ވަޒީފާއެއް ދޭނެކަމަށް ބުނެ ގެންދިޔަ 16 އަހަރުގެ އަންހެން ކުއްޖަކު މުސާރަ ކޮބައިތޯ އެހުމުން މަރާލުމަށްފަހު އޭނާގެ ހަށިގަަނޑު ތިން ބުރިއަށް ކޮށާލައިފިއެވެ.

އިންޑިއާގެ ޖަރްޚާންދް އަވަށުން އެ ކުއްޖާ ދިއްލީއަށް ގެންދިޔައީ ރަނގަޅު މުސާރައެއްގައި ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށް ބުނެއެވެ. އެ ކުއްޖާއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

އެ ކުއްޖާ މަރާލުމަށްފަހު ކޮށާލާފައި އެއްލާލާފައި ވަނީ މަގުމަތީގައި ހުންނަ ފެންހިންދާ ނިޒާމުގެ ތެރެއަށެވެ. މެއި މަހުގެ ތިން ވަނަ ދުވަހު މި ކުއްޖާ މަރާލިއިރު، އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އެއް ދުވަސް ފަހުންނެވެ.

އެ ކުއްޖާ މަރާލުމަށްފަހު އެ މީހާ ވަނީ ފިލާފައެވެ. އެ ހިސާބުގަނޑުގެ ސީސީޓީވީ ފޫޓޭޖުތައް ބަލައި އެއީ ކާކުކަން ފުލުހުން ވަނީ ހޯދާފައެެވެ. އަދި އޭނާއަށް ފާރަލަމުން ގޮސް މި މަހުގެ 17 ވަނަ ދުވަހު އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ހިފާފައިވާ އެޕާޓްމެންޓުންނެވެ.

އެ މީހާ ވަނީ އޭނާ ކުރި ކުށަށް އެއްބަސްވެފައެވެ. އަދި އެކަމުގައި އިތުރު ތިން މީހެއްގެ އެހީތެރިކަން ހޯދިކަންވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ފުލުހުން ބުނިގޮތުގައި، އެ އަންހެން ކުއްޖާ ގެނެސް މީހުންގެ ގޭގައި މަސައްކަތް ކުރުވިނަމަވެސް، އެއްވެސް މުސާރައެއް އެ ކުއްޖާއަށް ދީފައެއް ނުވެއެވެ. އެ ކުއްޖާއަށް ލިބޭ މުސާރަ ނަގަނީ މި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިޝާ?

    ތިއެއްނުން މީހާރު ކަމަކީ ?

  2. ބޮޑު ދެލޯ

    މިކަހަލަ ވާހަކަ ލިޔަނީ މިކަންކަމަށް ދިވެހިން
    މޯޓިވޭޓް ކުރަން ދޯ!؟

  3. މުސްލިމް

    އަސްތަޤްފިރްﷲ.. މާތްﷲ ތިމީހުނަށް ތީގެ ހިތި ދައްކަވާނެ