މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކަކީ ބޮލީވުޑުގެ ބޮޑު ސަޕޯޓަރެކެވެ. ބޮލީވުޑުގެ ފިލުމުތަކާއި ލަވަތަކާއި އިންޑިޔާ ކާނާއަކީ ޒޭންއަށް ވަރަށް ކަމުދާ އެއްޗެއްސެވެ.

ޝާހުރުކް ޚާނާއިމެދު ދެކޭގޮތާއި ބެހޭގޮތުން އެލީ އިންޑީޔާއިން ކުރި ސުވާލަކަށް ޖަވާބުދެމުން ޒޭން ބުނެފައިވަނީ ޝާހުރުކް ޚާނާއި ދިމާވުމުގެ ކުރިން އޭނާއަކީ ޝާހުގެ ސަޕޯޓަރެއް ނޫންކަމަށެވެ. ޝާހުގެ ފިލުމުތަކުން ދައްކުވައިދީފައިވަނީ އޭނާއަކީ ވަރަށް ރުންކުރު މީހެއްގެ ގޮތުގައެވެ. އެހެންކަމުން ޝާހުއަކީ ރުންކުރު މީހެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށާއި ނަމަވެސް ޝާހުއާއި ދިމާވުމުން ފެނިގެން ދިޔައީ މުޅިން ތަފާތު މީހެއްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޒޭންއަށް އެެންމެ ކަމުދާ ބޮލީވުޑުގެ ފިލުމަކީ ''ކަބީ ކުޝީ ކަބީ ގަމް''އެވެ. އޭނާ ކުޑައިރު އެންމެ ގިނައިން ބެލި ފިލުމަކީ ވެސް އެއީ ކަމަށް ފާހަގަކޮށްފައިވެއެވެ.

ބޮލީވުޑުގެ ލަވަތަކަކީ ޒޭން ވަރަށް ލޯބިކުރާ ލަވަތަކެކެވެ. އޭނާއަށް އެންމެ ކަމުދާ ލަވަތަކުގެ ތެރޭގައި ހިމެނޭ އެއް ލަވައަކީ ކެއިލާސް ކެއިރުގެ ''ތޭރީ ދީވާނީ''އެވެ. އަދި މީގެ އިތުރުން ޝާހުރުކް ޚާންގެ ''ދިލް ސޭ''ގެ ''ޗައްޔާ ޗައްޔާ'' ލަވައަކީ ވެސް އޭނާއަށް ވަރަށް ކަމުދާ ލަވައެއް ކަމަށް ވަނީ ބުނެފައެވެ.

ޒޭން އޭނާގެ ލޯބިވެރިޔާ ގިގީ ހަދީދު ލައްވާ ފިލުމު ''ދޭވްދާސް'' ވެސް ވަނީ ބަލުވާފައެވެ. އިންޑިޔަން ސަމޯސާ މީރު ޒޭން ބޭނުންވަނީ އޭނާގެ ލޯބިވެރިޔާއަށް ވެސް އިންޑިޔާގެ ތަފާތު ކާނާތައް ކާންދޭށެވެ.

ޒޭން ވަނީ އޭނާގެ ލޯބިވެރިޔާ އިންޑިޔާ ކާނާ ކައްކާދީފައެވެ. ނާންއާއި ބަޓަރ ޗިކަން ތައްޔާރުކޮށް ކިއުކަމްބާ، ފިޔާ އަދި ޔޯގަޓް ބޭނުންކޮށްގެން ރެއިޓާ ނަމަކަށް ކިޔާ ސެލެޑެއް ވެސް ވަނީ ތައްޔާރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ދީނާނާ

  ރެއިތާ ކާހިތްވެއްޖެ.. ބިރިޔާނީ އާ ރައިތާ އާ ހަމަ އާދަޔާ ހިލާފަށް މީރު.

  ޖިން އެންޑް ޓޮނިކް ކަހަލަ ފައްކާ ކޮމްބިނޭޝަން އެއް އެއީވެސް.

  ހަގީގަތުގަވެސް ހަމަ އިންޑިޔާ ތަފާތު، ދިވެހިންނާއި އިންޑިޔާގެ ގުޅުން އަބަދުވެސް ވަރުގަދަކޮށް ބާއްވަން ފެނޭ.. އަހަރެމެނަށް ކަމުނުދަނީ މޯދީ... މޯދީގެ ބުދު ދީނުގެ ސިޔާސަތު.

  އިންޑިޔާ އިން. މޯދީ އައުޓް.

  5
  3