އެއްބަޔަކު ސުވާލު އުފައްދައެވެ.
ދިވެހިން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރަނީ ޔުނާންގެ ދެމަފިރިންގެ ޝަރީއަތް ނިމޭނެ ގޮތަކާ މެދުގައެވެ. ޔުނާންގެ ހަނދު "އޮއްސޭނީ" އަސްލު ކަންވީ ގޮތް ހާމަވުމުންނެވެ. ނޫނީ މައްސަލަ ސާބިތުވާ ހިސާބުން ފެށިގެންނެވެ.
ޔުނާންއަށް ދިވެހި ފިލްމީ ތަރިންގެ ތައުރީފް!
"އޭނާ ބޮސްއަށް ގެނެވުނީތީ ވަރަށް ފަހުރުވެރިވެފައި މި ހުންނަނީ، އަހަރެން ބުނާނީ އޭނާއަކީ ފިލްމީ ދާއިރާގެ ބޮންތި އަށް އަރައިގެން ދާނެ އެކްޓަރެކޭ. ހަމަ ހަގީގަތުގައި ވަރަށް މޮޅު އޭނަ،" މުނި އަވަސްއަށް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބޮސް ފިލްމްގެ ޑައިރެކްޓަރ އައިޝަތު ރިޝްމީ ބުންޏެވެ.
މިއީ އެހެން ތަރިންވެސް ދެއްކި ވާހަކައެކެވެ. އޭނާގެ އެކްޓް ކުރުމުގެ ޕޮޓެންޝިއަލް އެބަހުއްޓެވެ. ފިލްމް ބަލާފައި މީހާ ރޮއްވާލާ ވަރު ކުރާނެ ވަރުގެ ގާބިލްކަން އެބަ ހުއްޓެވެ. އެކްޓް ކުރުމުގެ ވައްޓަފާޅި އާއި، އެ ނޫންވެސް ހުރިހާ ކަމެއް އެބަ ހުއްޓެވެ. ފިލްމު ކުޅުމަށް ގާބިލެވެ. ހުރިހާ ރަހައެއް އެބަ ހުއްޓެވެ. ރޮއްވާލާ ސީންތައް ކުޅުމާއި، ރުޅިގަދަ މީހެއްގެ ރޯލުވެސް ކުޅެވިދާނެއެވެ.
”އާ މީހެއްވީމަ އައްޒަ ވެސް ފުރަތަމަކޮޅު ވަރަށް ޖެހިލުންވެފައި ހުރީ. އެކަމަކު ޔުނާންގެ އެކްޓިން ހަމަ އަންއެކްސްޕެކްޓެޑް. އޭނަ މޮޅުވީމަ އަހަންނަށް ވެސް އެކުގައި ސީންތަކަށް ރިއެކްޓް ކުރަން ވަރަަށް ފަސޭހަ. މީގައި ބޮޑަށް ހުންނާނީ ވެސް ލޯބީގެ އަދި ހިތާމަވެރި މަންޒަރުތައް،" ޔުނާން އާއެކު ފުރަތަމަ ފީޗާ ފިލްމް ކުޅުނު ބަތަލާ އައްޒަ 2017 ވަނަ އަހަރު މުނި އަވަސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭގެ ފަހުންވެސް ޔުނާން ފިލްމީ ބައެއް މަސައްކަތުގައި!
ޔުނާން ކުޅުނު ފުރަތަމަ ފިލްމުން އޭނާއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އޭނާގެ މަސައްކަތަށް ތައުރީފްކޮށް ބައެއް ތަރިން މީސް މީޑިއާގައި ވާހަަކަތައް ހިއްސާކޮށްފައި ވެއެވެ. އޭނާ ފިލްމް ބޮސް އިން ފެނުނު ފަހުންވެސް ފިލްމީ ދާއިރާގެ މަސައްކަތުގައި އުޅެފައި ވެއެވެ. އެގޮތުން އޭނާ ވަނީ ވެބްސީރީޒް "އެހެނަސް" އިންވެސް ފެނިގެން ގޮސްފައެވެ.
