އެމެރިކާގައި 2018 ވަނަ އަހަރު ކްރިސް ނަމަކަށް ކިޔާ މީހަކު އޭނާގެ އަނބިމީހާ ޝެނަން ވެޓް މަރާލި ގޮތުގެ ވާހަކަ ނެޓްފްލިކްސްގެ ސީރީޒްގައި ގެނެސްދީފައިވާ އިރު، ކްރިސް އެ މީހުން މަރާލި ގޮތް އެނގުމުން އެތަައް ބަޔަކު ތިބީ ހައިރާންވެފައެވެ.

އުމުރުން 35 އަހަރުގެ ކްރިސް އޭނާގެ ދެ ދަރިންނާއި އަނބިމީހާ މަރާލާފައިވާ އިރު އޭނާ ވަނީ އަނބިމީހާ މަރާލުމަށް ފަހު އެކަހެރި ތަނެއްގައި ހުރި ހުސް ބިމެއްގައި ވަޅުލާފައެވެ. އަދި އޭނާ ވަނީ އޭނާގެ ދެ ދަރިން މަރާލުމަށް ފަހު ތެޔޮ ޓޭންކަރަކަށް އަޅައިފައެވެ.

މި ރަހުމު ކުޑަ އަމަލު ނެޓްފްލިކްސް އިން ގެނެސްދިނީ "އެމެރިކަން މާޑާ: ދަ ފެމިލީ ނެކްސްޓް ޑޯ"ގެ ނަމުގައެވެ.

އެ ޑޮކިއުމެންޓްރީން ފެންނަ ފަދައިން ކްރިސް ވަނީ އެތައް ފަހަރަކު އަނބިމީހާ އާއި ދަރިން ވީ ތަނެއް ނޭނގޭކަމަށް ފުލުހުން ކައިރީގައި ބުނެފައެވެ.

އަދި މީޑިއާ އަށް އޭނާގެ ދަރިންނާއި އަނބިމީހާ ހޯދަ ދިނުމަށް އެދި އިންޓަވިއުވެސް ދީފައިވެއެވެ.

ކްރިސް އޭނާގެ ދެ ދަރިންނާއި އަނބިމީހާ މަރާލީ އޭނާގެ ލޯބިވެރިޔާ އާއެކު އުޅެން ބޭނުންވެގެން ކަމަށް ތުހުމަތު ކުރެވެއެވެ.

މިފަދަ ރަހުމު ކުޑަ އަމަލެއް ހިންގި މީހަކަށް މީހުން ނަފުރަތު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ކަންތައް ހިނަގނީ އެއާ ދިމާ އިދިކޮޅަށެވެ.

ކްރިސް ޖަލަށް ލުމުން އޭނާ ރީތި ވެގެން މީހުން ދަނީ އޭނާ އަށް ލޯބީގެ ސިޓީ ފޮނުވަމުންނެވެ.

އެ ސިޓީތަކަށް އޭނާ ޖަވާބުވެސް ދޭކަމަށް ޖަލު އޮފިޝަލަކާއި ހަވާލަދީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި ސިޓީތައް އޭނާ އަށް ލިބެން ފެށީ ނެޓްފްލިކްސް ސީރީޒް އާންމު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތުނިޔަ

  ރީތިވީމަ ނިމުނީ؟ ހިތެއްފިތެއްނެތަސް ހެޔޮދޯ؟

  35
 2. ހަސަދު

  އަންހެނުންގެ ވިސްނުންދޯ!!!

  31
  2
  • ނަ

   މަ ނުބަލަން. ޗި🖤. ރީއްޗަށް ބަލަމުން އަންހެނުން ބުދަކާ އެކުވެސް އުޅެފާނެ. ނޫނީ ކުރަހައިން ކުލަޖައްސައިގެންވެސް ހަހަ. ހަމަގައިމްވެސް ފިރިހެނުން ދެކުނިން މިހެން އުޅެނިކޮށް

 3. އަންނި

  ތިޔައް ވުރެ މަވެސް ރީތި.