އޭލިއަން އޭ ބުނުމުން ވަރަށް ގިނަ މީހުން އެއާ ބެހޭ ވާހަކަތައް އަޑުއަހާ ހިތްވާނެއެވެ. އޭލިއަން ކަމަށް ބެލެވޭ އާދަޔާ ޚިލާފު އެއްޗެހީގެ ވީޑިއޯތަކާއި ފޮޓޯތައް އިންޓަނެޓުގައި ހުންނައިރު ހަމަ ލޮލުން މިފަދަ އެއްޗެއް ބަލާލަން ބޭނުންވާ މީހުން ގިނައެވެ.

އިންޑިއާގެ އުތްރަޕްރަދޭޝްގެ ބައްތާ ޕާސުއަލް އަވަށުން އޭލިއަން އެއް ކަމަށް ބުނާ އެއްޗެއް ފެނުނު ކަމުގެ ހަބަރު ފެތުރުމާ އެކުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނެވެ.

މަޝްހޫރު އަޔަން މެން ސޫޓުގެ ބައްޓަމަށް ހުރި މި އޭލިއަން އަކީ އަސްލު ހަގީގަތުގައި އޭލިއަނެއް ނޫންކަމަށް އެނގުނީ އެއާ ކައިރިވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނީ އޭލިއަން އެއް ކަމަށް ހީކުރެވުނީ އަޔަން މެން ސޫޓުގެ ބައްޓަމަށް ހުރި ފުއްޕާހަމަކަށް ކަމަށާއި ފުއްޕާހަމުގެ ވައި މަދުވާން ފެށުމުން އޭތި ތިރިވާން ފެށުމުން އެ ސަރަހައްދަށް ގޮސް ނަގާފައިވާ ކަމަށެވެ. ވައި ހުސްވެ ފުއްޕާހަން ތިރިއަށް އައި އިރު ކުޅި ބަލަން އެތައް ބަޔަކު އެ ސަރަހައްދަ ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭލިއަން އެއް ކަމަށް ބެލެވުނު މި ފުއްޕާހަމުގެ ފޮޓޯ ފުލުހުން ހިއްސާ ކުރިއިރު، އޭގެ ބޮޑުމިނުގައި އާދައިގެ އިންސާނެއްގެ އިސްކޮޅު ހުރެއެވެ. ފުލުހުން ބުނީ ފުއްޕާހަމުގައި ގެއްލުންވާ އެއްވެސް އެއްޗެއް ނެތް ކަމަށާއި ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލި ފަރާތެއް ހޯދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކަސޯޓީ

  އިންޑިޔާގަ ގިނަވާނީ ސައިކޯ މީހުން.

 2. ސަރުވައިޑު

  ހަހަހަހަހަހަ... ތިވާނީ މޯދީ ދެކިލަން އައި ފުއްޕާހަން އޭލިއަނަކަށް.

  2
  1
 3. ވަހީދު

  ގަޅިން ރާއްޖެ ހިފިދާނެކަމަށް ބަލައި އަދި އެބަ ލޯނު ދެއެއްނު.