ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕޫތު ޖޫން މަހު ދަން ޖެހިގެން މަރުވުމާ ގުޅިގެން ބޮލީވުޑްގައި ހިނގާ ނުރަނގަޅު އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ. އަދި ސުޝާންތު ފެނުނީ ދަން ޖެހިފައި ހުއްޓާ ކަމަށްވިޔަސް، ބަޔަކު މީހުން އޭނާ ދަންޖެއްސީތޯ ނޫންތޯ ވަނީ ސުވާލު އުފެދިފައެވެ.

ސުޝާންތު މަރުވުމުގެ ކުރިން ޑިޕްރެޝަން އަށް ބޭސް ކުރަމުން އައި ކަން ރިޕޯޓްތަކުން އެނގޭ އިރު، ސުޝާންތުގެ މަރަކީ ދަން ޖެހިގެން މަރުވުމުގެ މައްސަލައެއް ކަމާމެދު އާއިލާ އާއި މީޑިއާއިން ސުވާލު އުފައްދައެވެ.

މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަދީ އަށެެވެ. ރިއާ އާއި ސުޝާންތު އާއި މައްސަލަ ޖެހިގެން އުޅުނުކަން ދޭހަވާ ކަންތައްތަކެއް އެ ދެމީހުންގެ ގާތް މީހުންގެ ފަރާތުން ވަނީ ފެންމަތިވެފައެވެ.

އަދި އެ ދެ މީހުން އެންމެ ފަހުން ބައްދަލުވި ތާރީޚު ރިއާ އޮޅުވާލާކަމަށް ވެސް ތުހުމަތުކުރެއެވެ.

އެންމެ ފަހުން ސުޝާންތުއާ ދިމާވި ދުވަހަކީ ޖޫން މަހުގެ އަށް ވަނަ ދުވަސް ކަމަށް ރިއާ ބުނެފައިވީ ނަމަވެސް ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ އެެ ދެ މީހުން އެކުގައި ފެނިފައިވާ މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.

މީގެ އިތުރުން ރިޕަބްލިކް ޓީވީ ރިޕޯޓެއްގައި ވިވެކް އާނަންދު ގުޕްތާ ބުނެފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު ރޭ ބޭއްވި ބޮޑު ޕާޓީއަކަށް ޝުޝާންތު އާއި ރިއާ ގޮސްފައިވާ ކަމަށެވެ.

އެ މަންޒަރު ފެނުނު މީހަކު މެންދަމު ވަގުތެއްގައި ސުޝާންތު ރިއާ ގެއަށް ގެންގޮސްދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ އޭގެ އަނެއް ދުވަހުގެ ހެނދުނުއެވެ.

އެ މަންޒަރު ދުށް މީހާގެ ނަން އޭނާ ހާމަކުރާނީ ހަމައެެކަނި ސީބީއަައިއަށް ކަމަށާއި އެ މައުލޫމާތު މުމްބާއީ ފުލުހުންނާ ހިއްސާ ނުކުރާނެކަމަށް ވެސް ވިވެކް ބުންޏެވެ.

މިހާރު ސީބީއައިއިން ވަނީ މި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ފަށާފައެވެ.

އެ މީހާ އަށް ރިއާ އާއި ސުޝާންތު އާއި އެކުގައި ފެނުނުކަން ކަށަވަރުކޮށް ނުދެވުމުން ސީބީއައިން ވަނީ އޭނާ އަށް އިންޒާރުދީފައެވެ.

އަދި މިހާރު ރިއާ ވަނީ އޭނާ އާއި ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

ރިއާގެ މި ނިންމުމާ އެކު ބޮލީވުޑްގެ ތަރި ރިތޭޝް ދޭޝްމުކް ވަނީ ރިޔާ އަށް ތާއީދުކޮށް އޭނާގެ ދިފާއުގައި ނުކުމެފައެވެ.

ރިތޭޝް ބުނީ ހަގީގަތަށް ވުރެ ބޮޑު، ބާރުގަދަ އެއްޗެއް ނެތް ކަމަށެެވެ.

ރިއާގެ ދިފާއުގައި ފާޅުގައި ރިތޭޝް ނުކުތް އިރު ރިއާގެ ދިފާއުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ނުުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު