ދުވާލުގެ މަސައްކަތަށް ފަސޭހަ ކުރުމަށް ނުވަތަ ވަރުބަލިކަމެއްނެތި މަސައްކަތް ކުރުމަށް ރޭގަނޑުގެ ނިދި ހަމަ ކުރަންޖެހޭ ވާހަކައަކީ އަބަދުވެސް އަހަރެމެންނަށް އިވޭ ވާަހަކަތަކެކެވެ. ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ނިދުމަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ 29 މިނިޓް އިތުރަށް ރޭގަނޑު ނިދާލުމަކީ ދުވަހުގެ ދިރިއުޅުމަށް ފައިދާަ ކުރާ ކަމެކެވެ.

ހޭލައި ހުރުމަކީ ނުނިދާ ހުރުން ކަމުގައި ބުނެވޭކަށް ނެތެވެ. ހޭލައި ހުރެގެން ވެސް އަބަދު އާފުރި ނުވަތަ ނިދި އައިސްގެން މަސައްކަތަށް ސަމާލުކަން ނުދެވޭނަމަ އެއީ ހޭލެވުނީ ނޫންކަމަށް ފަހުގެ ދިރާސާތަކުން ބުނެއެވެ. ރަނގަޅަށް ހޭލައި ހުރެއްޖެނަމަ އެ މީހާގެ މަސައްކަތަށް ސަމާލުކަން ދެވޭނެއެެވެ.

ޔުނިވަރސިޓީ އޮފް ސައުތު ފުލޮރިޑާގައި މި ދިރާސާ ކުރުމަށް ބޭނުންކޮށްފައިވަނީ 61 ނަރުހުންނެވެ. ނަރުހުންނަކީ އެ މީހުންގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ބައެކެވެ.

ދެ ހަފުތާ ވަންދެން ކުރެވުނު މި ދިރާސާގައި ދައްކާ ގޮތުގައި ރޭގަނޑުގެ ނިދީގެ އިތުރަށް 29 މިނިޓު އިތުރަށް ނިދާލުމުން މީހާގެ އުޅުމަށާއި ސިއްހަތަށް ބަދަލުތަކެއް އާދެއެވެ. އަދި މީގެ އިތުރުން ސަމާލުކަން ދެވޭ މިންވަރު އިތުރުވެގެން ދެއެވެ. ވަކީން ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ކަމެކެވެ.

އިތުރު 29 މިނިޓުގެ ނިދާލުމުން އަނެއް ދުވަހު މީހާ ހުންނާނީ ހިތްހަމަޖެހިފައެެވެ. ކަންކަމަށް ހުޝިޔާރުވާނެއެވެ. ވަގުތު ސަލާމަތް ކުރެވޭނެއެވެ. ކުރާ ކަންތައްތައް ރަނގަޅަށް ކުރެވޭނެއެވެ. މިއީ ދިރާސާގައި ބައިވެރިވި 61 ނަރުހުން ދެ ހަފުތާ ތެރޭގައި ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެވެ.

އެހެންކަމުން ދުވާލުގެ މަސައްކަތަށާއި ދުވަހުގެ އެހެން ކަންކަމަށް ވެސް ސާބިތުކަމާއިއެކު ކުރިމަތިލުމަށް އިތުރު 29 މިނިޓު ނިދާލުން ރަނގަޅުވާނެއެވެ.