ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެއުންތަކުގައި ވިޓަމިންސް އާއި މިނަރަލްސް އާއި ޕްރޮޓީންސް ފަދަ ނިއުޓްރިއަންޓްސް އެކަށީގެންވާ މިންވަރަށް ހިމެނެންވާނެއެވެ.

މިފަަދަ ނިއުޓްރިއަންޓްސްގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރުން ހިތުގެ ބަލިތަކުން ވެސް ދުރުހެލިކޮށްދެއެވެ. ލޭމައްޗަށް ދިޔުމާއި ހަކުރު ބައްޔާއި އާދަޔާ ޚިލާފަށް ފަލަވުން ފަދަ ބަލިތައް ވެސް މެއެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންވީ ބާވަތްތައް:

އޮލިވްސް

މީގައި ހިމެނޭ ވިޓަމިންސް އޭ އާއި އީގެ ސަބަބުން ހަށިގަނޑު ތާޒާކޮށްދީ، ހަމުގެ ކުލަ އަލިކޮށްދީ އިރުގެ އަލިން ރައްކާތެރިކޮށްދެއެވެ. މޮނޮސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.

ކިއުކަމްބާ

މީގައި ގިނަ އަދަދަކަށް ފެނުގައި ބައި ހިމެނުމުގެ ސަބަބުން ހަށިގަނޑަށް ފެން ލިއްބައިދެއެވެ. އަދި މިއީ ކެލޮރީސް މަދު ބާވަތެއްކަމުން ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދެއެެވެ.

އެވަކާޑޯ

މީގައި ހިމެނޭ ވިޓަމިންސީގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ. ސެލަޑަށް އަޅައިގެން ނުވަތަ ހެނދުނުގެ ނާސްތާއަށް ވެސް މިއީ ވަރަށް ރަނގަޅު ބާވަތެކެެވެ.

ގުރީކް ޔޯގަޓް

މީގައި ހިމެނޭ ޕްރޮޓީން އާއި ކެލްސިއަމްގެ ސަބަބުން ހަޖަމުކުރުމަށް ފަސޭހަވެ، ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދީ ހަށިގަނޑުގައި ބާރުޖައްސައިދެއެެވެ.

ޗިއަ ސީޑްސް

މީގައި ހިމެނޭ ފެޓީ އެސިޑްސް އާއި ފައިބަގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ޗިއަ ސީޑްސް ޔޯގަޓާއި އެއްކޮށް ނުވަތަ ސެލަޑަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.

މި ބާވަތްތަކުގެ އިތުރުން ވެސް އިނގުރާއި ކަރާ އާއި ދަނޑި އަލުވި އާއި ފަތްޕިލާވެއްޔަކީ ވެސް ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު