ފަޤީރުކަމުގެ ސަބަބުން، އެންމެ އަސާސީ ބޭނުންތަކުންވެސް މަހުރޫމުވެފައިވާ މީހުން ދުނިޔޭގައި ބައިވަރެވެ. އެކަންކަމުގެ ސަބަބުން ހީނުކުރާ އެތައް ކަމެއް ކުރަން ޖެހި، ހުވަފެނުގައި ނުދެކޭހާ ދަތީގައިވެސް އުޅެންޖެހިފައިވާ މީހުންވެސް ބައިވަރެވެ. މިއީވެސް އެފަދަ ޙާދިސާއެކެވެ.

އަވަށްޓެރި އިންޑިޔާގެ ޗަޓިސްގަރުގައި، އަންހެނަކަށްވަނީ، އޭނާގެ އަތުގައި ފައިސާ ނެތިގެން، މަރުވެފައިވާ ދަރިފުޅުވެސް އެހެން ބަޔަކަށް ހަދިޔާ ކުރަން ޖެހިފައެވެ. ފަޤީރުކަމާއި ނިކަމެތިކަމުގެ ސަބަބުން، ހަށިގަނޑު އެއް ތަނުން އަނެއް ތަނަށް ގެންދާނެ ޚަރަދު ކުރެވެން ނެތުމުން، މިކަން ކުރަން މަޖުބޫރުވިއިރު، ހަށިގަނޑު ހަދިޔާކޮށްފައިވަނީ މެޑިކަލް ކޮލެޖަކަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު، އެކްސިޑެންޓެއްގައި މަރުވި މި ޒުވާނާގެ ހަށިގަނޑު، އޭނާގެ މަންމަ ކޮލެޖަކަށް ހަދިޔާކުރީ، ހޮސްޕިޓަލުގެ އިސް ފަރާތެއްގެވެސް އެދުމުގެ މަތިންނެވެ.

އެމެޑިކަލް ކޮލެޖުގެ މޯޗަރީގެ އިސްވެރިޔާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އެއަންހެން މީހާ އުޅެމުންދިޔައީ ފަޤީރުކަން ގިންތިކުރާ ލައިން ނުވަތަ "ޕަވަޓީ ލައިން"ގެ ދަށުގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެންނަގޮތް

    މިކަންކަން މިހެން ހުރި އިރުވެސް އިންޑިޔާ އިން އުޅެނީ ރާއްޖޭގެ ކަންކަން ރަނގަޅު ނުވެގެން

  2. ބުންވަރު

    މިފަދަ ފަގީރު ނިކަނެތި ރައްޔިތުންގެ ހާލަތު ރަގަޅު ކުރިއްޔާ މާތާހިރުވާނެ ދިވެހިންނާ ނުބެހި އަހަރެމެންގެ ކަންތައްތައް އަހަރެމެންނަށް ދޫކޮށްލާ އަދި އަންނިވެސް އަހަރެމެންނާ ހަވާލުކުރޭ

    • ފަންވަރު

      އިންޑިޔާ އަކުން ނޫނޭ އަންނި ގެންގޮސްގެން އުޅެނީ. އަންނި ފޮނުވީ ޔާމިނު. އޏްނި ޖަލުގަ ހުންނަތަން ތި މީހުން ބަލަން ޖެހޭނީ ހުވަފެނުގަ