މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި ކައިވެނި ކުރުމަށް ޝަޖާން މުއާޒް ޝަހީމް ހަ ލައްކަ ރުފިޔާއަށް ރަންކީ ހަބަރު ވާނީ ގެނެސް ދީފައެވެ. މިއީ އެވަރުގެ ބޮޑު އަދަދަކަށް ރަންކީ ފުރަތަމަ ފަހަރު ކަމަށް ވުން ގާތްއިރު، އޭނާ އެވަރުގެ ބޮޑު އަގަކަށް ރަންކީ ސަބަބު މިހާރު މި އޮތީ ހާމަވެފައެވެ.

ސަންގު ޓީވީގެ ނޫސް އިން ރިޕޯޓްކޮށްފައިވާގޮތުން، ހައިތަމް އާ އިންނަން ޝަޖާން ރަންކީ ފައިސާއަކަށް ނޫނެވެ. އެއްޗަކަށެވެ. އެ ނޫހުގައި ބުނެފައިވާގޮތުން އޭގެ އަގުމަގު ކުރަން ޖެހުނީ އެެވެ.

އަދި އެގޮތުން ބަލާނަމަ އޭގެ އަސްލު އަގު އުޅެނީ ހަ ލައްކަ ރުފިޔާއަކަށްވެސް ނޫން ކަމަށާއި، އަގު 1.2 މިލިއަން ރުފިޔާއަށް އަރާނެ ކަަމަށް އެ ނޫހުގައި ވެއެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން ރަން ކީ ހައިތަމްގެ މާމަގެ ފައްޓަރުބަޔަކާއި އުޅައުއަކަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ، 100 އަހަރަށްވުރެ ގިނަ ދުވަސްވީ އެ ފައްޓަރުބަޔާއި އުޅަގެ އަގު އެތައް ހާހަކަށް އަރައެވެ.

ފޮށީގައި ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ ޖެހި ސަބަބު!

ހައިތަމް އާއި ޝަޖާންގެ ކައިވެންޏަށް ތައްޔާރުވަމުންދިޔައިރު، ތަކެއްޗަށް ރަން ކިޔުމުން ރަނުގައި "އަގެއް" ހުންނަން ޖެހޭނެކަމަށް ފެމިލީ ކޯޓުން އެންގީ ކަމަށް އެ ނޫހުގައި ވެއެވެ. އެގޮތުން ރަނުގެ "އަދަދެއް" ފޯމުގައި ޖަހަން ޖެހޭނެކަމަށް އެންގި ކަމަށާއި، ރަން ކީ ފައްޓަރުބަޔާއި އުޅައުއަކަށް ކަމަށް ފޯމުގައި ނުޖެހުނީއެވެ.

އަދި އޭތީގެ އަސްލު "އަގު" ހޯދަން ޖެހުނީ މިހިސާބުން ކަމަށް އެ ނޫހުގައި ވެއެވެ.

"ހައިތަމްއާއި ޝަޖާނު ފުރަތަމަ މަސައްކަތްކުރީ ރާއްޖޭގެ މިކަމުގެ މާހިރެއް މެދުވެރިކޮށް އަގެއް ހޯދުމަށް. ނަމަވެސް އެކަން ކާމިޔާބުނުވުމުން ފައްޓަރުބަޔާއި އުޅައުގެ އަގު ހޯދަން ފޮނުވީ ރާއްޖެއިން ބޭރަށް. ބޭރުގެ އާސާރީ އެއްޗެހި އަގުކުރާ ފަރމްއަކާއި. އޭގެ އާސާރީކަމާއި، އޭގެ ކޮލިޓީ ޗެކް ކުރުމަށްފަހު ރާއްޖެއިން ބޭރުގެ މިފަރމްއިން ބުނީ އެތަކެތީގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށް". ސަންގު ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ނަމަވެސް އެއަގަކީ ކޮންމެހެން އެއީކަމުގައި ނުބަލާ ޝަޖާން ނިންމީ އޭގެ އަކަގީ އޭގެ ދެބައިކުޅަ އެއްބައަށް ވާ ވަރު ކަމަށްވާ -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ) އަށް ރަން ކިޔުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ހަތަމް ކޮއްކޮ

  ހައިތަމަށަ ކިހިނެއް މާަމަގެ ފައްޓަރުބައި ދެވޭނީ؟ މާމަ ދީފަ އޮތީތަ ހައިތަމަށް؟

  146
  6
  • ޣަނި

   ނަސީބެންނު މާމަ ގެންގުޅުނު ހުނިގޮނޑި ނޫންކަން.