އޭގެ އިތުރުން ބޮސްގެ ފަހުން އޭނާ ވަނީ އޮފީސް ޑްރާމާއަކުން ފެނިގެން ގޮސްފައެވެ. އަދި ނެރެން ތައްޔާރުވެފައިވާ ފިލްމެއްގައިވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
ދަރިފުޅު ބަލިވެ ހާސްކަމުގައި އެތައް ދުވަހެއް!
ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާއަށް ލިބުނު ފުރަތަމަ ދަރިފުޅު، ޔޫކް ރިހުލާގެ ބަނޑަށް ހަ މަހުގައި ބައިގެން ދިޔައީއެވެ. އެ ހިތާމައާއި ހިތްދަތިކަމުގައި ދެމަފިރިން ދުވަސްތައް ވޭތުކުރިއެވެ. އޭގެ ފަހުން ދެމަފިރިންނަށް ލިބުނު ދަރިފުޅަކީ ޔޫންއެެވެ. ޔޫންއަކީ ހިތުގެ މައްސަލަ ހުންނަ ކުއްޖެކެވެ. އިންޑިއާއިން ބޭސްފަރުވާ ކޮށްގެން ދަރިފުޅު މިހާރު ވަރަށް ބޮޑަށް ރަނގަޅުކަަމަށް މައުލޫމާތު ލިބެއެވެ. އެ ދަރިފުޅުގެ ބޮޑު އޮޕަރޭޝަންއަށް އާއްމުންގެ ފަރާތުން ފައިސާގެ ބޮޑެތި އެހީތައް ލިބިގެން ދިޔައެވެ.
އެގޮތުން އެންމެ ފަހުން ކޮވިޑް-19ގެ މި ހާލަތުގައި، ދަރިފުޅުގެ ބޭސް ފަރުވާއަށް ފުރޭނެ ގޮތް ނުވެގެން މުލިއާގޭގައި ދެމަފިރިންނާއި އާއިލާ މެންބަރުން އަޑުުއުފުލިއެވެ. އެ އަޑުއުފުލުންތަަކަށް ފަހު އާއްމުންގެ ބޮޑު ސަމާލުކަމާއި، ސަރުކާރުގެ ސަމާލުކަން ލިބި އާސަންދަ އާއި އެންސްޕާގެ އެހީ ލިބިގެން ދިޔައެވެ. އަދި އިންޑިއާށް ދާން ދަތުރު ހަމަޖެހުނެވެ. އަދި ވިޔަފާރިވެރިއެއްގެ ބޮޑު އެހީވެސް އެ އާއިލާއަށް ހަމަޖެހިގެން ދިޔައެވެ.
އެ އޮޕަރޭޝަނަށް ޔުނާންގެ އާއިލާއިން ފުރާފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އިންޑިއާގެ ލިސީ ހޮސްޕިޓަލުން ޔޫންގެ އޮޕަރޭޝަންކުރިއެވެ. އެ އޮޕަރޭޝަނަށްފަހު އެ އާއިލާއިން އެނބެރި ރާއްޖެ އައީ އޮގަސްޓް 25 ވަނަ ދުވަހުއެވެ.
އޮޮޮޮޕަރޭޝަނަށްފަހު އެނބުރި އައުމާ އެކު ތުހުމަތުގެ އިނގިލިތައް!
ޔޫންގެ ކާމިޔާބު އޮޕަރޭޝަނަށްފަހު ދެމަފިރިން އެނބުރި ރާއްޖެ އައުމުން ދެން ފެނިގެން ދިޔައީ މާ ބަލަން ބޭނުންވި މަންޒަރު ތަކެއް ނޫނެވެ. އާއްމުން ދިން ފައިސާ ދެމަފިރިން އަމިއްލަ ބޭނުންތަކަށް ބޭނުން ކުރި ކަމުގެ ތުހުމަތު ތަކެވެ.
