ޔޫޓިއުބަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު ކާތެކެތީގެ އާ ވަތްތައްރުތައް ތައްޔާރު ކުރާނެ ގޮތާއި މޭކްއަޕްއާއި އާޓު ފަދަ ތަކެތި ދަސްކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. ގިނަ ބަޔަކު އެފަދަ ކަންކަމަށް ޔޫޓިއުބް ބޭނުން ކުރަމުން އަންނައިރު، އިންޑިއާގެ މީހަކު ބޭންކު ފަޅާނެ ގޮތެއް ޔޫޓިއުބް މެދުވެރިކޮށް ދަސްކޮށްގެން ދެ ބޭންކެއް ފަޅާލައިފިއެވެ.

އުމުރުން 25 އަހަރުގެ ސޯމްޔަރަންޖަން ޖެނާ އެ ބޭންކުތައް ފަޅާލާފައިވަނީ އޭނާ މީގެ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައެވެ. އެގޮތުން އޭނާ ވަނީ 19 ލައްކަ ރުޕީސްގެ ލޯނެއް ބޭންކު މެދުވެރިކޮށް ނަގާފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދެ ބޭންކެއް ފަޅާލައިގެން އޭނާ ވަނީ 12 ލައްކަ ރުޕީސް ވަގަށް ނަގާފައެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އޭނާ އަކީ އޮޑިޝާ އަވަށުގައި ހެދުން ފިހާރައެއް ހިންގަމުން އަންނަ މީހެކެވެ. އަދި ކޮވިޑް-19ގެ ކުރިން އޭނާ އަށް މަހެއްގެ މައްޗަށް 9 ލައްކަ ރުޕީސް އާމްދަނީއެއްގެ ގޮތުގައި ލިބެއެވެ. އޭނާ ބޭންކު ފަޅާފައިވަނީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރި ދަށްވުމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"އޭނާއަށް ބޭންކު ފަޅަން ހިޔާލު ލިބިފައިވަނީ ޔޫޓިއުބުން. އެހެން ކަމުން އޭނާ ވަނީ ޔޫޓިއުބް މެދުވެރިކޮށް އެކަން ދަސްކޮށްފައި" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ، ކުޅޭ ބަޑިއެއް ބޭނުން ކޮށްގެން އޭނާ ފަޅާލާފައިވަނީ އިންޑިއަން އޯވަސީސް ބޭންކާއި ބޭންކް އޮފް އިންޑިއާ ކަމަށެވެ.

"ދެ ބޭންކު ފެޅުމަށް އޭނާ ބޭނުން ކޮށްފައިވަނީ ކުޅޭ ބަޑިއެއް. ބޭންކުތައް ފަޅާފައިވަނީ ދެ ދުވަހުގެ ތެރޭގައި" ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރު ކުރުމުގެ ކުރިން ނަގާފައިވާ ލޯނުގެ ކޮންމެވެސް ވަރެއް ދައްކާފައިވާ ކަމަށާއި ހައްޔަރު ކުރުމަށްފަހު ފުލުހުންނަށް ހޯދިފައިވަނީ 10 ލައްކަ ރުޕީސް އާއި އޭނާ ގެންގުޅުނު ކުޅޭ ބަޑީގެ އިތުރުން ވެހިކަލެއް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭންކޭ

    ސަޅި ރާޖޭގެ ބޭންކު ތައް ވެސް ފަޅާލަންވީ

    5
    7
    • ދާރި

      މިހުރީ އަހަރެމެންގެ ޖާހިލުކަން ހުރިވަރު. ކިޔޭނުކިޔޭ ނޭގި ވާނުވާގައި.