ލަވައެއްގައި ހިމެނޭ ވީޑިއޯއެއްގެ ސަބަބުން ބޮޑު މަޝްހޫރުކަމެއް ލިބުނު ޕްރިޔާ ޕްރަކާޝް ވާރިއާއާއެކު ފެނިގެން ދިޔަ ރޯޝަން އަބްދުއް ރަހޫފް ބޭނުންވަނީ ޝާހްރުކް ޚާންއާއެކު ކާން ދާންކަމަށް އޭނާ ބުނެފިއެވެ.

މި އަހަރު ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ މަލިޔަލަމް ފިިލްމްކަމަށްވާ އޮރޫ އަދަރް ލަވް އިން ފެނިގެންދާ ރޯޝަންއަށްވެސް މިހާރު ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އެތައް ބަޔަކު މި މީހުންނާއި ގުޅޭ ވާހަކަަތައް ދަނީ ދައްކަމުންނެވެ.

ރޯޝަން ބުނީ، އޭނާގެ އިންސްޕިރޭޝަންއަކީ ޝާހް ރުކް ކަމަށެވެ.

"ޝާހް ރުކް ޚާން އާކީ އަހަރެންގެ އިންސްޕިރޭޝަން. އަހަންނަނީ އޭނާގެ ވަރަށް ބޮޑު ފޭނެއް. އޭނާގެ ހުރިހާ ފިލްމެއްހެން އަހަރެން ބަލަން. އެ ހުރިހާ ފިލްމެއްގެ ތެރެއިންވެސް އަހަންނަ އެންމެ ރީތީ ދިލްވާލެ ދުލާނީއާ ލެ ޖާއިންގޭ (1995). އަހަންނަ އެ ފިލްމް ބެލުނު އަަދަދެއްވެސް ނޭގެ. އަހަރެން ބޭނުންވަނީ ޝާހް ރުކް އާއި ބައްދަލުކުރަން. އަދި އޭނާއެކީގައި ކާންދާން". ރޯޝަން އާ ހަވާލާދީ ނޫސްތައް ބުނެއެވެ.

ރޯޝަން ބުނީ އިތުރު ފިލްމަކުން އޭނާއަށް ފުރުސަތު ލިބުމުން ކުޅޭނެ ކަމަށެވެ. އަދި ބޮޑަށް ބޭނުންވަނީ ފިލްމްތަކުގެ ރޮމޭންޓިކް ބައި ކުޅެންކަމަށްވެސް އޭނާ ބުންޏެވެ.

https://www.instagram.com/p/BfAHUkth5xn/?utm_source=ig_embed&utm_campaign=embed_ufi_test

އަދި އިތުރަށް އޭނާ ބުނިގޮތުގައި، އެ ވީޑިޔޯ މީސްމީޑިޔާގައި ދައުރުވުމާއެކު އެތައް ބަޔަކު އޭނާއަށް މެސެޖް ކުރަމުންދާކަމަށެވެ. އަދި ފޯން ވައިބްރޭޓްވުން ހުއްޓާނުލާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު