މީގެ ދުވަސްކޮޅެއް ކުރިން ސަންޖޭ ލީލާގެ ފިލްމަކުން އަވަސް މުސްތަގުބަލެއްގައި ޝާހުރުކް ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެކަން ވާން ނެތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޝާހުރުކް އާއި ބަންސާލީއަކީ ގާތް ދެ އެކުވެރިން ކަމަށްވާއިރު އެދެމީހުން ވަނީ ފިލްމްގެ ކަންތަކުގައި އެތަށް ބައްދަލުވުންތަކެއް ބާއްވާފައެވެ. ނަމަވެސް އަދިވެސް ފިލްމެއް ކުޅުމަށް ޝާހުރުކް އެއްބަސްވާ ހިސާބަކަށް ނާދެއެވެ. ނަމަވެސް މިކަމާއި އެދެމީހުންގެ ގާތް އެކުވެރިކަމަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ރިޕޯޓްތަށް ބުނެއެވެ.

"ޝާހުރުކް ދެން ބަންސާލީގެ ފިލްމެއް ނުކުޅޭނެ. މިގޮތަށް އޭނާ ނިންމީ އެދެމީހުން އެކުގައި އެތަށް ބައްދަލުވުމެއް ބޭއްވުމަށްފަހު. މިއީ ވަރަށް އެކުވެރިކަމާއެކު ނިންމި ނިންމުމެއް" ޝާހުރުކް އާއި ގާތް މީހަކު މީޑިޔާގައި ބުންޏެވެ.

މައުލޫމާތު ފެތުރެފައިވާ ގޮތުގައި ސަންޖޭ ލީލާ އެތަށް ސްކްރިޕްޓެއް ދީގެން ޝާހުރުކް އަށް ކިރިޔާވެސް ކަމުގޮސްގެން ބަލާލާފައި ވަނީވެސް 2 ސްކްރިޕްޓެއް ކަމަށާއި، ނަމަވެސް އެ ދެ ސްކްރިޕްޓަށްވެސް އޭނާ ވަނީ ނޫނެކޭ ބުނެފައެވެ.

ރިޕޯޓަތަށް ބުނާގޮތުން ރަންވީރު ސިންގެ ކުރިން "ޕަތުމާވަތު"ގެ އަލައުދިން ޚިލްޖީގެ ރޯލް ކުޅެން ބަންސާލީ ވަނީ ޝާހުރުކް އަށް ހުށައަޅާފައެވެ. ނަމަވެސް ފިލްމް "އަނާންޑް" ގެ މަސައްކަތަށް ވަގުތުދޭން ކަމަށް ބުނެ ޝާހު އެ ހުށައެޅުންވެސް ގަބޫލް ނުކުރިއެވެ. އެ ފިލްމަށް ހުރަސްނޭޅޭނެހެން 2 ފިލްމް ވެސް ކުޅެވޭނެ މަގު ދެއްކުމުންވެސް ބަހަނާ ދައްކާ ޝާހުރުކް ވަނީ ބަންސާލީއަށް އެފަހަރުވެސް ނޫނެކޭ ބުނެފައެވެ.

ޝާހުރުކް މިހާރު އަވަދި ނެތި އުޅެނީ އޭނާ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރުމާއާއި އެކު ކުޅޭ "ޒީރޯ" ގެ މަސައްކަތުގައެވެ.