މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފައިވާ އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި މެގަން މާކަލްގެ ކައިވެނީގެ އުފަލުގައި، އިންޑިޔާގެ ޖަމިއްޔާއަކުން އެދެމަފިރިންނަށް މީގޮނެއް ހަދިޔާކޮށްފިއެވެ. މީގޮނު ހަދިޔާކޮށްފައިވީނަމަވެސް، މި ދެމަފިރިންނަށް ފޮނުވުމަށް ނިންމާފައިވަނީ މި ގެރީގެ ފޮޓޯއެކެވެ.

ޕީޕަލް ފޯރ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕެޓާ) ގެ ފަރާތުން މި ޖަނަވާރު ހަދިޔާކޮށްފައިވާއިރު، މީގޮނަށް ދީފައިވަނީ "މެރީ" ގެ ނަމެވެ. މި ނަމަކީ ހެރީ އާއި މެގަން އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއްކަމަށްވެސް، އެޖަމިއްޔާއިން ބުނެފައިވެއެވެ.

ޕެޓާގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު، މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި މީގޮނަކީ، ވަރަށް ހާލުގައި އޮއްވާ، އެފަރާތުން ސަލާމަތްކުރި އެއްޗެއްކަމަށެވެ. އެގޮތުން، މީގޮނު ސަލާމަތްކުރިއިރު، އެސޮރުގެ ކަރުގައި ބޮޑު ޒަޚަމެއް ހުރިކަމަށްވެސް ބުނެފައިވެއެވެ.

ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިތުރަށް ބުނެފައިވަނީ މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ޖަނަވާރަށް އިހާނެތިކޮށް ހެދުމާ ބެހޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، މިކަންކަން ހުއްޓުވުންކަމަށެވެ.

ގެރިއާއި މީގޮނަކީ އިންޑިޔާގައި ޚާއްޞަ މަޤާމެއް ދީފައިވާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައުންސެލަރު

    ގެރިއެއްނުދިންކަން ނަސީބު!

    • ައައްޑޫ.

      ????އަސްލުވެސް. ގެރިއެއް ނުދިންކަން

  2. ަސދ

    އިނގިރޭސިންނާއި އެމެރިކާ މީހުންނަކީ ބީފް ކެއުމަށް ދެވިހިފާފައި ތިބޭ ބައެއް. މިފަހަރު ހަދިޔާ ތިދެވުނީ ނުބައި ބަޔަކަށް.
    ތިޔަކަށް އަޅުކަމެއް ނުކުރާނެ. ހަމަ ކާލާނީ

  3. ނަސީމް

    ކާލާނެކަން އެނގޭތީ ގެރިނުދިނީ