ބަތަލާ އައިޝަތު ރިޝްފާ ތުހުމަތު ކުރި ގޮތުގައި ޔޫންގެ ބޭސްފަރުވާއަށް ވިޔަފާރިވެރިންނާއި އާންމު ފަރުދުން ދީފައިވާ ފައިސާއަށް "އަޗާތަޅާ" ހުސްކޮށްލީއެވެ. މިިގޮތަށް ރިޝްފާ ބުނެފައި ވަނީ، ޔުނާން އާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަތަކެއް ހޫނުވެެގެންނެވެ.
ރިޝްފާ އޭރު ބުނެފައިވަނީ އެފަދަ ތުހުމަތަކީ އެއީ އޭނާ އަމިއްލައަށް ކުރާ ތުހުމަތަކެއް ނޫން ކަމަށާއި އެތައް ބަޔަކު އެގޮތަށް އެ ތުހުމަތު ކުރާ ކަމަށެވެ.
އަދި އެއްބަޔަކު ތުހުމަތު ކުރާގޮތުގައި، މުލިއާގެ ކައިރިއަށް ގޮސް އެހީގެ ގޮތުގައި ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިގެން އަގު ބޮޑު ފޯނުތަކާއި އެޕާޓްމެންޓް ހޯދީއެވެ.
މި ހުރިހާ ވާހަކައެއް ޔުނާން ގެ އާއިލާއިން ދޮގު ކުރިއެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު!
ޔުނާން އާއި ރިހުލާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަފިރިހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. ބައެއް މީޑިއާތަކުން ބުނާގޮތުގައި، މިދެމަފިރިން ޖިންސީ ގުޅުން ހިންގާފައި ވަނީ ޔުނާންގެ އާއިލާގެ ކުއްޖަކާއި އެކުއެވެ. އެ މައްސަލާގައި ޔުނާން މެން ހުޅުމާލޭގައި ދިރިއުޅެމުންދާ ގެ ކައިރީގައި މުޒާހަރާވެސް ކުރިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން، ދެމަފިރިން އާއިލާގެ އިތުރު ފިރިހެން ކުއްޖަކާއިވެސް ޖިންސީ ގުޅުން ހިންގިއެވެ. ނަމަވެސް ފުލުހުން ވިދާޅުވާގޮތުން، ފުލުހުންނަށް ހުށަހުޅުނީ އެފަދަ އެންމެ މައްސަލައެކެވެ. އެއީ 15 އަހަރުގެ ކުއްޖަކާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައެކެވެ.
އެ މުޒާހަރާއާ ގުޅިގެން އެރޭ މި ދެމަފިރިން ފުލުހުންގެ ހިމާޔަތަށް އެދުނެވެ. އަދި އެ މީހުން ފުލުހުންގެ ހިމާޔަތަށް އެދުނު ފަހުން އެ މީހުން ހައްޔަރުވެސް ކުރިއެވެ. ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ފުރަތަމަ ޖެހިއެވެ. އަދި ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން މި ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން، ގޯނާ ބޮޑު ކުށެއް، ސަލާމަތްވާނެބާ؟
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވޭއިރު، އެފަދަ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މިހާރު އޮންނަ ގޮޮތުން އަވަހަށް މައްސަލަ ބަލައި ނިންމާ ހުކުމާއި ހަމައަށް ދެއެވެ. އަދި މައްސަލަ ސާބިތުވާ ވަރަށް ހެކި ނުލިބޭނެމަ ދޫކޮށްލާ ފަހަރުވެސް އާދެއެވެ.
މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވާފައެވެ.
