ކޮވިޑް-19ގެ ސަބަބުން ފަރުވާ މެދުކެނޑުމާއި ގުޅިގެން ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އަންހެނަކު މަރުވެއްޖެއެވެ.

ހަ އަހަރުގެ ފިރިހެން ކުއްޖަކު ބަލާ ބޮޑު ކުރަމުން އައި އުމުރުން 31 އަހަރުގެ ކެލީ ސްމިތް އަކީ ފުދުންތެރިކަން ހުރެގެން ދިރިއުޅެމުން އައި އަންހެނެކެވެ. އޭނާއަކީ ކޮވިޑް-19 ދުނިޔެއިން ފެނުމުގެ ކުރިން ގަވައިދުން ކީމޯތެރަޕީ ހައްދަމުން އައި މީހެކެވެ.

ކެލީ އަށް ފަރުވާ ދެމުން އައި ޑޮކްޓަރު މާޗް މަހުގެ ތެރޭގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އޭނާގެ ފަރުވާ 3 މަހަށް މެދުކަނޑާލަން ޖެހޭ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ފަރުވާ މެދުކެނޑުމާއި އެކީ އޭނާ މަރުވެފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް(އެންއެޗްއެސް) އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ގިނަ ބައެއްގެ ފަރުވާ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ހިމެނޭ 1000 މީހުންގެ ތެރެއިން ކެލީ އަކީ އެކަކެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެންއެޗްއެސް އިން ފަރުވާ މެދުކަނޑާލާފައިވަނީ ކޮވިޑް-19 ޖެހިގެން ގެންނަ ފަރާތްތަކަށް ފަރުވާ ދިނުމުގެ ގޮތުން އެނދުތަކާއި އެއްޗެއްހި ހުސްކުރުމުގެ ގޮތުންނެވެ.

މިފަދަ ގޮތަކަށް އެންއެޗްއެސްއިން އަމަލު ކޮށްފައިވާތީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ އާއިލާތަކުން އެކަމާއި ނުހުރުން ފާޅުކޮށް އެއީވެސް ފަރުވާ ނުދެވިއްޖެނަމަ، ގެއްލިގެން ދާނެ ފުރާނަތަކެއް ކަމަށް ބުނެފައެވެ.

އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހެލްތް ދާއިރާގައި އިސްކޮށް ހުންނަވާ ފަރާތްތަކާއިވެސް މަޝްވަރާ ކޮށްފައެވެ.

https://www.dailymail.co.uk/news/article-8848991/Dead-31-chemo-paused-Covid-Cancer-sufferers-fighting-lives.html