އެމެރިކާގެ އެންމެ މީދާ ގިނަ ސިޓީއެއްގެ ގޮތުގައި އަނެއްކާވެސް ޝިކާގޯ ވެއްޖެއެވެ. މިއީ ޖެހިޖެހިގެން އެ ސިޓީއަށް އެ މަގަމު ލިބުނު ހަ ވަނަ ފަހަރެވެ.

މީދާ ފަދަ ތަކެތި ނައްތާލަމުން އަންނަ ގްރޫޕެއް ކަމަށްވާ އޯކިން އިން ބުނެފައިވަނީ އެންމެ މީދާ ގިނަ ސިޓީ ކަމަށް ޝިކާގޯ ވެފައިވަނީ 50 ސިޓީއެއް ހިމެނޭ ގޮތަށް އެފަދަ ތަކެތި ނައްތާލުމަށް ފަރުވާދީގެންވެސް މަދު ނުވާތީ ކަމަށެވެ.

ޝިކާގޯ އިން ފެންނަނީ އާންމު ގޮތެއްގައި ފެންނަ ކަހަލަ މީދަލެއް ނޫނެވެ. "ރޮޑެންޓްސް" ގެ ނަމުން ނަން ދީފައިވާ މީދާގެ މި ވައްތަރު ތަކަކީ ތަންކޮޅެއް ބޮޑުކޮށް ހުންނަ އެއްޗެކެވެ. މި ޟިދަލީ އުޅެވޭނެ ރަނގަޅުތަނެއް ފެނިއްޖެނަމަ، ގިނަ އަދަދަކަށް ކުދި މީދާތައް ވިހަމުން އަންނަ އެއްޗެއް ކަމަށް ކަމުގެ މާހިރުން ވަނީ ބުނެފައެވެ.

އެސިޓީން މީދާތައް ނައްތާލުމަށް ގިން ކަންކަން ވަނީ ކޮށްފައެވެ. އެގޮތުން މީދާތައް ނައްތާލުމަށް 2016 ވަނަ އަހަރު ވަނީ ވަކި ޓާސްކު ފޯހެއްވެސް އުފައްދާފައެވެ. މީގެ އިތުރުން އާންމުން އަންނަނީ ގިނަ އަދަދެއްގެ ބުޅާވެސް ގެންގުޅެމުންނެވެ.

ޝިކާގޯ ފިޔަވައި ދެން މި ލިސްޓުގައި ހިމެނޭ ބައެއް ސިޓީ ތަކަކީ ލޮސް އެންޖެލެސް، ނިއު ޔޯކް، އެމެރިކާގެ ވެރިރަށް ވޮޝިންޓަން، ޑީސީ، ސެން ފްރެންސިސްކޯ، ޑީޓްރޮއިޓް، ފިލަޑެލްފިއާ، ބަލްޓިމޯ، ޑެންވާ އަދި މިނިއަޕޮލިސް އެވެ.

ޝިކާގޯގައި މީދާތަކުގެ އުނދަގޫ ބޮޑުވާން ފަށާފައިވާތީ، ބައެއް ފަރާތްތަކުން ވަނީ ހަލާކުވާ ކާތަކެތި ވަކި ހާއްސަ ސަރަހައްދަކަށް އުކާލުމަށް ގޮވާލަފައެވެ. އެފަދަ ތަކެތި ޖަންގްޝަން ތަކުގެ ތެރެއަށް އެޅުމުން މީދާތައް އާލާވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.