   41
 2. ޞާރި

  މާމ މަގެ ފައްޓަރުބައި ކަޓްވާލީ ދޯ... ކޮބާ ވާރިސުން ތ؟

  140
  3
 3. ޢާދިލާ

  ތިކަން ކުރިން އެގުނުނަމަ މަވެސް ރަންކިޔާނި މަގޭފިރިމީހާގެ މާމަ އެރި އުއްޖެހި މަރަވަޅިޔަށް އެމަރަވަޅި އަގުމަގު ކޮށްލީމަ މޮނަލިސާގެ ކުރެހުމާ އެއްއަގެއް ހުންނާނެހެން މަށަށް ހީވަނި،

  158
  5
 4. ޢަލީކޮއި

  އެހެންވީ މާ ޙަޔާތުގެ ބިންގާވެސް އެޅީ އާޚިރަތުގެ ހެވާއި ދަރު މައަށްވުރެ ދުނިޔޭގެ އެދު މަށްޓަކައި.

  120
  12
 5. ގދ ދަ

  ސުވާލަކީ ހަެިސަމް ގެ މާމަގެ ފަށްޓަރުބަެޮ އެއީ ހައިސަމްގެ މިލްކެއް ހެއްޔެވެ. މާމަ ނިޔާ ވެފައިވާނަމަ ވާރުތަެިން ލިބިފަެިވާ އެއްޗެއްތޯެއވެ. ނުންނަމަ ހައިސަމްގެ މިލްކުގައި ނެތް އެއްޗަކާށް ރަންކީދާނެހެެއްޔެވެ. ފެމިލީކޯޓުން މިކަން ކަށަވަރުކޮށްފަެިވާނެކަމަށް މިބެލީ

  116
  3
  • ސަމް ވަން

   ޥެދާންނުން ހައިތަމް އަކީކަމަށް ވާރިސަކީ

   57
   4
   • އެކަމަކުވާ

    ހައިތަމް އަކީ ހައިތަމްގެ މާމަ ނޫންބާ. ބޯހަލާކު.

    21
 6. މިއަދު

  ތިފައްޓަރުބައިހޯދަން ޢާއިލާއިން ކޯޓަށްދިޔައިމަ ހުންނާނީ ރާކަނިމަސްކެވިފަ ފައްޓަރުބައިވީ ޢާއިލާއަށް ގެއްލިފަނޫންބާ؟

  59
  3
 7. ސަކީނާ

  ލިޔުމުގެ ފަހު ޕެރެގްރާފް ކިޔާލީމަ ހިތަށް އަރަނީ ކޮންމެހެން މީހުންގެ ސަމާލުކަން ހޯދަން 6 ލައްކައަށް އަގު ނުކުރިޔަސް ވެދާނެއޭ.ތިޔަ ފައްޓަރު ބަޔަށް އެމަންޖެ ރަންކިޔާފިޔާ އޭނަޔާ އިންނަން ހައިތަމް ބޭނުންނަމަ ޖެހޭނީ އޭތިދޭން.ފެމެލީ ކޯޓުން އެއަށް އަގެއް ކިޔަން އެންގީމަ ފޯމުގަ ލިޔެވިދާނެ 10 ރުފިޔާވެސް.ރަނަކީ ދެމަފިރިން ވަކިވިޔަސް އަނބުރާ ދޭން ޖެހޭ އެއްޗެއް ނޫން.
  ވެދާނެ ދޯ ރާނިޔާވެސް ގާސިމްއާ އިނީ ގާސިމްގެ “ލޯތްބަށް” ރަން ކިޔައިގެން ކަމަށް.ދެން ކޯޓުން އެއަށް އަގެއް ކިޔައި ފޯމުގަ ޖަހަން ބުނުމުން 50 ހާސް ޖެހީކަމަށް

  59
  1
 8. ޙާމް

  ދެން ތީކީ މާކަ ބޮޑުކޮށްގެން ގޮތްގޮތަށް ފަތުރަން ޖެހޭކަމެއް ނޫން. އަންހެންކުއްޖާ ބޭނުން ވަރަކަށް ރަންކިޔޭނެ، އޭނާ އާއި އިންނަން ރަންއަހާ މީހާގެ ފުދުންތެެރިކަމާއި ޤާބިލުކަމަށް ބަލާފަ. ދީނީގޮތުންވެސް އެކަން އިންނަނީ އެހެން. ތަންކޮޅެއްވެސް ރަގަނޅު އެއްޗަކަށް ރަންކީމަ އާވެގެން އުޅެނީ މިރާއްޖޭގެ މީހުން.