ޔުނާން އާއި ރިހުލާއަށް މިވަރުގެ ބޮޑު ތުހުމަތުތަކެއް ކުރެވޭއިރު، ދެމަފިރިންގެ ދިފާއުގައި ބަޔަކު މާ ބޮޑު ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. ދެމަފިރިންނާ ގުޅޭ ގޮތުން ކުރެވޭ ސީރިއަސް ތުހުމަތުތައް، ސާބިތުވުމުން ނޫނީ ފިލްމީ އުދަރެހުގައި ޔުނާންގެ ނަން ފޮހެލެވިގެން ނުވާނެ ތާއެވެ.
..ޔުނާން އާއި 15 އަހަރުގެ ކުއްޖާއާއި ދެމީހުން ވެގެން އެއްފަހަރާ ރިހުލާ އާއި ގުޅުން ހިންގީ ކަމަށް ވަނީ ދެމީހުން ޓާރން ނަގައިގެން. ރިހުލާއަކީ ކުރިންވެސް ނަހަލާލަށް ވިހައި އަދި ޔުނާންގެ ގަބޫލްގައި އެހެން ފިރިހުނުން ގާތަށްވެސް ދާމީހެއް ކަމަށް އަބަދުވެސް ހިސާބުގަނޑުގައި އަޑު ފެތުރިފަ އޮވޭ.
ލޮލުން ފެނުންތޯ. ނުފެންނަނަމަ. ބުންޏޯ ކިޔާފަ ވާހަ ކަ ދެއް ކުން ރަގަޅެއްނޫން
ސާބިތުވިޔަސް ނުވިޔަސް ތިކަން އޮތީ ހިންގާފަ، ތިކަން ހިންގާފަ ވަނީ މީގެ މަސްތަކެއް ކުރިން، 2 ދަރިން އެހާބޮޑު ދޮގެއް ހަދާފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން
ދަރިފުޅު ވާހަކަ ކިޔައިދިނީ އަޅުގަނޑަށް
ތިމާގެ ދަރި ތިމާޔަށް ދޮންފުތުވާނޭ ވެސް ކިޔާ
އެކަހަލަ ދޮގު ހަދަން މައުސޫމް ކުދިންނަށް ނޭނގޭނެ! ޢއިންސާފަކީ މިގައުމުގައި ލިބުން ދުރު އެއްޗެއް!
އެބަހުރި ހަދާފަ...ކިތަށް ކޭސް ހުރީ ތީގެ
15 އަހަރުގެ ބޮޑުފިރިހެނެއް. ޢެ ކަން ކުރަން ބޭނުން ނުވާނަމަ ދުވެފިލޭނެދޯ. ޙަމައެސޮރުވެސް ބޭނުން ވެގެން ކޮއްފަ އޮތްކަމެއް. ކަމަ ކީރަގަޅު ކަމެ ކޭ ނުދަންނަވަން. ދަރިން ބާލިގުވާއިރަށް ކައިވެނި ކޮއްދިނުން ރަގަޅުކަމަށް ފެނޭ
ރިޝްފާ ހަމަބުނީ ރަގަލު ވާހަކަ........
އަސްލުގަ ވެސް
ތިދެމީހުން ނަކީވެސް ހުސްވަގުން ..... ކުރީމަށް ދޯ ބުނާނީ
ޔުނާން އަކީ ތަރިއެއްނޫން. ކެރިޔަރޯ ކިޔާފަ އިދެގެން އުޅުނު އަބިމީހާ ވަރިކޮއްފަ ވަޒީފާއިން ކެނޑިގެން ގޮސް ތާހިރު ދިރިއުޅުން ދޫކޮއް ނުތާހިރު ދިރިއުޅުމަކަށް ދިޔަ މީހެއް.
