ޓިކްޓޮކް ތަރިންނަކީ މިހާރު މި އުޅޭ ފިލްމީ ތަރިންނާއި އެއްވަރަށް މަޝްހޫރުކަން ހޯދާފައިވާ ބައެކެވެ. އެ މީހުންގެ މަޝްހޫރު ކަމުން، އެ މީހުން ކުރާހާ ކަންކަމާއި، އޫޅޭ ގޮތް ބަލައެވެ. އަދި އޭގެ ތެރެއިން ހިތްކިޔާ ވަރުގެ މީހަކާއި ދިމާވެއްޖެ ނަމަ، އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައެވެ. ހުސްތޯ ބަލައި، ވާހަކަދައްކާ ގުޅުން އުފައްދައެވެ. އަދި ބޭނުންވާ ހިސާބަށް އެ ގުޅުން ގެންދެއެވެ.

މިއީވެސް ޓިކްޓޮކްގައި ވަރަށް މަޝްހޫރު ތަރިއެކެވެ. އިންސްޓަގްރާމްގައިވެސް ސްޓާރެކެވެ. އޭނާގެ ރީތިކަމަށް ތައުރީފް ކުރާ އެތައް އަންހެން ކުދިންނެއް އެބަ ތިއްބެވެ. ހާސްވާނެ ކަމެއް ނެތެވެ. އާމިރް ސިއްދީގު އަދި ހުރީ ހުސްކޮށެވެ.

https://www.instagram.com/p/CGNN9kEpNKx/?igshid=169ebd6fwz2t4

އުމުރުން 25 އަހަރުގެ އާމިރް ސިއްދީގާއި ގުޅޭގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާގެ އުމުރަކީ 25 އަހަރެވެ. ރަޝިއާގައި އެމްބީބީއެސް ހަދަން ގޮސް، 2018 ވަނަ އެނބުރި އިންޑިއާއަށް އައިސް ހުރީ އާމިރަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ.

https://www.instagram.com/p/CFXEnV4p1mb/?igshid=or2lhs9zinfs

އޭނާ ލޯބިވެރިއެއް ހޯދަން ނޫޅޭކަމަށް މީޑިއާތަކުން ބުނެފައިވާއިރު، އޭނާ ބޭނުންވަނީ މީސް މީޑިއާގައި މަޝްހޫރު މީހަކަަށް ވުމަށެވެ. ހާއްސަކޮށް ޓިކްޓޮކްގައި އާއި އިންސްޓަގްރާމްގައެވެ. އަދި ޔޫޓިއުބްގައި ތަރިއަކަށްވުމަށް އޭނާ ބޭނުން ވެއެވެ. އެކަމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އޭނާއަކީ ދީނީ ކަންކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރާ މީހެކެވެ. ޓިކްޓޮކްގައި އޭނާގެ ވީޑިއޯތައް އެފަދަ ކަންކަމަށް އަމާޒުކޮށްފައި ވެއެވެ.

https://www.instagram.com/p/CEv3nZDJD9J/?igshid=1sovgx1b991a8

އަދި އޭނާއަކީ ފައިސާގެ ގޮތުން ބަލާނަމަވެސް މިހާރު ޝޯވތައް ހުށަހަޅައިގެން ގިނަ ފައިސާ ހޯދަމުން އަންނަ މީހެކެވެ. އަދި ބްރޭންޑްތައް ޕްރޮމޯޓްކޮށްގެންވެސް ފައިސާ ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހިލޭ ސޭލް އަޅުވާފަ ހުއްޓަސް މަވާ ސަލާން އައްޗީޑި

    10
    3
  2. މަ

    ތީނަ ރީއްޗެއް ނޫން. މަގޭ ލޯބިވެރިޔާ ތިޔައް ވުރެ މާ ރީތިވާނެ

    8
    4
  3. ފޮއްނުފާނެކައިފިއްޔާހަފާނެ

    ޝަކަލަކަ ބޫމް ބޫމް އާމިރު ދޯ.. ކެރީ މިނާތީ މިގޮލާ ރޯސްޓު ކޮށްލީ ކިހިނެެއް؟

    1
    3