  52
  6
 9. އަލިބެއްޔާ

  މިފަހަރު ތި ރަން ކީ މާމަ ފައްޓަރުބަޔަށް.. ދެން ފަހަރަކުން މާމަ އުނު އޮރިޔަން ނިވާ ކުރާ ކަޑިކި އަށް ރަން ނުކިޔައިފިއްޔާ ރަނގަޅު.. ފައްޓަރުބައި ދީގެންވެސް ކުރަން އުޅޭ ކަމެއް ބައެއް މީހުން ކުރޭ..

  45
  2
 10. ހީލަތްތެރިޔާ

  މާމަގެ ފައްޓަރުބައި މީނާ އަށް ކިހިނެއް ލިބުނީ. އެއްބަނޑު 3 ބެއިން ތިބޭ... ސުވާލަކީ މީނާގެ މަންމަ މީނާ ކުރީގައި ކައިވެނިކުރި މީހުންނަށް މި ފައްޓަރުބައި ނުދިނީ ކީއްވެހޭ..ހައިތަމްގެ 2 ދަރިންގެ މަންމަ އެހާ ނިކަމެތި ކޮށް އުޅޭ އިރު އޭނާ އަށް ނުދިނީ ކީއްވެހޭ....

  53
  3
 11. ސުވާލެއް

  ފޮޓޯއިން ފައްޓަރުބަޔެއް ފެންނާކަށްނެތްކަން ފާހަގަކުރެވޭ. އުނަގަނޑުގައި އަޅާ ފައްޓަރަކާއި އަތުގައިއަޅާ ރިހިއުޅަލެއް ފެންނަނީ. އެ ތަކެތި ހަދަން ބޭނުންކޮށްފައިވާ މައުދަނުގެ ކޮލިޓީ ޓެސްޓްކޮށް އެ ތަކެތީގެ އު މުރުބަލައިލެވޭނެ ގޮތްތައް މި ޒަ މާނުގައި ބައިވަރު. މި ހުރިހާ އެއްޗެއް ބެލު މަށްފަހު ނޫނީ އެތަކެތީގެ އަގަކީ މިތައް މިލިއަން ރުފިޔާއޭ ބުނެލު މަކީ މާ ހަ މަޖެހޭ ކަ މަކަށް ވެދާނެބާ؟

  36
  5
  • ޙަސަނުގެދަރި

   ތިބުނިހެން އޭގެ ތެރެއިން ފެންނަނީ ރިހި ފައްޓަރަކާ ރިހިއުޅަލެއް މިބައި މީހުނަށް މިއޮތީ ފައްޓަރު ބަޔާ ފައްޓަރު އޮޅިފަ ، ކީއްކުރާނީ ފައްޓަރަކީ އުނަގަނޑުގަ އަޅާ އެއްޗެއް ، ފައްޓަރު ބަޔަކީ ކަރުގަ އަޅާ އެއްޗެއް

   23
 12. އަމީ

  ހުސް ޑްރާމާ.

  38
  1
 13. ޖަމަލު ފޮޑި

  ހައިތަމަކަށް ނުދެވޭނެ މާމަގެ އެއްޗެއް ހައިތަމުގެ ކައިވެނީގެ ރަނަކަށް.. ކައިވެނީގެ ރަނަކީ އަމިއްލަ މިލްކު އެއްޗަކަށް ވާނއ ޖެހޭނެ...

  43
  2
 14. ޒިމްޒިމް

  ފައިސާ އަކަށް ނޫނޯ ރަންކީ... މުދަލަށް ރަންކީ.. ހުކުރުމިސްކިތު މުންނާރަށް ރަންނުކީކަން ތީ ހައިތަމްގެ ނަސީބު..

  51
  1
 15. ޖަމަލު ފޮޑި

  ހައިތަމަކަށް ނުދެވޭނެ މާމަގެ އެއްޗެއް ހައިތަމުގެ ކައިވެނީގެ ރަނަކަށް.. ކައިވެނީގެ ރަނަކީ އަމިއްލަ މިލްކު އެއްޗަކަށް ވާންޖެހޭނެ...

