ދާދި ފަހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި އިންޑިއާގެ ތަރި ތަޕްސީ ޕަންނޫ ރާއްޖޭގައި އޭނާ ހާދަކުރި ދުވަސްތަކުގެ ރީތި ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައީ އާއިލާ މީހެއްގެ އިތުރުން ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ މަތިއަސް ބޮއެ ގޮވައިިގެންނެވެ. މިހާރު އޭނާ އެނބުރި ގައުމަށް ހޮސްފައިވާއިރު، ހެދި އޭނާގެ ކޮވިޑް-19 ޓެސްޓުވެސް ވަނީ ނައްސިވެފައެވެ. އެހެންކަމުން މިހާރު ދެން މަސައްކަތަށް ނުކުމެވޭނެއެވެ.

އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ނަގާފައިވާ ފޮޓޯއަކާއެކު، އޭނާގެ ކޮވިޑް-19 ޓެސްޓު ނައްސިވެފައިވާ ކަން ހާމަކޮށްފައެވެ.

https://www.instagram.com/p/CGeS6M8pRe6/?utm_source=ig_embed

ތާޖް އެގްޒޯޓިކާ ރިސޯޓުގައި ތަޕްސީ ޗުއްޓީ ހޭދަކުރިއިރު، އެ މީހުން ވަނީ މޫދުގެ އެކި ހަރަކާތްތަކުގައިވެސް އުޅެފައެެވެ. އެ ފޮޓޯތައްވެސް މީސް މީޑިއާގައި ދައުރު ވިއެވެ.

ތަޕްސީ މިހާރު އެ ހުރީ މަސައްކަތަށް ނުކުންނަށް ތައްޔާރުވެފައެވެ. އޭނާގެ ގިނަ ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. ޓަމިލްގެ ފިލްމެއް ކަމަށްވާ އަންނަބެލް އާއި ޝަބާޝް މިތޫ ހިމެނެއެވެ.

ކޮވިޑް-19 އާ ހެދި އިންޑިއާގެ ސިނަމާވަތައް އެތައް ދުވަހަކަށް ބަންދު ކުރުމަށްފަހު ވަނީ ހުޅުވާލާފައެވެ. އެ ގައުމުގައި ސިނަމާތައް އަލުން ހުޅުވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކުގައެވެ. އަދި މިހާރު ގިނަ ތަރިން ވަނީ ޝޫޓިންގ މަސައްކަތަށްވެސް ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު