''ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ''އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ހީނާ ޚާނަކީ ޓެލެވިޜަން އިންޑަސްޓްރީން އެތައް ކާމިޔާބެއް ހޯދުމަށްފަހު ފިލުމު އިންޑަސްޓްރީގައި އޭނާގެ ހުނަރު ދައްކައިލަމުން އަންނަ، އަލަށް އަރަމުންދާ ތަރިއެކެވެ.

ހީނާ ޚާނަކީ އަބަދުވެސް އޭނާ އަޅައިއުޅޭ ހެދުންތަކުން އެންމެން އަންތަރީސް ކުރުވާ ފަންނާނެކެވެ. ރީތި ހެދުންތަކުގައި ނަގާފައިވާ ފޮޓޯތަކުން އޭނާގެ އިންސްޓަގުރާމު އެކައުންޓް ވަނީ ފަރުމާ ކޮށްލާފައެވެ.

ބިގް ބޮސް 14ގައި ހަރަކާތްތެރިވަމުން އަންނަ ހީނާ ޚާން މި ފަހަރު އެންމެން އަންތަރީސްކޮށްލީ އޭނާ ލައިގެން ހުރި ސަލްވާރު ހެދުމުންނެވެ. މަޑުމަޑު ފިޔާތޮށި ކުލައިގެ މި ހެދުން ފަޅުފިލުވައިދީފައިވަނީ އޭގައިވާ ''ސަފްރޯން'' މާތަކުންނެވެ. ސްޓޮފާއާއި ރިތިކާގެ ގަހަނާއިން ޖަރީވެގެން މި ހެދުމުގައި ހީނާ ޚާން ވަރަށް ވެސް ޗާލެވެ.

ހީނާގެ މި ހެދުމުގެ އަގަކީ 16،000 ރުޕީސްއެވެ. މިއީ އާދައިގެ ލެޕްޓޮޕެއް ނުވަތަ ރަނގަޅު ފޯނެއް ގަނެލެވޭނެ އަގެވެ.

މި ހެދުމަކީ ޖެއިޕޫރުގެ މަޝްހޫރު ބުރޭންޑެއް ކަމުގައިވާ ޕިޗިކާ ބުރޭންޑުގެ ހެދުމެކެވެ. މި ހެދުން ފަރުމާ ކޮށްފައިވަނީ ސަޔާލީ ވިދިޔާ ނަމަކަށް ކިޔާ އިންޑިޔާގެ ޑިޒައިނަރެކެވެ.

ޕިިޗިކާ ބުރޭންޑުގެ ހެދުންތަކަކީ ބޮލީވުޑުގެ އެހެން ފަންނާނުންނަށް ވެސް ވަރަށް ކަމުދާ ބުރޭންޑެކެވެ. މި ބުރޭންޑުގެ ސާރީ ކަރީނާ ކަޕޫރު ޚާނާއި ސަމަންތާ އަކިނޭނީ ވެސް ވަނީ ބޭނުންކޮށްފައެެވެ.

ހީނާ ޚާން މި ހެދުން އަޅާފައިވަނީ ބިގް ބޮސް 14ގައި ''ބުލްޑޯޒާ ޓާސްކު''ތަކެއް ކުރިއަށް ދިޔައިރުއެވެ.

ކަސޯޓީ ޒިންދަކީ ކީ، ނާގިން 5 ފަދަ ސީރީސްތަކުން ހީނާގެ ހުނަރުވެރިކަން ވަނީ ދައްކާލައިފައެެވެ.

ކިޔުންތެރިންގެ ހިޔާލު