  38
  3
 16. Anonymous

  ލީވް ދެމް އެލޯން ޕލސ

  13
  11
 17. ކަންތަޕޫރަމް

  އޭރުވެސް މަހިތަށްއެރީމޭ ކިތަންމެ ލާރިއެއް އޮތަސް މިދިވެހިރާއްޖޭގަ ހަލައްކަ ދޭނެވަރުގެ އަންހެނެއް ހުންނާނެބާއޭ އެހާވެސް ކިޔަމަންތެރި ވަފާތެރި އަންހެނުންވިއްޔާ ތިބީ... މިބުނީ ފިރިހެނުންވެސް ވަކިރަނގަޅެކޭ ނޫން....

  44
  4
 18. އަހަރެން

  އެހެންވީމާ ރަން ކިއިފައި ތިއޮތީ ފައްޓަރު ބަަކަށްނޫނެވެ. ހަަމަ ފައިސާއަށެވެ. އެވެސް ވަކި ފައްޓަރުބައިގެ އަގެއްވެސް ނޫނެވެ. ހަމަ އެމަންޖެ ކިޔަން ބޭނުންވި ވަރު ކީއެވެ. ބޮޑުކޮށް ރަން ކިއުމަކުން މައްސަލައެއް ނެތެވެ. އެކަމަކު މަތިޖެހުން އެއީ ރަނގަޅު ގޮތެއް ނޫންތާއެވެ.

  31
  1
 19. ފާތުމަ.

  ޓި ދެން ތިހާ އަގުހުރި އެޗަކައް ވަނީ ކޮންގޮތަކުން.ތީ ރަނެއްވެސްނޫން.މާމަ ކަނޑިކިވެސް 100 އަހަރު ވަންދެން ބާއްވައިފިއްޔާ އަގު ކުރޯޑަކަށް އަރާނެދޯ.

  31
 20. އަމައްޔާއި!

  މި ދެން ކާކުތަ؟ މަޖްލިސް އިންތިހާބާ ގުޅިގެން ބޭއްވި، ބަހުސްގަވެސް އަނގަ އޮޅި ބަސްހުއްޓިފަ ހުރި މީހެއްމީ! މީނަ ދެން 4 ވަނަ ފަހަރަށް ކައިވެނިވެސް މި ކުރީ! އޭނަ ގާތު އަހާބަލަ 2 ދަރިންނާ ލޯބިން ވާހަކަ ދެއްކީ އެންމެ ފަހުން ކޮން ދުވަހަކު ތޯ؟

  46
  1
  • ޒަވިޔަނި

   ހެޔޮތާ އަނގަހުޅުވަން ނޭނގުނަސް. ޜައްޔިތުން އެޔަށްވުރެ މޮޔައިއްޔާ ހޮވާނެނު.

 21. ފުން ލޯބި

  2 ހިތް ފައްޓަރު ލޯބި އެނގިއްޖެ!

  16
  • ކާފަ

   ދެހިތް ފައްތަރުވީ އޯ ދެހިތް ފައްތަރުވީ ކަލާ މާމަދިން ފައްޓަރުބައިންނޭ..

   12
 22. ސަލްމާ

  މާމަގެ ފަށްޓަރުބައޭ ކިޔާފަ ދައްކާފަ އޮތީ އެއްނަރުފައްޓަރެއް. އެއީ އުނަގަނޑުގަ އަޅާއެއްޗެއް. ފަށްޓަރުބައޭ ކިޔަނީ ކަރުގައަޅަން ޚާއްސަ ގޮތަކަށް ހަދާފައޮންނަ އެއްޗެއް. މިހިރަ ފެންނަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންނަށް އޮޅުވާލާގޮތް، ޗެލެންޖުކޮށްފަ މިބުނަނީ ތިޔަ އެއޗިއްސަކަށް ނާރާނެ 500 ރުފިޔާ ވެސް. އަހަރެންވެސް ގެންގުޅޭ އެއްޗެއްވީމާ އެގޭ.

  11
  1
 23. އައްޗީޑި

  ހާދަ ހުތުރޭ

  12
  5
 24. އަހުމަދު

  އަސަރެއް ކުރާނީ އެއޮތީ ކައިވެނިކޮށްފަ ދެން ފަނި ބޮއި ހީހާ ކަޑަބޮ ކަޑަބޮ

  4
  23
 25. ސައީދު

  ކއިވެނީގެ ރަން އަދާކުރަން ޖެހޭނީ އެމީހެއްގެ އަމިއްލަ މިލްކު އެއްޗަކުންކަން އެބޭފުޅާއަށްވެސް އެގިލައްވާނެ. އެވެސް މީހެއްގެ ހައްޤެއް އެކުލެވޭ ނަމަ ކާވެނީގެ ރަން ސައްޙައެއްނުވާނެ.