އަޅެފަހެ ، މި މީހުނަށް ވީމައި މުޚާތަބު ކުރާއިރު ކޮން "ތަރިއެއް" ތަ މި އަންނަނީ.. މީހަކު ހައިރާނެއް ނުވާނެތަ، "ފިލްމީ ތަރިން" ނޯ... "ފިލްމީ މުނާފިޤުން" ވެސް މާ ރަނގަޅުކިޔަން.. ތާހިރު ދިރިއުޅުމެއްނެތް، އެއްވެސް ނަޒާހަތްތެރި ކަމުގެ ކަންފުޅެއްވެސް ނެތް ބަޔަކަށް "ތަރިން"ނޭ ކިޔާ މުޚާތަބުކުރާނީވެސް މުނާފިޤުން ނޫންތޯ؟؟ މި ރަޢުޔަށް އެއްބަސް ވާނަމަ "ހިޓް އަ ލައިކު އޮން ދިސް ކޮމެންޓް".
ދާއިރާގެ އެއްމެންގެވެސް ހާލުތީކީ. މީހުންގެ ވާހަކަ ދެއްކޭނެ ހަމަ އެކަކުވެސްނެތީ.
ކޮބާތަ މީގެ 5 ވަރަކަށް އަހަރު ކުރިން ފެތުރުނު އަޒްމީލު އާއި ޖުމައިހްގެ ވާހަކަ؟ ކާކު ހަނދާންހުރީ؟ ޔުނާންގެ ވާހަކަވެސް ދުވަސްކޮޅަކުން މީހުން ހަނދާންނެތިދާނެ. މީ ދިވެހިން!
އަހަންނަކަށް ނޭނގުނު މީނަ ތަރިއަކަށް ވީކިހިނެއްކަމެއް. މިކަހަލަ މީހުންނަށް ތާއިދުކޮށް ފޮލޯ ކުރާތީ ގައުމު ފަސާދަވަނީ
އެނގޭހާ ވެސް އެއްޗަކީ، މާދަމާ ވެސް މި މީސް މީހުން ސަލާމަތްވެގެން އަހިސް، ފިލްމު ކުޅެން ފެށީމަ ހަމަ ދިވެހިން ހޭ ދެބައިވެގެން މިވަރެއް ނެތިގެން އުޅޭނެކަން. މީ ދިވެހިންނޭ، އަބަދަށް ވެސް ދިވެހިންނޭ.
ބައެއް ދިވެހިން ބަލަނީ.... ހުރިހާ ދިވެހިންނެއް ނުބަލާނެ. ހުރިހާ އެންމެން ނުއުޅޭ ދުނިޔެއިން މޮޔަވެގެން
ތިކަހަލަ މީހުންނަށް...............ކިޔާތަ. ޕޯން ސްޓާރުން ދޯ؟؟؟؟؟
އޭތް މަ ވަރަށް ބަލާފިން! ޔުނާން ކިޔާ ތަރިއެއް ކަލޭމެން ދެކުނިންތަ/ މަށެއް ނުދެކެން!
މީނަ މީ ތަރިއެއްތަ
އޭނާ އެއީ ހަނދެއް
ތިހާ މަޝްހޫރު ގޮލައެއް ނަމަ މަށައްވެސް އެނގެން ޖެހޭނު ތި ޔުނާނުއެއް.. ކޮން ޔުނާނެއްތަ. މަމެނަކަށް ނޭނގޭ އެއީ މަޝްހޫރު ގޮލައެއްކަން... އަހަރެމެނަށް ތިގޮލައެއް އެނގުނީ ކެމެރާ ސްޓޫޑޮއޯގަ ބަހައްޓާފަ ގޮސް މުލިއާގެ ދޮރުމަތީ އެކްޓު ޖެއްސީމަ... އޭނަ މޫނުމަތިންވެސް ޖަހާ ކުޑަކުދިންނާއި ބެހޭ މީހެއް ވައްތަރު..
ޖުމައްޔިލު، އާޝާ، މަލީހާ މިމީސްމީހުންގެ ތަރިއެއް ނުއޮއްސޭ ދެން ތި ޔުނާނަކަށް ވަކި ގޮތެއް ވާނެތަ