ބޮލީވުޑްގެ ބަތަލާ އާއިޝްވާރިޔާ ރާއި ބަޗަން އޭނާ ސްކޫލްގައި އުޅުނުއިރު، ނަގާފައިވާ ދެ ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާކޮށްފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ހިއްސާކުރި އެ ދެ ފޮޓޯއިން ފެންނަނީ އޭނާއާއި އޭނާގެ ކްލާސް ކުދިންނާއި، އަދި ޓީޗަރެވެ. އައިޝްވާރިޔާ ބުނީ އެއް ފޮޓޯއިން ފެންނަނީ އޭނާ އެލްކޭޖީގައި އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް ކަަމަށެވެ. އަދި އަނެއް ފޮޓޯއަކީ ވަނީ އޭނާ ގްރޭޑް އެކެއްގައި އުޅުނުއިރު، ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އެ ދެ ފޮޓޯއިން އެތައް ބަޔަކަށް އައިޝްވާރިޔާ ހޯދަން މަސައްކަތް ކުރިއެވެ. އައިޝްވާރިޔާވެސް އެތަނުން އޭނާއަކީ ކޮން ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ.

https://www.instagram.com/p/BjBTElGFTWB/?utm_source=ig_embed

(މި ފޮޓޯގައި އައިޝްވާރިޔާ އެހެރީ އެންމެ ފަހަތުގައި ތިބި ކުދިންގެ ތެރެއިން ކަނާއަތުން ހަ ވަނައަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.)

އައިޝްވާރިޔާ ދެން އެޕްލޯޑް ކުރި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ އެއީ އޭނާގެ އަންހެން ދަރިފުޅު އުމުރުގައި އޭނާ ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

https://www.instagram.com/p/BjBgHSEluLo/?utm_source=ig_embed

(މި ފޮޓޯގައި އައިޝްވާރިޔާ އެހުރީ ޓީޗަރުގެ ފަހަތުގައި ކަނާތް ފަޅިއަށް ވާގޮތަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެެވެ.)

އައިޝްވާރިޔާއަށް މިހާރު 44 އަހަރު ފުރިފައިވާއިރު، އޭނާގެ ރީތިކަމަށް ބަދަލެއްވެސް ނާދެއެވެ.