  12
 26. ކިސަޑު

  ދެން ކީއް އަަރުމެނަށް ވަރަގަދަ ކައުވެންޏެއްތާ މާދަމާ ވަރިވަން ކޯޓަށް

  13
 27. ކާފަ

  ދެހިތް ފައްތަރުވީ އޯ ދެހިތް ފައްތަރުވީ ކަލާ މާމަދިން ފައްޓަރުބައިންނޭ.

  11
 28. ށަރު

  ކޮންދޮގެއްހަދާކައްތިލާރިއަކީނަޖުގެލާރިތައް

  9
  1
 29. ފައްޔާޒު

  މަޖިލީހުގެ މެންބަރުންނައް ނުލިބޭނެ އެއްޗެއް ނޯނާނެ ހުރިހާ އެއްޗިސްސަކީވެސް ކެނެރީގެ ބުއްޅަބޭގެ ހަރުމުދާ.

  9
  3
 30. 👍

  މާޝާﷲ އޯކޭ. މިއައީ ބުނެލަން މީހުންނޭ އަމިއްލަ ލައިފު އައިގެން އުޅޭށޭ މާޝާﷲ އެންމެންގެ ލައިފް ވެސް ސަޅިޔޭ އަމިއްލަ ލައިފް ކޮންމެމީހެއްގެވެސް މާ އަގު ބޮޑު. މިތާ ޓައިމްވޭސްޓް ނުކުރާށެވެ

  9
  2
 31. ލާލާމޯ

  ހަލައްކަ ރުފިޔާ ނަގުދުދިނުން ބޮޑުމައްސަލައަކަށް ވުމުގެ ކުރިން ބޮލުގެ އެއްޗެއް ހަދާފަ މިއޮތީ. އިސްތިހާރުވާން ތީގަ 7 މިލިޔަންޖެހިނަމަ ސަޅިވީހެއްނު. މަގޭ މާމަގެ ބުރުޝިއަރު އަލަމާރީގަ އެބައޮތް. ޢަގުކުރަން ބްރެޒިލަށް ފޮނުވަންކާގޯއަކަށް ލާފައޮތީ. މީގެއަގު 3.5 މިލިޔަނަށް އަރާނެކަމަށް ބެލެވޭ. އަޅެ މިލިއަނުން ރަންކިޔަން ބޭނުންވާ އަންހެން ކުއްޖަކު ނިކަން މިކަމާ އުޅެބަލަ. މަމިހިރީ ކީރަންވެސް ދޭނެގޮތެއްނެތަތީ ހުސްހަށިބަޔަށް

  10
 32. ޛަސް

  ޙައްހައް ހައްހައް...ނަސީބެއްނު 100 އަހަރުވީ ކަނޑިއްކަކާއި ފޮށައެއް ނެއްކަން.. މަގޭ އަތުގަ އެބޮތް 100 އަހަރުވެފަ އޮތް ސޯޓް ބުރިއެއް..

  9
  1
 33. Anonymous

  އަގެެއްހުރި އެއްޗަކަށްވުމަކީ ކޮންމެހެން އޭގެއަގު ކަނޑައެޅިފައިވުމެއް ނޫން. ފެމެލީ ކޯޓުން ކޮންތާކު އޮތް އެއްޗެއްބާ މި މާނަކުރީ

  10
  1
 34. ލލ

  ނަފުސު ވިއްކާލަނީ !

  8
  1
 35. ﷲގެ އަޅާ

  މަ ރަންކީ 190ރ އަށް. 17 އަހަރު ވެއްޖެ އިނދެގެން . 4 ކުދިން ބޮޑުވެފަ. ފިރި މީހާ އަދިވެސް ގުޑް ނައިޓް ، ގުޑް މޯރނިންގ ، ލަވް ޔޫ މެސެޖް ފޮނުވާ. އިން ށޯޓް ،ވީ އާ ސްޓިލް އިން ލަވް .
  ތި ކުދިންވެސް ،އެޓްލީސްޓް ރަންކީ ލާރި ބަސްތާ ހުސްވަންދެން އެކުގަ އުޅެވޭތޯ ބަލާތި،ލޮލް. ވަރީގެ ރެކޯޑް އޮންނަނީ ރާއްޖެ އަތުގަ .

