ކައިވެންޏަށް ފަހު އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގައި ދެމަފިރިއަކު "ނިވާކަން ކުޑަ"ކޮށް ނެގި ފޮޓޯ ޝޫޓަކަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަތައް އަމާޒުވެއްޖެއެވެ.

ރިޝީ ކާތިކެޔަން އާއި ލަކްޝްމީ އާއި ދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން އެ ދަމިފިރިންނަށް ވަނީ ރީތިކޮށް ފޮޓޯޝޫޓު ނަގާނެ ފުރުސަތެއް ނުލިބިފައެވެ. އެހެން ކަމުން އެ ދަމަފިރިން ނިންމީ ތަފާތު ގޮތަކަށް "މަޖާ" ކޮށްފައި ފޮޓޯޝޫޓެއް ނެގުމަށެވެ.

އެގޮތުން އެމީހުން ވަނީ ހުދު ކުލައިގެ ފޮތިގަނޑެއް ގައިގައި އޮޅައިގެން ފޮޓޯ ނަގަން ނިންމާފައެވެ. އެގޮތަށް ނެގި ކަމުގައި ވިއަސް ގިނަ ބަޔަކު ސިފަ ކޮށްފައިވަނީ އެއީ ނިވާކަން ކުޑަކޮށް ތިބެގެން ނެގި ފޮޓޯޝޫޓެއް ކަމަށެވެ.

އެމީހުން އެ ފޮޓޯޝޫޓޫ ޖައްސާފައިވަނީ ކެރެލާގައި ހުންނަ ސައިފަތް ދަނޑެއްގައެވެ.

އެ ފޮޓޯޝޫޓު ނިންމާލުމަށްފަހު އެމީހުން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތައް ފެނި ގިނަ ބަޔަކު ވަނީ ރުޅިވެރިކަންވެސް ފާޅު ކޮށްފައެވެ. އެގޮތުން ބައެއް މީހުން އެ އަންހެން މީހާއާއި ދިމާލަށް ބުނެފައިވަނީ ނިވާކަން ކުޑަ މަންޒަރުތައް މީހުންނަށް އެފަދަ މަންޒަރުތައް ދައްކާ މީހެއް ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެ ދެމަފިރިން ބުނެފައިވަނީ، އެ ފޮޓޯތަކުން އެއްވެސް ގޮތަކަށް އެމީހުންގެ ބަރަހަނާ ކަމެއް ނުފެންނާނެ ކަމަށާއި މީހުން ކިތަންމެ ވަރަކަށް އެގޮތަށް ވާހަކަ ދެއްކިއަސް އެކަމަކާއި ނުވިސްނާނެ ކަމަށެވެ.

އަދި އާއިލާއިން އެފަދަ ވާހަކައެއް ނުދައްކާއިރު އާންމުން އެފަދަ ވާހަކަތައް ދެއްކުން އެއީ އެމީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާެށެންސަރު

    ތިފޮޓޯ ސެންސަރު ކުރަން ޖެހޭސަބަބެއްނެތް؟

    43
    3
    • ރިއާ

      އިންޑިއާ މީހުންނަށް ވުރެ ބައެއް ދިވެހިންގެ ލަދުހަޔާތްކަން ކުޑަ.... ސެންސަރު ކުރަން ޖެހޭ... އަބި މީހާޔާ ފިރިމީހާ ޖައްސާހާ ވައްތަރެއް އެހެން މީހުން ބަލާކަށް ނުޖެހޭ....

      8
      1
  2. Our

    No

    11
  3. މީރާ

    ކޮބާތަ މައްސަލައަކީ؟ އެމީހުންގެ ފޮޓޯ އެމީހުން ބޭނުން ގޮތަކަށްދޯ ނަގާނީ.

    30
    8
  4. މޑ

    މިއައްވުރެ ނިވާކަން ކުޑަކޮށް ނަގާފައި ހުންނަ ދިވެހިންގެ ފޮޓޯވެސް ސެންސަރ ނުކޮށް ޖަހާ

    70
    1
    • އީތޭން

      އެހެނެކޭ ކިޔާފަ މި ފޮޓޯ ސެންސަރު ކުރަން ޖެހޭ... ދިވެހި ފޮޓޯތަށް ވެސް ސެންސަރު ކުރަންޖެހޭ....

      7
      1
  5. އައްޔަ

    ތިގޮތައް ދިވެހި ލަވަތަކުގައި ވެސް ހުރޭ..

    45
    1
  6. ސަނިއްޔާ

    ލަދުން ބޯހަލާކު.. ތި ބަލާ މީހަކުވެސް ފާފަވެރި ވާނީ..

    9
    6
  7. ހޯސް

    އެއީ މުސްލިމުންނަށް ފެންނަގޮތައް ފެންނަ ބައެއް.

    6
    4
  8. Anonymous

    ފިލްމުތަކުގައި ކިތަންމެ ވަރަކަށް ބަރަހަނާ ވިޔަސް އަދި ބަރަހަނާ ޑާންސްތައް ކުރިޔަށް ތިޔަ އިންޑިޔާ މީހުނަށް އޯކޭ ދޯ!!!

    22