އިންގުލެންޑުގެގެ ނޮޓިންހަމްގައި ކުރެހުންތެރިންގެ ތެރެއިން ބަންކްސީ މަޝްހޫރު ވެފައިވަނީ ފާރުތަކުގައި ކުރެހުމަށެވެ. ބަންކްސީގެ ކޮންމެ ކުރެހުމަކުން ވެސް އިޖުތިމާޢީ މެސެޖެއް ފޯރުކޮށްދެއެވެ.

މިގޮތުން ދާދި ފަހުން އޭނާ ވަނީ އިކެސްޓަން ރޯޑުގައި ހުންނަ ސުރިންދަރު ކޯރްގެ ބިއުޓީ ސެލޫނެއްގެ ފާރުގައި ކުޑަ އަންހެން ކުއްޖަކު ހޫލާ ހޮޕެއް ހިފައިގެން ހުންނަ މަންޒަރު ދައްކައިދޭ ކުރެހުމެއް ކުރަހާފައެވެ. މި ކުރެހުން އޭނާގެ އިންސްޓަގުރާމުގައި ހިއްސާ ކުރިތާ މާގިނައިރެއް ނުވަނީސް ވަނީ 1.7 މިލިއަން ލައިކްސް ލިބިފައެވެ.

މި ކުރެހުމަކީ ބަންކްސީގެ ހުނަރު ދައްކުވައިދޭ ކުރެހުމެއްތޯ ނުވަތަ ނޮޓިންހަމްގެ ބައިސްކަލް އުފައްދާ ކުންފުންޏެއް ކަމަށްވާ ރަލެއިފް ފެކްޓަރީގެ އިޝްތިހާރެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ބަންކްސީގެ އިންސްޓަގުރާމުގައިވާ ފޮޓޯގައި ކަޅު ކުލައާއި ހުދު ކުލައިގެ ސުޕްރޭއިން ކުޑަ އަންހެން ކުއްޖަކު އިންނަނީ ހޫލާ ހޮޕެއް ހިފައިގެންނެވެ. އަދި ފާރު ކައިރީގައި ފަހަތު ފުރޮޅު މަދު ބައިސްކަލެއް ވެސް ބަހައްޓާފައި ހުރިއިރު މިއީ ވަރަށް ހިތްގައިމު ފޮޓޯއެކެވެ.

އާޓް ޔުނިވާސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ބަންކްސީގެ އެހެން ކުރެހުންތަކެކޭ އެއްފަދައިން މި ކުރެހުމުން ވެސް އޭނާ ދޭން ބޭނުންވާ މެސެޖެއްވެއެވެ.

އެއީ ކޮވިޑް-19ގެ މި ހިތްދަތި، އުދަނގޫ ދުވަސްވަރު ވެސް ލިބިފައިވާ މިންވަރު އުފާ ކުރުމެވެ. އެއީ ހަލާކުވެފައިވާ އެއްޗަކުން ނަމަވެސް ހިތްހަމަ ޖެހުމެވެ.

މި ކުރެހުމުގައިވާ ހޫޕަކީ ގަބޫލު ކުރުންތަކެވެ. ހޫޕުގެ ވަށް ބުރުން ދައްކައިދެނީ ''ޕޮޒިޓިވް ލައިފް''އެކެވެ. ކައިރީގައި ހަލާކުވެފައި އޮތް ބައިސްކަލެއް އޮތް ނަމަވެސް އެ އަންހެން ކުއްޖާ ހޫޕު ބޭނުން ކޮށްގެން ވެސް އުފާލާއި ހިތްހަމަޖެހުމާއިއެކު ކުޅެމުންދާ ދިޔުމެވެ.

ކިޔުންތެރިންގެ ހިޔާލު