  22
  2
 36. ތުނޑުބެ

  ނުބެހޭކަށް ކަމެއްވެސް ނެތް ދޯ؟ ދެވޭނެ އެއްޗެއްސާ ނުދެވޭނެ އެއްޗެސް ނިންމަން ކަލޭމެން ތީ ދެން ކޮންބައެށް! މާމަގެ ދަށްގޮހޮރުދިނަސް ކަލޭމެނަށް ކޮން ކަމެއް! ޗުކުރާބޭގެ އަހަންމަދު ހުސް އުޅެނީ ނުބެހޭ ކަށް ކަމެއް ނޯންނާނެ.

  7
  9
 37. ސްޕައިޑާ

  އަނެއްކާ ތިޔަ އަގުހުރި އެއްޗިހި ރައްކާކޮށްފަ ބަހައްޓާގެން މިޔޮށް ހުރިހާދުވަހު ތީގެން ޒަކާތް ނެރުންބާ...

  21
  1
 38. މޯދި

  ކޮއްކޮމެން ތިބުނާ އަގު މާބޮޑުއެބަވޭ! ތިޔައީ ކޮއްކޮމެންނައް އާއެއްޗަކައް ވިއަސް އަހަރުމެންނަކައް ތިޔައީ ބާވެފައިތިބި އެއްޗެހި ނިކަން އައްޑޫ އާއި ފުވައްމޮލަކައް އަރާރަބަލަ ކޮއްކޮމެންގެ ބަރުދަނައްވެސް ތިބާވަތުގެތަކެތި ލިބޭނެ ތީގެއަގަކީ މިހާރު ފަސްހާސް ރުފިޔާއާއި ދެހަހާސްރުފިޔާ އެވެ. އޭގެ ތެރެއިން ފެންނަނީ ރިހި ފައްޓަރުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ބަޔެއް ތިޔައީ ބޯދާދުވަސް ވަރުގައި އަންހެނުންގެ އޮނަގަޑުގައި އަޅާއުޅޭ ގަތާފައޮއް އާދައިގެ ފަށެއް ތީގެވެސް އަގުބޮޑުވަނީ ގޮއްފައްޓަރު އެއީ އަދި ތަފާތު ގޮތަކައް ގަތާފަ އިންނާތީވެ.

 39. ސަމާ

  ހަހަ .. އެންމެފަހުން އާޙިރުގަ މި 6ލައްކަ ރފ ވެސް މިވީ ބާ ކީތާނު ދަމިލަ ފައްޓަރުބަޔަކަށް .. ހެހެހެހެހެހެ

  މަ އޭރުވެސް ހިތަށް އެރިޔޭ.. ކޮންތާކުންބާއޭ..މި ހައިތަމް 6ލައްކަ ރުފިޔާ ހޯދީ..

 40. ޒީރޯ ޑިގްރީ

  ކަނޑައެޅިގެން ކީރިތިޤްރްޢާން ގައި އަންހެނުންގެ މަކަރު ވެރިކަމުގެ ވާހަކަ ﷲ ތަޢާލާ ވަހީކުރަށްވާފައިވޭ ކިހާވަރަކުން ދާނެބާ މަވާސަލާމް.

 41. ލޮލް

  ސަޖަން ތަ؟ ހެހެހެހެ

 42. އާދަނުބެ

  މީގެން ދޭހަވަނީ އަލުގަނޑުމެންގެ ކާކަބަލުންނަކީ މިލިޔަނަރުންނޭ. މިޒަމާނުގައި އެކަކުވެސް އެހާ އަގުބޮޑު ގަހަނާ އަޅާކަށް ނުލިބޭ. އެހެންވީމާ އަހަރެމެން މިދަނީ ފަހަތައް ތާ؟ އޭރު އެކަނބަލުންގެ ފައްޓަރަކާއި ތަނޑިއެއްވެސް މިޒަމާނުގެ އަގުން މިލިޔަނުން މަތީގައި. ވަޓް އަ ރިޗް ލައިފް، ބެކް ދެން

 43. މޫސާ ރަޝީދު

  ރަން ސައްޙައެއް ނުވާނެ. އެހެން މީހެއްގެ އައިނީ އެއްޗަކަށް ރަނެއް ނުކިޔޭނެދޯ.

 44. ނަޖްވާ

  ދެން އަޅެ އަހަރުމެންނަކާ ކީކީއްތަ މީހަކު ކައިވެނި ރަންކިއްޔާ ނުކިއްޔާ އަޅެފަހެ! ކިޔާ މީހަކު ކިޔާ ވަރަކަށް ކިޔާފަ ހުރެދާނެ އެއްނު! ކޮބާތަ މައްސަލައަކީ؟